އަމީރު އަހުމަދުމަގުގެ ވަކި ސަރަހައްދެއްގައި ދެކޮޅަށް ވެހިކަލް ދުއްވޭގޮތައް މާލޭ ސިޓީ ކައުންސިލުން ޓްރެފިކަށް ބަދަލު ގެނެސްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ވިދާޅުވީ މާލޭ ސިޓީގެ މާލޭގެ މަގުތަކުގެ ޓްރެފިކަށް ގެންނަ ބަދަލެއްގެ ގޮތުން އަމީރު އަހުމަދު މަގުގެ ބައެއްގައި ދެކޮޅަށް ދުއްވޭ ގޮތައް ހަމަޖައްސާފައިވާ ކަމަށެވެ. ދެކޮޅަށް ދުއްވޭގޮތައް ހަމަޖައްސާފައި ވަނީ ޝަހީދު އާދަމް ނަސީރު ހިނގުމުން ފެށިގެން ހުޅަނގަށް ޖުމްހޫރީ ހިނގުމާ ހަމައަށެވެ.

ޝަހީދު އާދަމް ނަސީރު ހިނގުމަކީ ޑިފެންސް މިނިސްޓްރީގެ އިރުމަތީގައި އޮންނަ މަގެވެ. ޖުމްހޫރީ ހިނގުމަކީ ޝާހީދު ހުސައިން އާދަމް ބިލްޑިންގްގެ ހުޅަނގުން ޖުމްހޫރީ މައިދާނާއި ދެމެދު އޮންނަ މަގެވެ. އެހެންކަމުން އަލަށް ޓްރެފިކަށް ގެނައި ބަދަލާއި އެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގުން ފެށިގެން ޑިފެންސް މިނިސްޓްރީއާއި ހަމައަށް ދެކޮޅަށް ވެހިކަލް ދުއްވޭނެއެވެ.

އަމީރު އަހުމަދުމަގުގެ ވަކި ސަރަހައްދެއްގައި ދެކޮޅަށް ވެހިކަލް ދުއްވޭގޮތް ހެދިއިރު ދޭތެރެ ދޭތެރެއިން މާލޭގެ މަގުތަކުގެ ޓްރެފިކަށް މިފަދަ ބަދަލު ގެނެއެވެ. ނަމަވެސް ގިނަ ފަހަރަށް މިފަދަ ބަދަލުތަކުގެ ސަބަބުން ވެސް މާލޭގެ ޓްރެފިކަށް ލުއިތަކެއް ލިބޭ މަންޒަރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްބެ

    އިޤްތިޞާދު ކޮޅަށްޖަހަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދަތުރުފަތުރާގުޅޭ ޚިދުމަތުގެ އަގުތައް 3 ގުނަ މަތިކޮށްފައި. ޑްރައިވިން ލައިސަންގެ ފީތައް އިންތިހާއަށް ބޮޑުކޮށްފި. ލޯނުތައް ނަގައި ގައުމު ދަރުވާލާފައި ރައްޔިތުން ފެލަނީ. ކީއްވެތޯ މިޚަބަރުތައް މީޑިޔާގައި ނުޖަހަނީ. ރައްޔިތުންނަށް އެނގިދާނެތީތޯ؟ މީޑިޔާއިން މިކަން ސާފުކޮށް ޚަބަރުގައި ނުޖަހަނީ ސަރުކާރަށް ވިކިފައިތިބީމަތޯ؟

    22
    1
  2. އާދަނު

    ތީ ކުރިންވެސް ދެކޮޅަަށް ދުއްވޭ ގޮތައް ހަދާފައި އޮތް ތަނެއް. މޮޔަ ކަމުން ބަދަލު ކޮއްފައި އުނބައްޖެހީ ތި.

    7
    2
    • ގަލަން ތުނޑު

      މިދޭތެރޭން ކޯސްޓްގާޑު ބިލްޑިންގ ތެޅިއިރު ތިޔަހުއްދަ ދިންނަމަ ކިހާފަސޭހަވީސް އޭރު ރައިސް އޮފީސް އިރުމަތި މަގު ރައީސްއޮފިސް އުތުރުމަގު ބަންދު ވަރަށް އުނދަގޫވި ބޮޑުތަކުރުފާނުމަގުން މާފަންނަށް ދާން...ހުސްޖެއްސުން...މިހާރު މިވީ ކޯއްޗަކަށް