ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކްސް ނެގުމަކީ ހުއްދަކަމެއް ކަމަށް ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވީ ޓެކްސް ނެގުމަކީ ޙަރާމް ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ވިދާޅުވުމުން އެކަމަށް އިޝާރާތްކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ޝަހީމް ވިދާޅުވީ ޓެކްސްގެ ނިޒާމަކީ އިސްލާމީ ތާރީޚްގައި ކުރީއްސުރެ ތައާރަފުވެފައިވާ މާލީ ނިޒާމެއް ކަމަށެވެ. "ރައްޔިތުންގެ ބޭނުންތައް ފުއްދައި ދައުލަތް ހިންގުމަށްޓަކައި ޓެކްސް ނެގުމަކީ ހުއްދަކަމެއް. ޓެކްސްގެ ނިޒާމަކީ އިސްލާމީ ތާރީޚުގައި ކުރީއްސުރެ ތަޢާރަފްވެފައިވާ މާލީ ނިޒާމެއް. ދައުލަތުގެ ވާޖިބަކަށްވާންވާނީ ޤައުމާއި ރައްޔިތުންގެ މަންފާ ހުރިމަގުން ޢަދުލުވެރިގޮތުގައި ޓެކްސްގެ ބޭނުންކުރުން." ޑރ.ޝަހީމް ވިދާޅުވިއެވެ.

މިހާރު ޓްވިޓާގައި އާއްމު ވެގެން އުޅޭ ވީޑިއޯއެއްގައި ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލް ވިދާޅުވީ މީހެއްގެ ހަލާލު މުދަލުން އެއްވެސް އެއްޗެއް އެއްވެސް ތަނަކަށް ރުހުމުގައި ވެސް އަދި ނުރުހުމުގައި ވެސް ނުނެގޭނެ ކަމަށެވެ. "ކުޑަކުޑަ މިސާލެއް ބައްލަވާ. މިނެގޭ ޓެކްސްތައް. އެކި ނަންނަމުގައި މިނެގޭ ޓެކްސްތައް. ކަނޑައެޅިގެން މިދަންނަވަނީ ޓެކްސްއަކީ ޙަރާމް އެއްޗެއް. އިލްމުވެރިން އެއޮތީ އެއާއިމެދު ފަތުވާ ދެއްވާފައި." އިލްޔާސް ޖަމާލް ވިދާޅުވިއެވެ.

އިލްޔާސް ޖަމާލްގެ ވީޑިއޯ އާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް ވަނީ އަމާޒުވެފައެވެ.

އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އިލްޔާސް ޖަމާލްގެ ވީޑިއޯ އާއްމުކޮށް ވިދާޅުވީ މިއީ ވެސް ދައުލަތަށް ނަގާ ޓެކްސްއިން މުސާރަ ނަންގަވާ ބޭފުޅެއް ކަމަށެވެ. ޓެކްސް ހަރާމްއިރު ޓެކްސް ފައިސާއިން ތި ނަންގަވާ މުސާރަ ހަލާލު ތިޔަކުރައްވަަނީ ކޮން ބާވަތެއްގެ ދޮވުމަކުން ދޮވެގެންތޯ ވައްޑެ ވަނީ ސުވާލު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ޢަހުރ

  ތަންދިރު ނުލިފާ އާންމުންގެ ކއިރީ ދީނީ ބަހުސް ކުރީމާ ދީނުގެ އަގު ވެއްޓޭނެ. ޅާދީނީ މީހުން އުފާ ކުރާނެ.. ޢިލްމުވެރިންގެ ޖަމިއްޔާއިން މިކަމާ ވިސނަން ވެއްޖެ

  20
  2
  • ޒިކް

   ބުނަން ތިތަ އެމްޑީޕީއާ ބައިޔަތު ހިފައިގެން ނޫޅޭނެ ދީން އެނގޭ މީހަކު.. ޝޭހުންނޭ ޑރ ނޭ ކިޔާފަ އުޅޭނި ހައްދުފަހަނަ އެޅި ނާތަހުޒީބު ބޮޓުން ތިޔަ އެމްޑީޕީ ބައިގަނޑުގެ ތެރޭގަ.. ޑރ.ޝަހީމުމެންނާ ގާތްކޮށްލެވޭ ވަރުގެ މީހަކުވެސް ނުހުބްނާނެ ތިޔަތާކު

   14
   4
  • Anonymous

   ދީނުގެ އަގެއް ނުވެއްޓޭނެ އިންޝާﷲ. ދީން ވަނީ ފުރިހަމަ ކޮއްދެއްވާފައި. އަގު ވެއްޓޭނީ މަދު ލާރިކޮޅަކައް ދީން ވިްކައިގެން ތިބި މަލްޢޫނުންގެ. މީސްތަކުން މަގުފުރައްދާ ބައެއް

   19
 2. ތަކުރުބެ

  ފެޅަކާދަންނަބޭކަލުން... އެއްއިރެއްގައި އުޅޭނެ ފައިކުރި ބުރިކޮށް ތުނބުޅި ދޫކޮށް އެކަމަށް ހުރި ހަދީޘްތައް ކިޔުމުގައި އަވަދިނެތި.. އެއީ ކިޔަވައިގެން އަންނަ ދުވަސްކޮޅު.. ދެން ފެންނާނީ މަޑު މަޑުން އެކަންކަން ބަދަލުވަމުން ގޮސް އެއީ މުޅިން ނެތް ކަމަކަށް ހަދައިގެން އުޅޭތަން ނޫނީ އެވެސް ރަނގަޅޭ މިވެސް ރަނގަޅޭ ކިޔަކިޔާ ތިބޭތަން.. މީގައި އެންމެ މަޖާ ކަމަކީ ކިޔަވައިގެން އަންނައިރު މި މީހުން ބުނެ އުޅެ ޤުރުއާންއާއި ސުންނަތުން ދަލީލް ގެންނަން ޖެހޭނެ ވާހަކަ ދީނުގެ ކަމަކަށް ވެއްޖެނަމަ.. އެހެންނަމަވެސް މިކަންކަން ދޫކޮށްލުމަށް އެއްވެސް ހުއްޖަތެއް ނެދައްކާ އެވެސް ރަނގަޅު މިވެސް ރަނގަޅު.. މިކަންތައްތަކުގެ ސަަބަބުން އަނިޔާ މިދެވެނީ އަމިއްލަ ނަފްސަކަށް އެކަންޏެއް ނޫން، އެމީހަކު އުޅޭ މުޖުތަމައުއައްވެސް.. ކޮންމެ މީހަކަށް މާތްﷲ ކިޔެވުމުގެ ތަނަވަސްކަން ނުދެއްވާއިރު، އެ ދެއްވި ބަޔަކު އެއަށް ރައްކާތެރިވުމަކީ ކިހާ ބޮޑު އަމާނާތެއްތޯ.. ދުނިޔެއަށް ލެނބިއްޖެނަމަ މިއަށްވުރެން ހެއްވާކަންތައްތައް ފެންނާނެ.. ކުރާ ޢަމަލަކުން ނޫނީ ވާނެ އެއްވެސް ފައިދާއެއް ނެތް.

  19
  3
 3. Anonymous

  ޓެކްސް އަކީ ހަރާމް އެއްޗެއް. އިސްލާމްދީނުގައި ވަނީ ޒަކާތް ނެގުން ވާޖިބް ކުރައްވާފައި .

  31
  5
  • ނައިކް

   ޒަކާތް ވާޖިބު ވީމަ ޓެކްސް ހަރާމްވޭތަ؟؟ ފަރުޟު ނަމާދު ވާޖިބު ވީމަ އެހެން ނަމާދު ހަރާމްވޭތަ؟؟ ކަލޭ ބުނެފާނެ އުމްރާވެސް ހަރާމޭ ހައްޖު ވާޖިބުވީމަ.. ޓެކްސް ހަރާމްކަމަަށް އޮތް އެއްވެސް ދަލީލެއް ދައްކަބަލަ. އާޔަތްތަކުގެ އަސްލު މާނަ އެއްފަރާތްކޮށްފަ ބުރެކެޓް ޖަހައިގެން އަމިއްލަ މާނަ ނެރޭ މީހުން ހަރާމްކުރާނެ އެމީހުން ބޭނުން ހުރިހާކަމެއް ވެސް..

   9
   5
 4. Anonymous

  މިވެސް ހަމަ ޖަހާލަތުން ތަރުބިއްޔާވި އެއްޗެއް

  15
  5
  • ބައިގަނޑު

   ކަލޭމެން ދެކޭ ގޮތުގަ ހައްދު ފަހަނަ ނާޅާ ޑޮޓު ވިސްނުމާ ދުރު ކޮންމެ މީހަކީ ޖަހާލަތުގެ މީހެއް.. ތީ ދީން ނުކިޔަވާ ސަލަފުއްޔާއާ ޕާކިސްތާނުގެ މިސްކިތްތަކުގެ ދޮރުމަތިން ހުރަސް ކަނޑާއިރު އަޑު އިވޭ ދެ ހަދީސް ދަސްކޮށްގެން ދީނީކަމަށް ހެދިގެން އުޅޭ ބައިގަނޑެއް

   8
   1
 5. ބޮނަކުއާ

  ކިތައްމެ ވަރެއްވިޔަސް ޓެކްސް ޙަރާމް، އޭ ބަދަލުގަައި ނަގަން ޖެހޭނީ މުދަލުގެ ޒަކާތާއި ފިތުރު ޒަކާތް. ޝޭޚް އިލްޔާސް ޖަމާލް ވިދާޅުވީ ހަމަ ރަގަޅަށް. ޓެކުހަކީ ސީދާ އިޤްތިޞާދީގޮތުންވެސް ސީދާ ބޮޑު ގެއްލުމެއް. މާތްﷲގެ ޙުކުމްފުޅު ތަންފީޒްކުރަން ނޭގޭ ބަޔަކަށް ދީނީ ޢިލްމުވެރިޔެކޭ ނުކިޔޭނެ. ޝަހީމަކީ ދުވަހަކު ޔޫރަޕަށް ދިޔަވެސް މީހެއްނޫން. ނަމަވެސް ޔޫރަޕުގަ ކުރާކަންތައް އެކަނި ކުރަން އެގެނީ...ދެރަވަރު. ޝަހީމް ކޮމެންޓް ކުރަނީ ދީނީ ކޮމެންޓެއް ނޫން. އޭނާ ފާޅުކުރަނީ އަމިއްލަ ޚިޔާލް..ދީނީ ޢިލްމުވެރިން ޤުރުއާނާއި ސުންނަތުން ދަލީލް ދައްކަވާނެ. މީވަރަށް ވަހަކަ...

  10
  3
 6. ކަރަމް

  މިހިނގާ ހުރިހާކަމަކީވެސް ޙަރާމޭ ޙަލާލޭ ކިޔައިގެން ދީނަށް ފާޑުކިޔުމްށް ބައިގަނޑު ރާވައިގެން ހިންގާކަމެއް ދިވެހިން ހޭލާ

  10
 7. Anonymous

  މަދީނާއިން ކިޔަވައިގެން އައި އިރު ތުނބުޅި ދިގު ކަމުން ގޮސް ކަރުގައި ޓައިއެއް އަޅާފިއްޔާ އެޓައިގެ ގޮށް ނުފެނެއެވެ. ފަޓުލޫނުގެ ފައިކުރި ތަބިކަށީގެ މެދަށެވެ. އޭރުގެ ރައީސް މައުމޫނާއި ދިމާލަށް އެއީ ތޯއޫތެކޭ ގޮވާ އޭނާ މުރުތައްދުން ކުރި އެވެ. ކޯޓު ތަކުގެ ޤާޒީން   ﷲ ބާވައިލެއްވި ގޮތަށް ހުކުމް ނުކުރާތީ ކާފަރު ކުރި އެވެ. އޭރުގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅާފައިވާ ޑިމޮކްރަޓިކް އިމާމުންގެ ފަހަތުން ނަމާދުކުރުން ދޫކޮށް ޒުވާން  ކުދިންނާއި އެކު މިސްކިތްތަކުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަން ފެއްޓެވީ އެވެ. ލަދުހަޔާތް ކޮބާ ތޯ އެވެ. މި ގޮތުން ގޮސް ރައީސް މައުމޫނު ބައްދަލުވުމަށް ދައުވަތު ދީ އަދާލަތު ޕާރޓީ އުފެއްދެން ދެން އެ ގޮތުގައި ތިއްބެވި އެވެ. މިހާރު ތުނބުޅި ކުރު ކުރަމުން ގޮސް ކަރުގައި އަޅާފައިވާ ޓައިގެ ގޮށް ފެނެއެވެ. ފަޓުލޫނުގެ ފައިކުރި ދިގުކުރަމުންގޮސް އިސްޓާކީން  ގެއްލި ބައެއް ފަހަރު ބޫޓު ވެސް ނުފެނެއެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީތޯ އެވެ. އަޅުގަނޑުމެން އަޖައިބު ވެއްޖެއެވެ.

  8
  1
 8. ތުންބިން

  ތިޔަށް އަހަރެމެން ކިޔަނީ ފިދިޔަ ދެއްކުން. އަހަރެމެންނަކީ ޒަމާނީ އަޅުން.

 9. ސސ

  ޓެކުސް ނެގުމަކީ ހުއްދަ ކަމެއްނޫން އެކަމަކު ޞަރޫރީ ވަރަށްބޮޑަށް ބޭނުންޖެހި ދައުލަތް ހިންގަން އުދަގޫވާ ހާލަތުގައި ނެގިދާނެ އެއްޗެއް އެއީ އެނުން ގޮތެއް އޮތިއްޔާ ޓެކުސް ނުނެގުން ޢައުލާކަންބޮޑީ، ވިޔަފާރި މުދަލުން މުސަލިމުންގެ އަތުން ޒަކާތް ނަގާފަ، ދައުލަތުގެ ކުންފުނިތަކުން ވިޔަފާރިކޮށް، ދައުލަތުގެ ބިން ކުއްޔަށްދީ އެއާރްޕޯޓް ތަކާއި ސީ ޕޯޓް ތަށް ހަދާ ކުއްޔަށް ދީގެން ލިބޭ އާމްދަނީން ދައުލަތް ހިންގޭވަރަށް މުވައްޒަފުންނާއި އިދާރީ ހިންގުން ހަމަޖެއްސީމަކާ މިކިޔާ ޓެކުސް ނަގާކަށް ނުޖެހޭނެ !

 10. ށހ

  ޓެކްސް ނެގުން ހުއްދަ. ޢެކަމަކު އެހެން ގައުމްތަކާ ހިލާފައް ރާއްޖޭގަ ނަގާ ޓެކްސް އަކުން ރަތްޔިތުންނަށް ވާ ހަމަ އެއްވެސް ފައިދާއެއް ނެތް ކަމީ ލަދުގަންނަން ޖެހޭ ހިތާމަވެރި ކަމެއް.

 11. ައަހުމަދު

  އިލްޔާސް އެވިދާޅުވީ ރަނގަޅުވާހަކައެއް ޓެކްސް މިރާއްޖޭގައި މިނަގަނީ ދައިމީކޮށް މިގޮތަށް ނެގުން ހަރާމްވާނެ ، ބޮޑުކަމެއް، މިސާލަކަށް ދައުލަތްނުހިންގިގެން ، މާލީބޮޑުކާރިސާއެއް މެދުވެރިވެގެން އެކަމުން ސަލަމަތްވުމަށް ވަގުތީގޮތުން ނެގިދާނެ،އެކަމަކު އެއިދާއިމީކަމަކަށް ވެގެންނުވާނެ، އިސްލަމްދިނުގައި އޮވޭ ހުއްދަކޮށްފައި ވާ ޓެކްސްތަކެއް އެއީ ފިތުރުޒަކާތާއި، މުދަލުގެޒަކާތް. މިރާއްޖޭގެ ބޭކުން ރިބާނަގަނީ ކޮންގޮތަކުން އިސްލާމްދީން ހުއްދަކޮށްގެންބާ؟؟؟

  • ޜަރީ

   ދައުލަތުން ހިންގާ އެންމެ ބޮޑު އެއް ޖަރީމާއަކީ ސްޓޭޓް ރިބާ ޢާއްމުކުރުން...

 12. ޥިޒަން

  އެންމެ ބޭފުޅުން ވިސްނަވާ ޒަކާތް ނުދިނީމަ އަބޫބަކުރުގެފާނު އެނުދިން މީހުންނާ ހަނގުރާމަވެސް ކުރި. އެހެންނަަވެސް މިރާއްޖޭގައި ގަދަކަމުން އޮބާބާއްވާފަ މި ނަގަނީ ޓެކްސް. ޒަކާތަށް އަހައްމިއްޔަތެއް ނުދޭ. އެކަމަކު އެންމެ ފަޤީރު މީހާވެސް މުއްސަނދި މީހާއެކޭ އެއްފަދައިން 6 ފަރސެންޓް ޖީއެސްޓީ.. މިގޮތްވެސް ރަގަޅުތޯ؟

 13. މަ

  ޝަހީމް އެހެން ވީ އިރު ޓެކްސް ނެގޭ ހަރުކަށި އުޞޫލް ތައް ޒަކާތް ނެގުމަށް.. ނުގެންގުޅެނީ ކީހްވެ؟ ޒަކާތަކީވެސް ހަރުކަށި ކަން ތޯ؟