އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވޭނީ ނިޒާމު ހަރުދަނާކޮށްގެން ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިޕޯމް މޫވްމެންޓު (އެމްއާރުއެމް) އިން ބުނެފިއެވެ.

އަންހެނުނަށް ކުުރާ އަނިޔާ ހުއްޓާލުމަށް މިއަދު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާއި ގުޅިގެން އެ ޕާޓީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުތަކާއި މަދަނީ ޖަމިއްޔާތަކުން އަދި އަމިއްލަ ފަރާތްތަކާއި، އދ ގެ ގުނަވަންތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މަގްސަދުގައި 2008 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ 16 ދުވަހުގެ ޔުނައިޓެޑް ކެމްޕޭނުގައި، ބައިވެރިވުމަކީ އެ ޕާޓީގެ އަމާޒެއް ކަމަށެވެ.

އެމްއާރުއެމްގެ ބަޔާނުގައި ވަނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ކުރާ ނަފްސާނީ އަސަރުތަކުގެ ސަބަބުން އަންހެނުންނަށް އަނިޔާކުރާ މިންވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދި ރާއްޖޭގައިވެސް އިންތިހާއަށް އިތުރުވެފައި ވާކަން ފާހަަގަކޮށް އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ފަހަކަަށް އައިސް ޖިންސީ އަދި ނަފްސާނީ ގޮތުންވެސް އަންހެނުންނަށް ކުރާ ގޯނާ އިތުރުވެފައިވާ ކަމަށް އެ ޕާޓީ އިން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކި އަނިޔާތަކުގެ ސަބަބުން މިކަމުގެ ނޭދެވޭ އަސަރު ގައުމީ އުފެއްދުންތެރިކަމަށް ވެސް ފޯރާ ކަމަށާއި، މި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރުމަކީ އެއްވެސް މީހެއްގެ ފަރުދީ ޒިންމާއަކަށް ހެދޭނެ ގޮތެއް ނެތް ކަމަށް އެ ބަޔާނުގައި ވެއެވެ.

"އަނިޔާ ހުއްޓުވުމަށް ގާނޫނުތަކެއް ހެދިފައި ވީނަމަވެސް އެ ގާނޫނުތަކަށް އަމަލީ ސިފަ ގެނެވޭނީ ދައުލަތުގެ މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރާއި، މަދަނީ ޖަމިއްޔާތައްފަދަ މުޖްތަމައުގެ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތްކޮށްގެން ކަން އެއ ބަހުސެއް އޮތްކަމެއް ނޫނެވެ." އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

އެމްއާރުއެމް އިން ނެރުނު ބަޔާނުގައި އިތުރަށް ވަނީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވޭނީ ނުރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުމާއި އެކު، އަނިޔާގެ މައްސަލަތައް އަވަހަށް އަދި ފަސޭހައިން ރިޕޯޓުކުރެވޭނެ އިންތިޒާމް ހަމަޖައްސައިގެން ކަމަށެވެ.

އަދި މިފަދަ މައްސަލަތައް ބަލާ ސްޕީޑް އަވަސްކޮށް ނިޒާމު ހަރުދަނާކުރަން ޖެހޭ ކަމަށާއި، މިކަން ހުއްޓުވުމަށް ކަމާއި ބެހޭ އިދާރާތަކުން ގުޅިގެން މަސައްކަރް ކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސިއްތި

    ހޯރައިއްބެ އަލީވަހީދު ރޯޔަލް ސަފަރީ ކިޔާނެކަމެއްނެތް ރައީސް އޮފީހުގެ މަތީފަޑިއަށްްދާންދެން ކުޅެނީ އެއްކުޅިވަރެއް ކަރާ ސަލާމަތްކުރަން އެއުޅެނީ މަޖިލީހުގެ ރައީސް ހޯރަ ސަލާމަތްކޮށްފި އަންހެނުންނޭ ކިޔަނެކަމެއްނެތް

  2. ރެއްކާ

    އަންހެނުންނަށް ކުރާ ފުރައްސާރަ ނުވަތަ އަނިޔާ ނުވަތަ ރޭޕް ހުއްޓޭނީ ސަރުކާރުގެ ވެރިން ނުވަތަ އެވެރިންގެ އަނބިން ފިރިން ނުވަތަ އެވެރިންގެ ގާތްމީހުން ނުވަތަ އެވެރިންގެ ފަރާތުން ބާރުލިބިގެން ތިބިމީހުން އެކަހަލަކަންކަން ހުއްޓާލި ދުވަހަކުން. ނުވަތަ އެވެރިން ކުރާކަންތަށް ހުއްޓުވުނު ދުވަހަކުން. ސަބަބަކީ އެވެރިންގެ ފަރާތުން މީހަކަށް ކުރިމަތިވާ އަނިޔާތަށް ނުހުއްޓުވި ދެން ކިހިނެތްތޯ އެހެން މީހުން ހުއްޓުވާނީ. ފުރަތަމަ ވެރިން އިސްލާހުވާންވީ، ވެރިން ނުވަތަ އެވެރިންގެ ފަރާތުން ބާރުލިބިގެން ތިބިމީހުން އެފަދަ ކަމެއްކޮށްގެން ދާނެ ތަނެއް މިގައުމުގައި ނެތް، ޕޮލިހަކަސް ފަނޑިޔާރުގެއަކަސް، އެންމެ ފަހުން ދީނީ ޝޭހުންނަށްވެސް މިޖެހެނީ ވެރިމީހާ ނުވަތަ ވެރިމީހާގެ ފަރާތުން ބާރުލިބޭ މީހާ ސަލާމަތްކުރަން ވާހަކަދައްކަން.
    އެމްއާރުއެމް ހާއްސަކޮށް ރައީސް މައުމޫނު ތިކަހަލަ ވާހަކަ ދައްކަން ލަދުގަންނަންޖެހޭނެ، މިއަދު ރާއްޖެމިދެކޭ ވެރިމީހާއަށް ބޮޑުގޮތް، ވެރިމީހާ ނުވަތަ ވެރިމީހާގެ ގާތްމީހުންގެ މައްޗަށް ޝަރީއަތް ނުހިނގުން މިއީ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ވެސް ނުހުއްޓުވި އިތުރަށް މޫލައިގެން ގޮސްފައި އޮތްކަމެއް. ދެން މިއަދު ގޭއެންމެން މޫނުގައި ފުއްޖަހައިގެން ރިވެތިވެގެން ނިކުމެ ނިޒާމު ހަރުދަނާކުރާށޭ ބުންޏަކަސް އެކަމެއްނުވާނެ. މިހާރު ނިޒާމު އޮތްގޮތް ޔޮޓުގައި ހިނގިކަމަށް އެބުނާ ކޭސް އާއި ގުޅިގެން ހޯމްމިނިސްޓަރު އިމްރާނު އެއޮތީ ކިޔާދީފައި. އަދި އިހަށްދުވަހު އެކަމާއި ގުޅިގެން އެބޭފުޅާ މަޖިލީހަށް ހާޒިރުކުރުމުން ނިޒާމު އޮތްގޮތް މާރިވެތިކޮށް އެއޮތީފެނިފައި.
    ހޯމްމިނިސްޓަރު އެބުނަނީ އެއީ ވަރަށް ކުޑަކުޑަ ކަމެކޭ އާންމު ތަނެއްގައި ހުރެފައި މީހަކު ކޮށްލާނެހައިވެސް ކުޑަކުޑަކަމެކޭ، ދެން މަޖިލީހުގެ ސުޕަމެޖޯރިޓީ އެއޮތީ ހޯމްމިނިސްޓަރުގެ އެވާހަކައަށް ތާއީދުކޮށްފައި. މިވަރުން ނިޒާމު އޮތްގޮތް ނޭގެންޏާމު ދެން ނިޒާމު އޮތްގޮތް ބަލަންޖެހޭނީ އެހެންގޮތަކަށް.

  3. ނިޒާމު

    މަ މިހާރު ވަރުގަދަވާނެ! 2 އިރު ދެ ދަޅައަށް ޖިމްއަށް ދަން މިހާރު