ވަކި އަތަކަށް ބުރަ ނުވެ ތިބި ރައްޔިތުންނަށް ވިސްނައި ދިނުމުން ރައީސް ޔާމީން އަށް ވޯޓް ދޭނެ ކަމަށާއި އެރައްޔިތުންގެ ވޯޓް ބޭނުންވާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ.
މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ މިރޭ ޕީޕއެމް ރައީސް ޔާމީން ކެންޕެއިން އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރަން ބުނި ހުރިހާ ކަމެއް ދަނީ ނިމެމުން ކަމަަށެވެ.
"ރައީސް ޔާމީންގެ ސަރުކާރުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރަން ބުނި ހުރިހާ ކަމެއް ދަނީ ނިމެމުން, މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ކުރިއަށް ދާއިރު، ބުރިޖުގެ އަމަލީ މައްސަކަތް ބަލާލުމަަށް އެންމެ ގިނައިން ދަނީ އިދިކޮޅު އެމްޑީޕީ މީހުން" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ 15 ހާހެއްހާ ރައްޔިތުން މާލެގައި އެކަނިވެސް ބޯހިޔާވަހިކަން ބޭނުން ވެފައި އެބަ ތިބި ކަމަށެވެ.
"ރާއްޖޭގެ ނިސްބަތުން 15 ހާހެއްހާ ރައްޔިތުން މާލެގައި އެކަނިވެސް ބޯހިޔާވަހިކަން ބޭނުން ވެފައި އެބަ ތިބި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފުރަތަމަ ބޯހިޔާ ވަހިކަމެއް ލިބިފައިވަނީ 1990 ވަނަ އަހަރުގައި" މިނިސްޓަރ މުއިޒު ވިދާޅުވިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމަޔަށް ދާއިރު 10000 ހައުސިންގް ޔުނިޓްގެ މަސައްކަތް ފެނިގެން ދާނެ ކަމަަށް ވިދާޅުވެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ސައުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫޢު ދަނީ ބާރަށް ކުރިއަށެވެ.
މުއިއްޒު އަށް، ވަރަށް އަދަބުވެރިކަމާ އެކު ދަންނަވަން، އަޅުގަނޑަކީ ވަކި އަތަކަށް ނުޖެހޭ ސްވިންގ ވޯޓާ އެއް، ނަމަވެސް 5 އަހަރު ނިމެނީ ފްލެޓެއް ވައުދު ވީ ފަދައިން ނުލިބޭ، އިންޓެރެސްޓް މާ ބޮޑީ، އަޅާ ހުރިހާ ތަނެއް ގަންނަނީ މުއްސަދިން. އަދި ނެތް އިނގޭތޯ ވޯޓެއް ލިބޭކަށް. އަޅުގަނޑު ދަންނަ ވަކި އަތަކަށް ނުޖެހޭ އެންމެން ކަހަލަ ގޮތަކަށް ތިބީ ތިބޭފުޅުން ބައިތުލްމާލުން އިސްރާފުކޮށް މުއްސަދިންނަށް ބަހާތަން ފެނި ފޫހިވެފަ.
ޝުކުރިއްޔާ.
އިންޓަރެސްޓް ކީއްކުރަން ބޭންކުން ވެސް ލޯނު ސަރުތުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ބަލަނީ ލިބޭ އާމްދަނީ ވިއްޔާ ، ކޮންއިރަކުން އަހަރުމެންނަށް ތިޔަ ބޭންކުން ލިބޭނީ،،،، ނުލިބޭނެ އަނެއްކާ އެފޯޑަބަލް ލިބެޔޭކިޔާފައި ދާ އިރަށް ބުނާނެ ކޯޓާ ހުސްވެއްޖެއޭ، ރަނގަޅަށް ބަލާލާއިރު ބޭންކުގައި ތިބޭ ސްޓާފުންނަށް ދީ ހުސްވީ، މިއީ މިފަހަރުވެސް ބޭންކު ތަކުން ހެދިގޮތް
ތިވިދާޅުވީ ވަރައް ބޮޑު ތެދު ފުޅެތް
ތިވިދާޅުވީ ވަރައް ބޮޑު ތެދު ފުޅެތް
އަސްލު ހޮވެން ބޭނުމިއްޔާ އިދި ކޮޅު ވިސްނުން އެހާ ބޮޑަށް ނެތް މީހުންނަށް ދޭއެއްޗެއްދީ.
އަޅުގަނޑަކީވެސް ރައީސް ނަޝީދުގެ ސިޔާސަތަށް ފާޑު ކިޔާ މީހެއް. ޢަދި ރައީސް ޔާމިން ކުރައްވަމުން ގެންދެވާ ހައްދުފަހަނަ އަޅާފައިވާ ނާއިންސާފުން ކުރާ ، ބުއްދި ގަބޫލު ނުކުރާ ، ޤާނޫނުތަކާއި ޤާނޫނު އަސާސީ އާއި ހިލާފު ކަންތައްތަކަށް ފާޑު ކިޔާ މީހެއް. ވަކިކޮޅަކަށް ޖެހޭ މީހެއް ނޫން. އަޅުގަނޑަށް ފުލެޓެއް ދިނަސް ނުދިނަސް ، ކުރިމަތި ލާ މީހުން އަޅުގަނޑު ގަބޫލު ނުކުރާ ފެންވަރުގެ މީހުން ކަމަށް ވަންޏާ ވޯޓް ގަނޑު ބާތިލް ކުރަން ޖެހުނަސް ރާއިސް ޔާމިންގެ އަމަލުތައް މިހާރު ހުންނަ ގޮތަށް ހުންނަ ކަމަށް ވަންޏާ ވޯޓު ނުދޭނަން....
ޓާޓާ ފްލެޓް ވިއްކިގޮތް މީހުންނަށް ފޮރުވަން ދައްކާ ވާހަކަ ތިޔައީ....ބަލަ ނަމުގަ އެއީ އެފޯޑަބަލް ހައުސިން، ދެން ބީ.އެމް.އެލް އިންވެސް ނިކަމެތި މީހާއަށް ކޮންމެވެސް އެއްޗެކޭ ކިޔާފަ ނުދީ ޕުރޮސެސް ކުރީ އެމީހުންނާއި އާއިލާ މީހުންގެ ފޯރމް. ސަރުކާރުން ގެދޮރުވެށި ކުރަންޖެހޭނީކީ ބޭންކް ސްޓާފުންނާއި ޕާޓީކުދިންނޭ ކިޔާތީ ތިޔަ އުޅެނީ
ނުވާނެ ތިކަމެއް ކޯބާތޯ މާބަޑުމީހުންނައް ރަށުން ދޭން ބުނި ހިދުމަތް ރއްފުށު ކުދިން ހާދަ ހާލުގައޭ މާލެއައް ވިހަން އަަަައިސް ނިމިގެން ރަށައް ދެވޭިރު އަތްމަތި ހުސްވެފަ ދެން ކިހިނެއްތޯ ވޯޓު ދޭނި ސަލާމް
އަހަރެން މީ ވަކި އަތަކަށް ނުޖެހި ހުރި މީ ހެއް. އަހަރެން ނަކަށް ކަމަކުނުދޭ ދެކޮޅުން ދައްކާ ވާހަކަ. އކަމަކު ވަރަށް ސޮރީ. ނެތް ދެވޭކަށް.
ހެހެ. މަޖާ ގޮލައެކޭ ދޯ.
މޮޔަފުޅުވީތޯ މުއާޒް
ބުރޯ މާލަސްވެއްްޖެެ. 4 އަހަރާއި ބައި މިނިމެނީ ޕާޓީ ކުދިން ހިތް ހަމަޖައްސާލަ ދިނުމާއި އަމިއްލަ އެދުމުގަ. ނަޝީދު ފަދަމީހެއް ނޫން ކޮންމެ މީހެއް އިދިކޮޅަށް ނިކުތަސް ވޯޓުލާނީ އެމީހަކަށް. ގޮތް ހުސްވެގެން ވެސް މިހާތަނަށް ވެރިކަންކުރި ބޭފުޅުންނާއި އާއިލާތަކަށް ދެން ނުދޭނަން އެންމެވޯޓެއްވެސް.
ހިނި ވެސް އާދޭ. އިހްތިރާމާއެކު ބުނެލަން ބޭނުން. ދެވޭކަށް ނެތް. ވަރަށް ގިނަ ގޯސް ހަދާފަ ހުރީ. ނަޝީދު އިދިކޮޅުން ލިޔަސް މިފަހަރު ވޯޓު ދޭން ނިންމައިގެން މި ހުރީ.