ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މަގާމަށް ގާބިލް ނޫން ކަމަށާއި އޭނާ އަށް އެންމެ ރަނގަޅު ވާނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު ފަދަ މަގާމެއް ކަމަށް ޑީއާރުޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ހައްގުތައް ދޭން ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް މަސްވެރިންނަށް ބޮޑެތި ވައުދުތައް ވެފައިވާ ކަމަށާއި އެކަމަކު ކޮންމެ ސަރުކާރަކުން ވެސް އެންމެ އިހުމާލުވަނީ މަސްވެރިކަމުގެ ސިނާއަތަށް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މަސްވެރިންނަށް ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދޭނެ ކަމަށް ވައުދުވި ކަމަށާއި އެކަމަކު ވެރިކަމުގެ ބާރު ލިބިވަޑައިގަތުމަށް ފަހު އެ ވައުދަށް ހިޔާނާތްތެރިވީ ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުގައި ވެސް މަސްވެރިންނަށް ކަމެއް ނުކޮށްދެވޭއިރު ވުޒާރާ ހަވާލުކޮށްފައިވަނީ ވަރަށް ނާގާބިލް ވަޒީރަކަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާއަށް ޖާބިރު އާންމުކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއެވެ. ޒަހާ ހާޒިރުކޮށް މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީތަކުގައި ވެސް ސުވާލު ކުރައްވާފައިވެއެވެ. އަދި ހުވަދު އަތޮޅުގައި ޑިކޯ ޗެމްބަރެއް އެޅުމަށް ޖާބިރު ހުއްދައަކަށް އެދުމުން އެ ހުއްދަ ދެވެން ނެތް ކަމަށް ކަނޑައެޅުމުން އެކަމާ ވެސް ޖާބިރުގެ ނުރުހުން ޒަހާއަށް ވަރަށް ބޮޑަށް އަމާޒު ކުރައްވައެވެ.
މިއަދުގެ ޖަލްސާގައި ވެސް ޒަހާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޖާބިރު ވިދާޅުވީ ލޭނު އަޅައިގެން މަސް ބޭނުމުގެ ހުއްދަ ޒަހާ ނުދެއްވާތީ މަސްވެރިންނަށް ލިބެން އޮތް އާމްދަނީއެއް ނުލިބި ވަރަށް ހާލުގައި ދިރިއުޅެމުންދާ ކަމަށެވެ. މަސްވެރިކަމުގެ ވުޒާރާއިން ޒަހާ ވަކިކުރައްވައި ތިމާވެށީ ވުޒާރާގެ ޑިރެކްޓަރަކަށް ލާން ވެސް ޖާބިރު ގޮވާލެއްވިއެވެ.
"މިނިސްޓަރު ޒަހާ ވަހީދު ވަގުތުން ވަގުތަށް ވަކިކުރަން ވެއްޖެ. އެކަމަނާ ނާގާބިލް ވެއްޖެ. އެކަމަނާއަށް މާ ރަނގަޅު ވާނެ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރު ކަން ދޭން. މަސްވެރިން ހިމާޔަތް ނުކޮށް ކަނޑު ހިމާޔަތް ކުރާށޭ އުޅެނީ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މަސްވެރިންނަށް މަސްވެރިކަން ކުރެވޭނެ ތަހުޒީބު މުޖުތަމައެއް ހޯދަން ޖެހޭ ކަމަށާއި ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ޖަޕާނާއި އީޔޫއާއި ތައިލަންޑް ފަދަ ގައުމުތަކުގައި ވެސް އެ ގޮތަށް މަސްވެރިކަން ކުރެވޭ ކަމަށާއި ރާއްޖޭގައި ވެސް ކުރެވެން ޖެހޭ ކަމަށެވެ.
ނޫސްވެރިން ރަގަޅައް ދަންނާތި. މިކަލޭގެ ކޮންމެ ހަބަރެއް ގެނެސްދޭއިރު، ތި އިސްތިހާރު ކުރެވެނީ ބަނގުރާ.
ރަނގަޅުވާހަކައެއް މަސްވެރިންބާނާމަސް އެދަނީ އުކަމުން ނާގާބިލުމީހުންނަށް މާގާމުދީގެން އެއްމެއްވެސް ހައްލެއްނުވޭ
ޕިޔޯނަކައްވެސް ޒަހާކަމުނުދާނެ.
ހުވަދޫކަނޑުގަ ކޭބަލް ޕިކަޕު އަޅައިގެން އުނދޯލިހެއްލަން ދިޔާއްތަ ގޮވައިގެންދޭ ! ނުވިތާކަށް މަޖިލިސްކުރާގޭތެރޭގަ އެއާޕޯޓުއަޅައިގެން ބޮޑުވަޒީރުގޮވައިގެން އުދުއްސާގަނޭދެން !!
އަހަރެންގެނަޒަރުގަ މިކަލޭގެއަށްވުރެން ނާގާބިލު މެ މްބަރެއްނެތް ! ފޮނިކެނޑު މާ މުއްސަނދިންނަށާ ގައު މުތަކުގެވެރީންނަށް ލާރިބެހު މާ ފަޅުރަށްރަށުގަ ވެލިކެއު މާ ހަނދުވަރު މަތީގަ ފެންފޮދުހިއްޕެވުން މީނަގެކަ މަކީ.
މިހިރަ ބުރާންޗާ ކަލޭހީކުރަނީ ކަލޭކަހަލަ ނުކިޔަވާ ހުރިގަމާރެއްނުން ޒަހާއަކީ" ޖާބެ ރަޓުކުދިން ކަމަކާ ދެބަސްވެ ރުޅިގަދަވާއިރައް އަންހެންވެރިން ކަނޑިކި ބޮލުގައަޅާނެ ފިރިހެނުން މުންޑުބޮލުގަ އަޅާނެ މީކަލޭމެން އުޅެބޮޑުވިގޮތް ދަސްވެ ތަރުބިތްޔަތުވެފަ ހުރިގޮތް އަހަރެން ހީކުރީ ކަލޭ ދިޔާނާ އިނދެވުނީމަ ކޮންމެވެސް ވަރަކައް ހޭލުންތެރިވާނެކަމައް އެކަމަކު އޭގެބަދަލުގަ ކަލޭވީ ކަނޑުކޮހަކައް
މިކަލޭގެ ވާހަކަތައް ހުންނަ ގޮތުން ވަރަށް ފޫހިވެއި ދެފަހަރު ދެގޮތަށްވާހަކަދައްކާ ބުއްޅަބެއެއް