އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން މިއަދު ފުލުހަށް ހާޒިރުކޮށްފިއެވެ.
ފުލުހުންގެ އެންގުމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން އިސްކަންދަރު ކޮށްޓަށް ވަޑައިގަތީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލްއެވެ.
ފުލުހުންނާ ބައްދަލުކޮށް ނިންމުމަށް ފަހު އިސްކަންދަރު ކޮށި ކުރިމަތީ ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝިޔާމް ވިދާޅުވީ ފުލުހަށް ހާޒިރުކުރީ އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ކުރުމަށް އިދިކޮޅު ކޯލިޝަނުން ރާވާފައިވާ މުޒާހަރާއާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.
މި ގޮތުން އެއްވެ އުޅުމުގެ ގާނޫނުގައި އޮންނަ ގޮތުން ކުރިއަށް ހުއްދަ ނުހޯދައި އެއްނުވެވޭނެ ކަމާއި އެޗްޕީއޭގެ ގައިޑްލައިންތަކާ ހިޔާފަށް އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އެންގެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަމަކު ސަރުކާރުން ކެމްޕޭން ހަރަކާތްތައް ހިންގާއިރު ނުހުއްޓުވާނަމަ އިދިކޮޅު ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަން ފުލުހުންނަށް ދެންނެވި ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލިތާ އަހަރެއް ފުރޭނެއެވެ. ކްރިމިނަލް ކޯޓުގައި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވެވީ ނޮވެމްބަރު 28، 2019 ގައެވެ.
މާފުށީ ޖަލުގައި މި ވަގުތު ހުންނެވި ރައީސް ޔާމީނަށް އިތުރު ދެ ދައުވާއެއް ވެސް އުފުލާފައިވާއިރު މި ދައުވާތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ފަށާފައިވެއެވެ. އަދި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އިސްތިއުނާފް ޝަރީއަތްތައް ވަނީ މަޑުޖެހިފައެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ނުހައްގު ދައުވާތަކެއް ކަމަށް އެމަނިކުފާނުގެ އެތައް ހާސް ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީ އިން ގަބޫލުކުރެއެވެ.
އިމް ރާން ކައިރީގަ ބުނޭ ފަހަރި އޭ ނުކިޔާ މަޑުން ހުންނާށޭ؟ މުޒާހަރާ ކުރަން ތާއީދު ކޮވިޑަކީ ހަމަ އެކަނި އިންދިކޮޅުމީހުނަށް ޖެހޭ އެއްޗެއްހެން ހީވަނީ...........
ފުރުސަތުދެއި އެކިއެކިބައްދަލުވުންތައް ބާއްވަން އެއީ މައިމޫނާ ގުރޫޕްގެ މީހުންނަށް އެކަމަކު މައިމޫނާ ހިތްހަމަނުޖެހެނީ ޕީޕީއެމް ރަވާ ޙަރަކާތްތަކަށް އިމްރާނު ތަފާތުކުރަނީ އެއީ ދޮގުގެރިއެއް
ނުހުއްޓާތި ކުރިޔައްގެންދޭ އަހަރެމެންވެސް ނުކުންނާނަން ދެންމަޑުންނުތިބޭނަން އިރާދަކުރެއްވިއްޔާ މަޑުންތިބޭދުވަސްނިމުނީ ވަރައްގިނަދުވަހު މަޑުންތިބެވިއްޖެ އެހެންމީހުންނައްވެސް ސިޔާސީޙަރަކާތް ކުރިޔައްގެންދެވެންޏާ އަހަރެމެންނައްވެސް ގެންދެވެންޖެހޭނެ
އަހަރުންވެސް ނިކުންނާނަން ހުއްޓާނުލުމަށް ގޮވާލަން ވަރާއުފާވެއްޖެ ރާއްޖޭގެ ހުރިހާރަށްޔަތުންމިތިބީ ތަށްޔާރީ ހާލަތުގަ.