ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް، ސައިންސް އެންޑް ސިގްނަލްތަކާ އެއްގޮތްވާ ގޮތުގެ މަތިން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ ގާނޫނު އިސްލާހު ކުރުމަށް ބޭނުންވާ ލަފާ ދިނުމަށް ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައެވެ.

ކޮންސަލްޓެންސީގެ މަސައްކަތް ނިންމައި ދެމަސް ދުވަސް ތެރޭގައި އެކަމާއި ގުޅޭ ރިޕޯޓް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެއެވެ.

އިއުލާންގައި ބުނެފައި ވަނީ ކޮންސަލްޓެންސީ މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 07 މޭ ވާ އާދިއްތަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އުމަރު ޒާހިރު ބިލްޑިންގގެ 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދޭކަމަށެވެ.

މަސައްކަތުގެ ޖުމްލަ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއަށް ވުރެ ބޮޑުވާނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ ވާ ގޮތަށް ކޯޓޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅާފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް އަކީ 1967 ވަނަ އަހަރު ފާސްކޮށް 1977 ވަނަ އަހަރު އަމަލު ކުރަން ފެށި ކޮންވެންޝަނެކެވެ. އޭގެފަހުން 1996 ވަނަ އަހަރާއި 2006 ވަނަ އަހަރު ވަނީ ބައެއް އިސްލާހުތައް ކޮންވެންޝަނަށް ގެނެސްފައެވެ. 2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހު 87 ގައުމަކުން ވަނީ ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކްގައި ބަޔާން ކޮށްފައިވާ ސައިންސް އެންޑް ސިގްނަލްތައް ބަލައި ގަންނަކަމަށް ސޮއި ކޮށްފައެވެ. އެގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައިމަން

    ސައިކަލު ބޯޑުގެ ޝޭޕްވެސް މިޒަމާނަށް ކަމުދާ ގޮތަށް އިސްލާހުކުރޭ، ހަތަރެސްކަން ހަމަ ފިލައެއްހެން ނޫނީ ސނދކ ކޮޅުފިލާހެން ނަމްބަރު ޕްލޭޓު ނުޖެހޭ ބަހަށްޓާކަށް...

  2. ވިކިލީކްސް

    ނަމެއްގަ ގާނޫނު ހެދިދާނެ.
    ކާރުތަކުގެ ހުންގާނު ހުންނަންޖެހޭނީވެސް ވާތްފަރާތުގަ. އެއްގަމު އުޅަނދުތައް ދުއްވަންޖެހޭނީވެސްމަގުގެ ކަނާތްފަރާތުން.

    4
    2
  3. ޔާޒާ

    މަގުތަށް އިހަށް ބައިނަލް އަގުވާމީ ފެންވަރަށް ހަދަންވީއެއްނުން.

    15
  4. Anonymous

    އަނެއްކާވެސް ރައްޔިތުން އަތުން ލާރިނަގާނެ މޮޅު އުކުޅެއް ހަދަން މިއުޅެނީ. ދެން ހުރިހާ އެންމެވެއްޖެ ލައިސަންސް އާކުރަން ނޫނީ އުޅަނދު ރަޖިސްޓްރީ އާކުރަން. މީރާއަށް ލާރިގަނޑެއް ލިބުނީ

  5. Anonymous

    ސަޅި ކަމެއް! އަދި މާއަވަސްހެން ހީވަނީ ތިކަން ކުރަން. 2030 ވަންދެން މަޑުކޮށްލާ.

    ޒަމާންތަރައްޤީވާ ވަރަކަށް ކަންކަން ފަސޭހަނުވާ ޤައުމެއް، މިނޫނީ ނުހުންނާނެ.
    އެންމެ އާދައިގެ މީހާވެސް އުޅޭނީ އިންސްޓޯލްމަންޓަށް އައިފޯން ޕްރޯ މެކްސް ޖީބަށް ޖަހާލައިގެން އެއިން ފޮޓޯއެއް ފައިލެއް ޝެއަރ ކޮށްލަން ނޭނގުނަސް ވަރިހަމަވާނެ.

  6. ހެހެހ

    ފުލުހުންވެސް ބަދަލުވާންވީ ، މިއަދު ފުލުހުން ބަލަންބޭނުންވާ ކަންކަން އެކަނި ބަލަނީ ، މީހުން އެންމެ ބާރުބޮޑު ގަޑިތަކުގައި އޮންނާނެ ޒިގްޒެގް ކޯނުޖަހާފަ ، ކިހަ އުނދަގޫވާނެ މީހުން އޮފީސްތަކަށް ދާއިރު ، ރަނގަޅުކަމެއް ނުކުރާނެ

  7. ހެހެހ

    ތަނެއް ދޮރެއް ނުދައްނަ ނުކިޔަވާ ތިބި ބިދޭސީންވެސް މިއަދު ކޮމްޕެނީ ނިވަލުގައި ތިބިގެންލައިސަންސް ނަގާގެން އެދުއްވަނީ ، އެދުއްވާ ވޭންތައްވެސް ހީވަނީ އެހެންފަދަކަމެއްހެން ، އަނެއްކާ ހެޑްލައިޓްވެސް ސިގްނަލް ލައިޓްވެސް އެމީހަކު ޖަހާނެ ކުލައެއް ޖަހާގެން ދުއްވަނީ ، ކިހިނެއް ބަލަނީ

  8. މޮޔަމީހާ

    ތިދުއްވާ މީހުން ޖެހެނީ ލައިސަން ނަގަން ތިޔަރީއިން ފާސްވާން،މަގުގެ ހުންނަ ރޮންގުތަކާ ލޮލުގެ ފެނުން،، އޯވަރޓޭކު ނެގެން ހުންނަ ރޮންގުތަކުން އޯވަރޓޭކު ނެގޭހީ ރައްކާތެރި ހާލތެއްގަ މަގުހުސްކޮށް އޮވެގެންކަން ،އާއްމު ކޮށް ވާތްފަރާތުން ދުއްވުން،،،މިހާރު ދުއްވާ އެއްޗެހި ދާއިރު ހިތައް އެރުމުން ކާނާފަރާތު ރޮނގަށް އަރާފަ މިނިޓެއް ނުވަނީސް ވާތްފަރާތައް އަރާފާނެ، ބައެއްމީހުން މަގުމަތީ ގަ އެބަދޭ މީހަކު ހިނގާ ހާ މަޑުމަޑުން ކާރުގަ،މީގެ ސަބަބުން އެކުސިޑެންޓު ވުންކާރި،،މައި މަގުން ގޯޅި އަޅާ އިރު ތިމާގެ ކަނައަތް ފަރާތުން އަންނަ ވެހިކަލް ތަކަށް މަޑުނުކޮށް ގޯޅި އެބަ އަޅާ،،ގިވުވޭ ލައިން ބޯޑުވެސް މުހިންމު ، ލައިސަން ޖެހެނީ ޒަމާނީ މިންގަޑަށް ބަދަލު ކުރަން، ރަށުތެރޭގަ ދުއްވޭނެ ބާރު އިސްޕީޑު، ހުރަސްރޮގުން މީހުން ދަތުރު ކުރާއިރު ދުއްވާ މީހުންގެ ލައިސެންސު، ނުގަވައިދުން ދުއްވާމީހުން، ކެމެރާ ބަހައްޓައިގެން އިސްޕީޑި ބަލާ މިމީހުން ފައިން ކޮށް ލައިސެން ހިފަހައްޓަންވީ