ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ބޯމަތުވެފައިވާއިރު، އެއް ރޫޙެއްގައި ވަރަށް އެކުވެރިކަމާއި އެކު އިދިކޮޅު އެއް ޖަމާޢަތެއްގެ ގޮތުގައި ނިކުތް ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކުގެ ކޯޅުން ފަހަކަށް އައިސް ވަނި ފެންމަތިވެ ހާމަވާން ފަށާފައެވެ. އެގޮތުން އިންތިޚާބު ކައިރިވާ ވަރަކަށް އިދިކޮޅު ލީޑަރުންގެ އެކުވެރިކަމަށް ނިމުން އަންނަ މަންޒަރު ފެނިގެންދާއިރު، އެންމެފަހުން އިދިކޮޅު އެމްޔޫއޯ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލާއި ދެމެދުގައިވެސް ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ހުރިކަންް ވަނީ ހާމަވެގެން ގޮސްފައެވެ.

އެގޮތުން ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން، ޖަމީލުގެ ނުސީދާ ބަސްތައް ރައީސް ނަޝީދަށް އަމާޒުކުރެއްވި އިރު، ޖަމީލު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަ ޙައްލު ކުރެވޭނީ "ހަމައެކަނި ތިމާ އަށޭ" ވިދާޅުވުމުގެ ހައްޤެއް އެއްވެސް ބޭފުޅަކަށް ލިބިގެން ނުވާކަމަށެވެ. މިގޮތަށް ޖަމީލު ވިދާޅުވެފައި މިވަނީ، ރައީސް ނަޝީދު ރާއްޖެ އިސްލާޙު ކުރެވޭނީ ހަމައެކަނި އެމަނިކުފާނަށް ކަމަށް ވިދާޅުވެ، ގުޅިފައިވި އިދިކޮޅު އިއްތިހާދުން އެއްކައިރިވެވަޑައިގެން "ޖަޒީރާ ރައީސް"ގެ ނަމުގައި އެމަނިކުފާނު ރިޔާސީ ކެމްޕެއިން ވަކީން ފައްޓަވައިގެން އުޅުއްވަނިކޮށެވެ.

މިރޭގެ ޖަލްސާގައި ޖަމީލް ވިދާޅުވީ، މައްސަލަ ޙައްލު ކުރެވޭނީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ކަމަށާއި، ވަކިވެގަތުމުން ލިބޭނޭ ފައިދާއެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ދުރަށް ޖެހިގެން ތިބި ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުކޮށްލެވޭނީ އިދިކޮޅު ފަރާތްތައް އެކުވެރިކަމާއި އެކު ތިބުމުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެކުވެރިކަން ދެމެހެއްޓޭނީ އިތުބާރު ޤާއިމްކޮށްގެން ކަމަށާއި، އިތުބާރު ހިފެހެއްޓުމުގެ މާނައަކީ ހިޔާލާއި ފިކުރު ދޫކޮށްލުން ނޫން ކަމުގައިވާއިރު، ޖުމްހޫރީ ޕާޓީއަކީ ވަކި ފިކުރެއް ކަމަށް ދާދިފަހުން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަތް ޖަމީލް މިރޭ ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ، ޚިޔާލު ތަފާތުވާ ކޮންމެ ފަހަރެއްގައި ބުރަކައްޓަށް ވަޅި ހަރައިލުމަކީ އެކަން ކޮށްގެންވާނެ ގޮތް ނޫން ކަމަށެވެ.

"ދޮންބެއަށް މީރު ކާ އެއްޗެހި މަށަށް މީރު ނުވެދާނެ، ދޮންބެއަށް މީރު ބުއިން މަށަށް މީރު ނުވެދާނެ، އޭގެ މާނައަކީ ބުރަކައްޓަށް ވަޅި ހަރާލުމެއް ނޫން،" ޖަމީލް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ޖަމީލް ވަނީ، ރައީސް ނަޝީދު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ދެއްކެވި ވާހަކަތަކަށްވެސް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަކީ ހައްލެއް ނޫން ކަމަށާއި، ޙައްލު ހޯދޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެރިކަން ހޯއްދަވައި ދިނުމުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޖަމީލަކީ ރާއްޖޭގެ ތާރީހު ދުއް އެންމެ ނުލަފާ މަކަރުވެރި މީހެއް. އަމިއްލަ ޖީބައް ބޮޑިކުރާ މީހުން މީ..

  2. ވަރައްފަހުން ޔާމިނުބުނި ފަހުތަޅާލުންގަންޑު އޮންނާނީ ރާއްޖޭން ބޭރުގަޔޯ، މަސައްވަރައް ޔަގީން މީ އެއެޕިސޯޑުގެ ފެށުންކަމައް. ޔާމިނުގެ ހިސާބު ޖެހުން ހަމަމޮޅީ، މަގޭވޯޓު ޔަގީން.

  3. ޖަރީމާ ރައީސް އެންޑް ދަ 3 އިޑިއަޓްސް

  4. ތިންފަށް ވަރިއަކުން ވަރިކޮށް އެމްޑީޕީ ދޫކޮށް އެންމެން ފިލާނެކަން މިހާރު ޔަގީންވީ. އެއީ ސަބަބު ނެތިއެއްވެސް ނޫންދޯ. މިފަހަރު އިންތިހާބުގައި ވެސް ހަމަ ބޯހަރުކަމުން ގޮތްދޫނުކޮށް ތިމަންނަ ކުރިމަތިލާނަމޭ ކިޔާ މުޅި އިނދިކޮޅު ކޯލިޝަންތެރޭ މަވެތިކަން ދައްކަންފަށައިފި. މިނަޝީދު ކިޔާ ވެރިކަމަށް ސިކު މީހާގަނޑާ. އަނެއްކޮޅުން އީސީން އެބަބުނޭ ނަޝީދު ނުލާ އެހެން ކުއްޖެއް ނެރެން އެހެން ނޫނީ ޕާޓީގަނޑު އެޑްމިޓަށް ތަޅާތިރި ކުރާނަމޭ. މީދޯ މި ވެރިކަމަށް ސިކު ނަޝީދުގެ ސަބަބުން މެންބަރުން ޕާޓީ ވަރިކުރަން ޖެހޭ ސަބަކީ.

  5. ދިވެހި ރާއްޖެދުން އެންމެލަފަ ޖާހިލަކީ ގ. ކެނެރީގެ محمد نشيد އެކަލޭގެ ކުފުރުވަ ކޮންމެފަހަރަކު އެމްޑީޕީން ގަބޫލެއްނުކުރެ

  6. ޤާސިމަކީ ކަމެއްގެ ޙައްލުހޯދޭވަރުގެ އުރަތްޕެއްހުރި މީހެއް ނޫނެވެ. އަމިއްލަ ނަފްސު އެހެންބައެއްގެ ކޮންޓްރޯލްގައިވާ މީހެކެވެ.

  7. މަހަށްދޭބަލަ

    ރައީސް ޔާމީން ދަނީ އަނގުރު އަލިފާނާ ދިމާއަށް ކަމަށް ގާސިމް ބުނެ ބިރު ދައްކާ އުސޫލުން ވާހަކަ ދެއްކި ނަމަ ވެސް އެއިން މަމެން ޕިންކީން ހިތަށް ކަހިރުވަކެކޭ ވެސް ނާރައޭ ޖޭޕީ އަށް މިހާރު ޖޭޕީގެ ސައިޒު ރީއްޗަށް ފެންނާނެއޭ ޖޭޕީ ދަ ރާއްޖެތެރެއަށް ކުރާ ދަތުރު ތަކުގައި އެމެންނަށް ދަ ރާއްޖެތެރެއަންސް އިންގެ ބޯ ވެސް ކާލަން އުޅެގެން އެކަން ކާމިޔާބު ނުވެއޭ ގާސިމް ބުނާ އަނިޔާ ވެރިކަމަކީ އެމެން ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ފައިސާ ނުދައްކާ ގޮތަށް ރައީސް ޔާމީން މާފު ކުރުންތޭ ނުދަންނަން މަމެން އެކަމެއް. ތާ އަަތޮޅު އެލާ ގާސިމް ނަގައިގެން އެރަށުގައި ރިސޯރޓް ނަހަދާތާ 20 އަހަރު ވާއިރު އެކަން ކުރަން އުޅެންވީ ނޫންތޭ ވެރިކަމާއި ނުބެހި ތަމެން ނަށް މިހާރު ތާއީދު ކުރާ ބަޔަކު ރާއްޖޭގަިއ ނެތޭ ތަމެން ދައްކަނީ ކޮރަޕްޝަން އޭ ކިޔާ ބޭކާރު ވާހަކަ ތަކޭ އެމްއެމްޕީއާރުސީން ފައިސާ ދަވާލި ބްރޯ ވެސް ހުރީ މިހާރު ތަމެން ފަޅީގައި ތަމެން ބުނެގެން އުއްތަމައޭ މެންނަށް 80 މިލިއަން ރުފިޔާގެ ކަޓް ދީގެން ނޫންތޭ ތަމެން މަހަށް ދޭބަލަ ދެން

  8. މިއީ 2008 ގައި ވޯޓު ބައި ބަޔަށް އެޅިހެން ވޯޓުބައިބައި ކުރަން ނިކުމެގެން އުޅޭބައިގަނޑެއް. ޢަލީ ވަހީދު ބުނި ހެން މި މީހުންނާއި އެމްޑީޕީއާއި ހިތާހިތުން ގުޅިފައިވާ ގުޅުން ނުކެނޑޭނެ. މިއީ ހަމަ އެއް ކަހަލަ ވެރިކަމާއި ހެދި ހޭބުއްދި ފިލާގެން އުޅޭބައެއް. ގައުމު ސުންނާފަތި ކޮށްލުމުގެ ވިސްނުން މި މީހުންގެ ހުންނާނީ.

  9. ޑރ.ޖަމީލުގެ ވިސްނުންފުޅު ބަރާބަރު. ޙަޖަމުވާން ޖެހޭ

  10. ގާސިމަކީވެސް ގަވްމުގެ ރައީސަކަށް އެކަށޭނަ ބޭފުޅެއް ނޫން. އަމިއްލަ ބަހުން ފޫބެދޭގޮތަށް އެއްޗެއް ބުނަން ނޭގޭ. ވަރަށް ރުޅިއަވަސް ރުޅިއަތުވެއްޖެއްޔާ ބޮޑުބަސްފޮތުގެ ބަސްބަސް ބޭނުންކުރައްވާ ބޭފުޅެއް.

  11. ޖަމީލު ނައިބަކަށް އަންނަ ހިސާބުން ހުވަފެނުގަ ރައީސަކަށް ހުންނަތަން ފެންނާނެ. ދެން އެވީ ގާސިމު ރައީސްކަމުން ބާލަން. މިއީ ޔާމިނުގެ ވެރިކަމުގަ ވެސް ޖަމީލު ދުށް ހުވަފެން. އެހެންވެ ދުރުކޮށްލަން ޖެހުނީ. ވެރިކަން ހޯދަން އުޅުނަސް ބޮޑުވަރު ތީ.

  12. ގާސިމްގެ ހުރިހާ ރަށްތައް އަލުން އޭނަތަށް ދިނީ ކޮންމެވެސް ކަމަކު. އަހަރުމެން ވެސް ވިކޭން އަގުޖެހުނީމާ.

  13. ޤާސިމް އަކީ ވެރިކަމަށް ކުފޫހަމަވާ މީހެއްނޫން އަމިއްލައެދުމާގެން މޮޔަބޮލަށް އަރާގެން އުޅޭ ރައްޔިތުން މޮޔަހައްދަން އުޅޭ މަކަރުވެރި ނުބާއި ނުލަފާ ގޮތެއް ފޮތެއްނެތް ޝަރުޢީ ހުކުމްތްކަށް ފިލާގެން އުޅޭ މީހެއް.ރައްޔިތުންގެ ހައްޤު ހިމާޔަތް ކުރެވޭނީ ތިމަންނައަށޭ ވެރިކަން ކުރެވޭނީ ތިމަނަނައަށޭ ކިތާނެކަމެއްނެތް.މިހާރު ތިގާސިމްއަށް ތާއީދުކުރާނެ މީހަކު މިދިވެހިރާއްހެއަކުނެތް

  14. ކީއްކުރާނީދޯ ބަލިކުއްޖެއްވީޔަ، އެސޮރުގެ މައިބަދައަށް ބޭސްކުރާގޮތަށް ތިސޮރުގެ ސިކުނޑިއަށްވެސް ބޭސްކުރަން އެބަޖެހޭ