ސަރުކާރާއި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ސަރުކާރުގެ ވަޒީފާއިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާ އިން ވަކިކުރުމަކީ ލާއިންސާނީ އަމަލެއް ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ބުނެފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިހެން ބުނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ ޢަބްދުﷲ އެމްޕީއެލްގެ ވަޒީފާ އިން ވަކިކުރުމުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި ބުނީ ސޫދާ ވަޒީފާ އިން ވަކިކުރުމަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށާއި އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ ފަރާތްތައް ވަޒީފާތަކުން ވަކިކޮށް ބިރުދައްކާ އިންޒާރުދީ މިސަރުކާރުން ތަކުރާރުކޮށް ހިންގާފައިވާ ހަޑިހުތުރު ޢަމަލެއް ކަމަށެވެ.

"މިސަރުކާރުން ވެރިކަމަށް އައީ ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށާއި ވަކި ސިޔާސީ ކުލައަކަށް ވަކި ފިކުރަކަށް ތާއީދު ކުރާ ފަރާތްތަކަށްވެސް ވަޒީފާގެ ރައްކާތެރިކަން އޮންނާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ވެރިކަން ލިބުމާއެކުރާއްޖޭގެ އެކި ވުޒާރާތަކުގައާއި ކުންފުނި ތަކުގައި ތިބި މި ކޯލިޝަނަށް ތާއީދު ކުރާ ފަރާތްތަކަށް ބިރުދައްކާ ވަޒީފާތަކުން ވަކިކުރަމުންދާކަން މި ކޯލިޝަނުން ވަރަށް ހިތާމައާއެކު ފާހަގަކުރަމެވެ. އަދި މި ކޯލިޝަނަށް ނިސްބަތް ނުވިކަމުގައި ވިޔަސް މިސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަ ނުޖެހިގެން ޚިޔާލުފާޅުކުރާ އެތައް ބަޔަކު ވަޒީފާތަކުން ކަނޑަމުންދާކަމީވެސް މިކޯލިޝަނުން ނުހަނު ކަންބޮޑުވާކަމަކެވެ." ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ސަރުކާރުގެ މި ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އެތައް ޢާއިލާއެއް ބިކަވެ ނިކަމެތިވަމުންދާ ކަމަށާއި ވުމާއެކު، މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގުން ހުއްޓާލުމަށާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ސޫދާ އަކީ އިދިކޮޅު ޕީޕީއެމްގެ އެންމެ ހަރަކާތްތެރި އެއް އެކްޓިވިސްޓެވެ. އޭނާ ގެންދަނީ މީސް މީޑިއާގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެމްޕީއެލްގެ ވަޒީފާ އިން ސޫދާ ވަކިކޮށް ސޫދާއަށް ފޮނުވި ޗިޓުގައި ބުނީ އެސިސްޓެންޓް އޮފިސަރުގެ މަގާމުން އޭނާ ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާ ހިލާފަށް އަމަލުކުރަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައިނުވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ

    ހިތާމަހުރިކަމެއް ތިގޮތައް ކަންތައް ކުރާނަމަ ހިތިރަހަ ކަރުބުޑަށް ލާކަށް ލަހެއްނުވާނެ އިންސާﷲ

    8
    8
    • ނައިކް

      ޕީޕީން ނުކުރާކަމެކެ.. ކޮންމެ ކޮޅަކަސް ކުންފުނީގެ ޤަވާއިދުތަކާ އުސޫލުތަކާ ޚިލާފުވަންޏާ ފިޔަވަޅުއަޅާ ވަކިވެސް ކުރާނެ..

      4
      2
  2. އަލްޖިބްރާ

    އިދިކޮޅެއް ނޫން އެއްކޮޅު ވިއަސް ހިތުހުރިހާ ގޮތަށް ކަންތަށް ކުރީމަ ވަޒީފާއިން ވިނުކުރެވެންވީ ސަބަބެއް ނެތް !

    6
    9
  3. މޮޑަން

    ކަލޭމެންގެ ވެރިކަމުގަ ނުކުރާކަމެއްތަ އެއީ ސިޔާސީވާން ބޭނުމިއްޔާ ސިވިލްސއރވިސް އިސްތިއުފާދީފަައުޅޭ ވަޒީފާވެސްބޭނުން

    5
    4
  4. ނަޖީ

    ޙުރިހާ ގޮތަކުން ރަނގަޅުވެގެން އައި މީހުންގެ ހާލުހުރިގޮތް.

    7
    1
  5. Anonymous

    Komme party ehgge meehakas rangalhah masakkaiy nukuranya vakikuranveenu. MPL In Gina meehunah vazeefaa libifa huree Kommes sarukaarehgge nufoozun. Dharaa vikigen Rangalhah kiyavaigen thibumuge beynumeh neiy

    1
    1
  6. ފަރުދާ

    މި ސަރުކާރު އަންނަން ވެގެން އުޅުންއިރު ގޮވާނެ އެވެނި މިވެނި ތަނެއްގައި އުޅޭ ބަޔަކު ވަޒީފާއިން ވަކިކުރަނީއޭ ބިރުނުގަނެ ޙަރަކާތްތަކަށް ނުކުންނާށޭ ތިމަންނާމެން ހޮވާށޭ އެކަކުވެސް ވަޒީފާއިން ވަކިނުކުރާނަމޭ އިންސާފު ލިބޭނީ އެމްޑީޕީ ހޮވީމައޭ މިހާރު މާނުބައި

    5
    2
  7. ބޯހަލާކު

    ސޫދާ ޢަބްދުﷲ ގެ އީސީ ސަރީފޫ ފަދަ ހިޓް ގޮވާލުން މުގުރާލާފަ މިފަހަރު ގެ ގޮވާލުން މާފުރިހަމަ ދަރަނިބޯ ދަރަނި ދަރަނި އެހެރަ ދައްކާލާ މޮޅު އެކްޓު އެހާމެ ފުރިހަމަ އެހާމެ ހަޔާތްކުޑަ އެކަނބުލޭގެ ދަރިން ފިރިޔައް ލޯހުޅުވާލަން ކެރޭބާ.