ހދ. ކުޅުދުއްފުށި ސިޓީގެ ފިހާރައަކުން މީހަކު ވައްކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.

އެއީ ދާދި ފަހުން މީސް މީޑިއާގައި އާއްމުވި ވީޑީއޯއެކެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ އެސިޓީގެ ނިކަގަސްމަގުގައި ހުންނަ “ރަތްދޫލަ”ނަމަކަަށް ކިޔާ ފިހާރައަކުން މީހަކު ޗޮކްލެޓްތަކެއް ވަގަށް ނަގާ މަންޒަރު ކަމަށް ނޫހެއްގައި ވެއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، އޭނާ ދެ ޗޮކްލެޓް ނަގައި، ލައިގެން ހުރި ޖިންސްގެ ތެރެއަށް ޖަހައެވެ.

ކުޅުދުއްފުށީގައި މީގެ ކުރިންވެސް ވައްކަންތައް ހިނގާފައިވާ މަންޒަރު ފެންނަ ވީޑިއޯތައް އާއްމުވެފައި ވެއެވެ.

އަދި އެރަށު ގައަކަށް މީހަކު ވައްކަން ކުރާ ވީޑިއޯއެއްވެސް އާއްމުވިއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ރޯޔަލް ބަކަރި

  ޝުކުރިއްޔަ ރައީސް.. ޖަޒީރާ ރާއްޖެ ހަމަ ތަފާތީ..

  7
  8
 2. ހާދީ

  ޖަޒީރާވަންތަ ސިފަތައް.. އެޖެންޑަ 19 ހަމަ ކާމިޔާބީއޭ ބުނެވޭނީ

  7
  10
 3. ޖަޒީރާވަންތަ ރޯޔަލް ބަކަރި

  ވެލްކަމް ޓު ޖަޒީރާ ރާއްޖެ

  7
  11
 4. ޖަޒީރާ ކޮރު ބުޅާ

  ވަގުންނާ ރޭޕިސްޓުންނާ ދެންވެސްތިބި ކުށްވެރިން އެންމެ ބޭނުންވާނީ ޖަޒީރާ ރާއްޖޭ ސްޓައިލްތައް

  5
  12
 5. ކާޕެޓް ވަގު

  އެސޮރު ވައްކަންކުރީމަދޯ ހަޖަމުނުވީ... ކާޕެޓާ ވެންޓިލޭޓަރު ކާލާއިރު ނުވޭ މައްސަލައަކަށް ދެއްތޯ

  10
  11
 6. ބަނޑުހަރުވާ ޓޮލަރެންސް

  އެމްޑީޕީ މީހެއް ނޫންވީމަ ވީޑިއޯ އާންމުކުރީ

  8
  12
 7. ޖަޒީރާވަންތަ ގުންޑޭ

  ވެންޓިލޭޓަރު ކާލިއިރު ނުވޭ މައްސަލައަކަށް.. ދެރަމީހަކު ކުރި ކަމެއްވީމަ ޒީރޯ ޓޮލަރެންސް ވެފަ ތިއޮތީ

  7
  7
 8. ބުރޯ

  ބަޑުހާވެގެން ކުރި ކަމެއް ވެއްޖެއްޔާ ރަގަޅުވާނެ ކެމެރާއަކައް އެރިޔަސް ސާބިތެއްނުކުރެވޭނެދޯ

  4
  4