ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ.

ހުޅުމާލެ އިން ކަރަންޓް ކެނޑިފައި ވަނީ 14:45 ހާއިރު އެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ވިދާޅުވީ, ‏ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އަދި މި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ލަފާކުރެވެނީ ގަޑިއެއްހާއިރު ތެރޭގައިކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ހުޅުމާލެއިން ކަރަންޓް ކެނޑެން މެދުވެރިވި ކޮން ކަހަަލަ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަން ހާމަކޮށްފައެއް ނުވެއެވެ.

ހުޅުމާލެއަށް އަލުން ކަރަންޓް ދީފައިވަނީ މިއަދު 5:40 ހާއިރު އެވެ.