އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހްމަދު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ރިޓަޔާވެއްޖެއެވެ. ފައިރޫޝް ރިޓަޔާވެއްޖެ ކަން ހާމަކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

ފުލުހުންގެ ވަޒީފާއިން ފައިރޫޝް ރިޓަޔާވެފައި މިވަނީ އެ މުއައްސަސާގައި 20 އަހަރު ދުވަހު ގައުމަށް ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފައިރޫޝް ފުލުހުންގެ ޚިދުމަތުގައި ކޮށްދެއްވާފައިވާ އަގު ނުކުރެވޭ ޚިދުމަތަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ފުލުހުންގެ ވަޒީފާއިން ފައިރޫޝް ރިޓަޔާވެވަޑައިގެންނެވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މީގެ ކުރިން ފައިރޫޝް ފީއެޗްޑީއަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގައި ހުންނަވަނިކޮށް، 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރިއެވެ. އެއީ އޭރުގެ ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވުރެ އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކުރިއެވެ. މި ހުކުމާ އެކީ ފައިރޫޝް ފުލުހުންގެ ވަޒީފާއަށް އަލުން ނުކުމެވަޑައިގަންނަވަން ފެށްޓެވީ ޑިސެމްބަރު 2019 ގައެވެ.

މި ހުކުމް ތަންފީޒުކޮށް ފައިރޫޝްއަށް އަލުން ވަޒީފާއަށް ނުކުމެވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކުރިން ވެސް އޭނާ ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވިއެވެ.

ފުލުހުންގެ ވަޒީފާއަށް ނުކުމެވެޑައިގަތުމަށް ފަހު، އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ފައިރޫޝް ޕީއެޗްޑީ ހާސިލް ކުރެއްވިއެވެ. އެ ޔުނިވާސިޓީއިން ގްރެޖްއޭޓްވި ފައިރޫޝް ޕީއެޗްޑީގެ ތީސީސް ލިޔުއްވާފައި ވަނީ އިންޓެލިޖެންސް ބޭނުން ކޮށްގެން ފުލުހުންގެ މަސައްކަތް ކުރުމާ ގުޅޭ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ޢަހުމަދު އަލީ

  ފުލުހުންގެ ޤާނޫނަށް ދާދިފަހުނަ ގެނައި ބަދަލަކީ ފައިރޫޒުމެންފަދަ މީހުން ވަކިކުރަން ކުރިކަމެއް. ރިޓަޔ ނުކުރިނަމަ ވަކިކުރާނެ. މަންނާނު އާއި ފައިރޫޒަކީ ނަޝީދުގެ ވެރިކަން ވައްޓާލުމުގަ ފުލުހުންގެ ތެރެއިން އިސް ދައުރެއް އަދާކުރި ދެ މީހުން

  34
  5
  • މުބީނު

   ޕައިރޫސްޗް ކިޔޭ ގޮތަށް ޓްވިޓަރގައި ނަން އަޅާފައި އޮތީމާ އިނގިއްޖެ ބޮލުގައި ކުޑަކޮށް މައްސަލަ އެބަ ހުރިކަން.

   7
   13
   • ޗުބީން

    ބަލަގަ އެއީ ޕީއެޗްޑީ ހަދައިގެން ހުރި މީހެއް.. ބޮލުގެ ކަންކަން ހުންނާނީ ތިކަހަލަ އަމިއްލަ ސިކުނޑި ބޭނުން ނުކުރާ ސިޔާސީ މީހުން ފަހަތުން އުޅޭ ބުރާންތިން..ކޮމެންޓް ކުރާތި

    • ނިޔާޒާ

     ޕީ.އެޗް.ޑީ އަކީ ހެއްރަބޭ އަށްވެސް ހެދިދާނެ އެއްޗެއް.

    • ޝައުނާ

     ނަންޖަހަންނުކެރުނު،ޗުބީން އަށް. އޮސްޓްރޭލިއާ ސަރުކާރަށް މީނާއަކީ ބަޤާވާތްކޮށްފަހުރި މީހެއްކަން އަންގާނަން.

 2. ލިޔާގޮތް

  ގިނަ މީހުން ކިޔާ އުޅެނީ ޢަބްދުﷲ ފައިރޫޝް

  20
  1
  • ޝައްފަ

   ޓްވިޓަރ ގައި މީނާ ނަން އަޅާފައިވަނީ ޕީ އަކުރަކުން. އަދި ޕައިރޫސްޗް ކިޔޭ ގޮތަށް. ބޯނުބައި. މިކަމުންވެސް އިނގޭ މީނާގެ ސިކުނޑި ހަމައެއް ނޫންކަން. ޤާނޫނީ ގޮތުން ޢާއްމުންނާއި ބެހޭ ކަންކަމުގައި ނަން އޮންނަންވާނީ އައި.ޑީ ކާޑު ގައި އޮންނަ ގޮތަށް. މިވަރު ނުވިސްނުނު (ޕީ.އެޗް.ޑީ ނަގައިގެން ހުރި!!!) މީހަކު މިފަދަ މަޤާމެއްގައި ބެހެއްޓުމަކީ ތިރީ ގައިވާ، "ޙައްގުބަސް" ކިތަންމެ ދިގުކޮށް، ސަނާ ކިޔަސް ކޮށްގެންވާނޭ ކަމެއް ނޫން. ޕީ.އެޗް.ޑީ އަކީ ޕާރމަނަންޓް ހެޑް ޑެމޭޖް.

   10
   18
   • ޗައްޕަ

    ނުކިޔެވުމުގެ ނަތީޖާ މިހާރު ހިތަށް އަރާދޯ ޗައްޕަ..އަދިވެސް ހަަނދާންވޭ ސުކޫލުގައި އުޅުނު އިރު...މިހާރު ކަމެއް ނުކޮށް ގޭގައިދޯ

   • އަލިބެއްޔާ

    އައިޑީ ކާޑުގައި އޮތް ގޮތަށް އޭނާ ލިޔެފަ އެ އޮތީ.. ފައިރޫޝަށް ބަސްބުނަން ކަލޭ ތީ ކާކު؟؟؟

    • ޝަބާނާ

     ބަސްބުނެލާނަމޭ މިފަހަރު އޮސްޓްރޭލިޔާ ސަރުކާރުގަ. ބަޤާވާތްކުރިމީހަކަށް ވަޒީފާ ދޭތޯ ބަލާލަން.

 3. ޝަރަފު

  ކޮބާ 7 ފެބުރުއަރީ 2012 ގެ އިންސާފު؟؟

  8
  13
 4. ޙައްގުބަސް

  ޑރ. ފައިރޫޝް އަކީ ތަޢުލީމާ ވަރަށް ގާބިލް މީހެއް! އޭނާއަކީ ފުލުހުންގެތެރޭ ހުރި ކުޅަދާނަ ކެރޭ ހިތްވަރުގަދަ ޢިލްމީ އަދި ހިންގުންތެރި މީހެއްކަން ފުލުހުންގެ ގިނަ މީހުންގެ ފަރާތުން އެނގިފައިވޭ! އޭނާ އެތަނުން ރިޓަޔާ ކުރުމަކީ އެމުއައްސަސާއަށް ލިބުނު ފޫބައްދަން އުނދަގޫ ގެއްލުމަކަށްވާނެ!! މިސަރުކާރުން ޚާއްސަކޮށް ނަޝީދާ ނަޝީދަށް ސަޕޯޓުކުރާ ގިނަ މީހުން މާގަޔާވާ މީހަކަށް ފައިރޫޝް ނުވެދާނެ!! އެހެންވީމަ ނަޝީދު ފުލުހުންގެ ގާނޫނެއް ހެދީވެސް! އެހެންވެ ވަކި މަގާމުތަކަކަށް ފޯކަސް ކޮށްގެން ގާނޫނުގައި މާއްދާއެއް ލިއުނީވެސް!! އެއީ ފައިރޫޝްއަށް ޓާގެޓްކޮށްގެން އަދި އެހެންވެސް އޭނާ ހިތްހަމަނުޖެހޭ ބަޔަކަށް ޓާގެޓްކޮށްގެން ކޮށްފައިވާ ކަމެއް!! ނަޝީދު ގަބޫލުކުރާގޮތުން އޭނާގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން!! ނަމަވެސް އެއީ ބަޣާވާތެއް ނޫންކަން ބޭރުގެ މާހިރުން ހިމެނޭގޮތުން އެމްޑީޕީވެސް ހިމެނޭ ގޮތުން ހިންގި ތަޙްގީގުގައި ނެރުނު ރިޕޯޓުން ފާހަގަވެފައިވޭ!! ވަކި މީހަކަށް/ބަޔަކަށް ޓާގެޓް ކޮށްގެން ގާނޫނުތަކާ ގަވާޢިދުތައް ހެދުމަކީ ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ ކަމެއް!! އެގޮތަށް މައުމޫނުގެ ދައުރުގައި ނަޝީދުމެން ހެދި ގާނޫނު އަސާސީއެެއް މިހާރު މިއޮތީ!! ނަޝީދުމެން އޭރު ހީކުރީ 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމެއް ކުރި މީހަކު 2008 ގެ އިންތިޚާބުވެސް ކާމިޔާބުކުރާނެކަމަށް! އެހެންވެ ގާނޫނު ބައްޓަންކުރީ ވެރިކަމަށް މައުމޫނު ހޮވުނަސް ވެރިކަން ނުކުރެވޭ ވަރުގެ ދުއްޕާންބޮޑު ގާނޫނެއް ހަދަން!! އެންމެ ފަހުން ވީކިހިނެތް؟ އެގާނޫނު އަސާސީގެ ދަށުން ފުރަތަމަ ރައިސްކަން ކުރަންޖެހުނީ ނަޝީދަށް!! އަމިއްލަ އަތުން ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރުނީ!! ނަޝީދަށް ވެރިކަން ކުރަން ދަތިވީ ގާނޫނު އަސާސީ ނަޝީދުމެން އެކުލަވާލާފައި އޮތްގޮތުން!! އެހެންވީމަ އެއިސްވެސް ޢިބުރަތް ހާސިލުކުރަންޖެހޭ އެންމެން!! ހެޔޮ ނިޔަތުގައި ކަންކަން ރަގަނޅުކުރަން އަދި ރާއްޖެއަށް ހެޔޮއެދޭހޮތަށް ގާނޫނުތަކާ ގަވާޢިދުތައް ހަދަންޖެހެނީ އެސަބަބަށްޓަކައި!!

  61
  9
  • ފޭރޯ (ފިރުޢައުނު)

   ބޯގޯސް ވާހަކަ. މައުމޫނު އެއީ ކާކުކަން އަދި މައުމޫނަށް ވެރިކަމަށް ނާދެވޭ ގޮތަކަށް ޤާނޫނެއް ދުވަހަކުވެސް ނަހަދާ. ކޯނީ ރިޕޯޓު އަކީ މައުމޫނު ގެ ޑިފެންސް މިނިސްޓަރު ކަން ކޮށްފަހުރި އިސްމާޢީލް ޝަފީޢު ވެރިއަކަށް ހުރެގެން ލިޔުނު އެއްޗެއް. ބޭރުން ގެނައި ތަމަޅަ ލޯޔަރަކީ ކާކުކަށް ޝޯޝަލް މީޑިއާގައި ވަރަށް ސާފުކޮށް އެއޮތީ ފެންނަން.

   6
   46
  • ކާފަދ

   ކިޔަވައިގެން ތިބި ކުޅަދާނަ އެތައް ބަޔަކު އެބަތިބި ތިތާގަ. 7 ފެބްރުއަރީގަ ބަގާވާތްކޮށް އަމިއްލައަށް ކޮމިޝަނަރ ވި މައްސަލަ ބަލާނެތާދޯ

   3
   11
 5. ކިއާރާ

  ކަލޯ ފައިރޫޝް، އަންނިމެން ދެކެ ބިރުން ކަންޑާނުލަނިސް ރީތިގޮތުގައި ރިޓަޔަރް ވީދޯ. އެކަމަކު އެކުވެރިޔާ މިލްކު ކުރެބް ދެރަވާނެކަން ޔަގީނޭ މަމެން ބުނާކަށް ނެތީމޭ، އެހެނަސް އިތުރުގޮތެއް އޭނާއަށްވެސް ހަމަ ނެތީއޭ.

  17
  7
 6. ލޮލ

  ކިބުރުވެރި އަދި އޭނާ ދެކޭގޮތުގައި ބާރެއްނެތް މީހުންނާ ވަރަށް ހުތުރުކޮށް މުޢާމަލާތު ކުރާ ބޮޑާކަލޭގެ ތިތަނުން ދުރަށްދާން މަޖުބޫރުވީތީ ..... ޝުކުރުން ފުރިފައި

  14
  13
 7. ނެއް އިންސާފެއް

  މާ މޮޅުގޮތެއް ބަގާވާތްކޮއްފައި ކަނޑާލާނެތީ ރިޓަޔާ އެކުރީ އަދިވެސް ތި ހިނގަނީ ހަމަ ޖަރީމާ، ދައް ރޭންކް ފުލުހުންވީމާ 19 އަހަރު ހިދުމަތް ކުރިޔަސް ކަނޑާލަނީ މި މީހުންނަށް ފްލެޓްވެސް ދީފައި ދުނިޔެ އުމުރަށް މުސާރަ ލިބޭގޮތަށް ރިޓަޔާ މީވެސް ބަލަންޖެހޭ ކަމެއް!

  8
  8
 8. އޮލަނބު

  ޕީއެޗްޑީ ނެގީމަ ޖެހެނީ ރިޓަޔާވާން. މީއަޅެ އަރަތެއްތަ !؟ މީތޯ ތައުލީމް ތަހުޒީބަށް އިސްކަންދޭ ކަމަށް ދައުވާ އުފުލަމުން ޓްވީޓުން ފޭސްބުކުން ގައުމު ހިންގާ މީހުން ފަހިކޮށްދޭ ފަހި ފުރުސަތަކީ. ރާއްޖޭގެ ޕޮލިސްގައި އިންޓެލް ނޯންނަނީތަ ؟ އެދާއިރާއިން ޕީއެޗްޑީ ނަގާފައި މިޖެހެނީ އޮސްޓްރޭލިއާއަށް ހިދުމަތްދޭން.

  11
  2
  • ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

   ޕީ.އެޗް.ޑީ އަކީ އެއްވެސް އެއްޗެއް ނޫން. ޕީ.އެޗް.ޑީ އަކީ 3 އަހަރު ތެރޭގައި ލިޔާ 100 ގަނޑު ގެ މަޒުމޫނެއް. %99 މީހުން އޭތި ލިޔުއްވަނީ އެހެން މީހަކު ލައްވާ.

   12
   9
   • ހާހާ

    ދެން ކީއްވެ ތިހާ ފަސޭހަކަމެއް ދުނިޔޭގެ ގިނަ ބަޔަކު ނުކޮށް ނުހޯދާ އުޅެނީ..ޖޭ ވީ ދޯ..

    2
    1
    • އަޙްމަދު މުޙައްމަދު އދ ތޮއްޑޫ

     ދުނިޔޭގެގިނަބަޔަކަށް ޔުނިފޯމް އަޅައިގެންބަޤާވާތްކުރަން ކެރޭތަ؟ އެގޮތަށްދުނިޔޭގެ ގިނަބަޔަކަށް މީހަކަށްފައިސާދީގެންވައްކަން ކުރަން ނުކެރެނީ. ކުރަންބޭނުންނުވަނީ. ތިގޮތަށް ކާޅެއްހެން ކާކާ ގޮއްވުމުގެ ކުރިންޔުނިވަރސިޓީ ތަކަށްގޮސްޕީ.އެޗްޑީ އެއް ނަގަނީކިހިނެތްކުރާކަމެއްތޯ ހޯދާބަލާބަލަ. ބުނާނެ މަޒުމޫނުގެ ސުރުހީ ހިފައިގެން އަންނާށޭ. އެއީ 100 ގަޑުގެ މަޒުމޫނެކޭ.

   • ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    ޢިއްޒަތާއި ޤަދަރަކީ މާތް ﷲ ދެއްވަވާ އިމްތިޙާނެއް. ވީމާ އެއީ ޖެލަސް ވާންވީ އެއްޗެއް ނޫން. ކޮންމެ މީހަކު ވެސް އެ އިމްތިޙާނުން ފާސްވެވޭތޯ ބަލަންވީ. އެ ދުވަހަށް އެއްޗެއް ގެންދެވޭތޯ ބަލަންވީ. ޕީ.އެޗް.ޑީ އަކީ ކޯޗެއްކަން ކިޔުންތެރިންނަށް ބުނެލަދިނީ. ޝުކުރިއްޔާ.

 9. ޕޮލިސް މީހާ

  މީނަ ޕޮލިސް އިން ދިޔައިމާ ވީ އުފާ އަސްލު ފުލުހުންނަށް ވެސް ވަރަށް ބަލާ ދުއްތުރާ ކުރި މީހެއް ތީ ރަށްރަށުގަ އުޅުނު ފުލުހުން އާއިލާއާއި ދުރު ކުރި ނުބައި އިންސާނެއް ތިކަލޭގަ ބޭރުވުމުން ގިނަ ފުލުހުން ވީ އުފާ

  12
  13
  • އައްޑޫ މީހާ

   ތިޔަ ގޮވަނީ ކޮސް ފުލުހުންގެ ވަޒީފާގަ އުޅޭއިރު ޑިއުޓީ ޓާމަށް ދާން ޖެހޭނެ އޭނަ ހުއްޓަސް ނެތަސް އެކަން އެގޮތައް ހިނގާނެ ފަހަރެއްގައި ދެން ތިބޭފުޅާގެ ގާތް އެކވެރިއެއް ވެރިންގެ ތެރޭގައި ހުރީމަ ދާން ނުޖެހުނަސް ހަގީގަތާއި ކުރިމަތިލާން ޖެހޭނެ ފުލުހެއް ވެއްޖެއިޔާމު ކޮންމެ ތަނެއްގައި މަސައްކަތް ކުރަން ޖެހުނަސް ކުރެވޭ ވަރުގެ ކެޕޭސިޓީއެއް ހުންނަން ޖެހޭނެ އޭނަ އެހެދީ ވަރަށް ރަނގަޅަށް ސަބަބަކީ ސިޔާސީ ކުރަން އުޅޭ މުއައްސަސާ އަކުން އޭނަ ރިޓަޔާވުން ދެން އޮތީ އަންނި ފޭހި އިލޮށި އޭނަގެ ލޮލަށް ހެރިފައި މިހާރު އެހެރީ ދެން ކުޅޭނެ ކުޅިވެސް ތިބޭފުޅާއަށް އެގޭނެ ޒާތީ ވެގެން ކަންތައް ކުރީމަ އެކަހަލަ ކަންތަކަށް ސަޕޯޓް ކުރާމީހަކަށް ނުވުމަށް ނަސޭހަތްތެރިވަން މާދަމާ ތިބޭފުޅާއަށްވެސް ކަންތައް ދިމާވެދާނެ ގޮތެއް ެެެެ ނޭގޭނެ ތިބޭފުޅާއަށްވެސް އެގޭނެ ފުލުހުންގެ ގާނޫނެއް ވުޖޫދުގައި ނެތީކީނޫން ތަމްފީޛް ކުރަމުން އައި ގާނޫނެއް އޮއްވާ އެހެން ގާނޫނެއް ވުޖޫދުކޮށް އެގާނޫނުން މުޅި މުއައްސަސާ ސިޔާސީކޮށް އިހުނަށްވުރެ ބޮޑަށް ފުލުހުން އަޅުވެތި ކުރުމުގެ ގާނޫނެއް ހެދީ ކީއްކުރަން ކަން އެހެންވީމަ ދެން އަދި މާގިނަ ކަންތަކާއި ބޭއިންސާފުން ކުރިމަތިލާން ޖެހޭނެ ފުލުހުންގެ އަނބިދަރިންނާއި އެކު އެމިހެއްގެ ރަށުގައި ނުވަތަ ކައިރި ރަށެއްގައި މަސައްކަތް ކުރާނަމަ އެއިރެއްގެ އޮންނަ ސަރުކާރުގެ ބަތާގައި އުޅޭ ބަޔަކު ހިތްހަމަ ނުޖެހެންޏާ އެމީހުން ބުނާ ގޮތަކަށް އެފުލުހަކަށް ދުއްތުރާ ޖެއްސުމަކީ އަބަދުވެސް ހިނގާކަމެއް މިހާރުވެސް ހިނގަމުން އަންނަ ކަމެއް ކުރިޔަށް އޮތްތަނުގައިވެސް ހިނގާނެ

   3
   1
 10. ހަސަނު

  ފައިރޫޝް އަކީ ފުލުހުންގެ ތެރޭގައި ހުރި ވަރަށް ޢިލްމީ ޤާބިލް ބޭފުޅެއް. މިފަދަ ޢިލްމީ ހުނަރުވެރި ސިކުނޑިތައް ޤައުމު ދޫކޮށްފައި އެހެން ޤައުމުތަކަށް ޚިދުމަތް ކުރަންދާންޖެހޭ ހިސާބަށް މި ޤައުމުގެ ކަންތައް ދިޔާމަ އެނގެނީ ކިޔަވައިގެން ތިބި ޕްރޮފެޝަނަލް މީހުންނަށް ޤައުމުގައި ޖާގަ ނެތްކަން. ހަސަން ލަތީފުމެން ކަހަަލަ ސިޔާސީ ގޮތުން ހައްދު ފަހަނަޅާފައި ނަޝީދު ފަހަތައް ވަދެ ތިބޭމީހުންނަށް ނަޝީދުގެ ވިޔާނުދާ ކަން ނުފެންނާނެ.

  15
  2
  • ފަރްޔާލް

   ކޯޗެއްކިޔަވައިގެން ؟ ބަޤާވާތްކުރަން ވަރަށް ރަނގަޅަ އުނގެނިފައެބަހުރި. އޯލެވެލް ނަތީޖާ ދައްކަބަލަ. ނޯންނާނެ. އޭލެވެލް ނަތީޖާދައްކަބަލަ. ނޯންނާނެ. ހެއްރަބޭ އަށްވެސް ޕީއެޗްޑީ އެއް މީހަކަށް ލާރިދީގެން ލިޔެވިދާނެ. ގަނެވިދާނެ.

   • ބޯގޯސް

    ފައިރޫޝްއަކީ އޯލެވެލް އަދި އޭލެވެލްވެސް ރަނގަޅު ނަތީޖާއަކާއެމު ފާސްވެފައިވާ އިލްމީ ބޭފުޅެއް. ދޮގުނުހައްދަވާ. އަޅުގަނޑަކީ ފައިރޫޝްގެ ދަރިވަރެއް.

 11. ދޮންޖޭމު އުމަރު

  ވަރުގަދަ ފަހުލަވާނެއް ފައިރޫސް އެއީ. ވިސްނުންތެރި ހިކްމަތްތެރި ދިވެހި ދަރިއެއް. ތޫނު ކަނޑިއެއް. ދުވެލިބާރު އަހެއް. އަދި މިކަނޑި އުފުލޭނެ އޭގެ މުނާސަބު ވަގުތު އައިސް ޖެހުމުން. ފައިރޫސް އިސްތިއުފާގަވެސް ވާނެ ހިކުމަތްތަކެއް. އަދީބު ރާއްޖޭގެ ނައިބް ރައީސް ކަމަށް އިސްކުރަން އޮތް ދުވަހާއި ފައިރޫސް ރިޓަޔަރ ކުރި ދުވަސް މިއީ ހިތަށް އެންމެ ތުރާވި ދުވަސްތަކުގެ ތެރޭގައި ހިމެނޭނެ ދުވަސް ދުވަސް

  3
  1
 12. އައްޑޫ މީހާ

  ފައިރޫޝް ހެދީ ހަމަ ރަނގަޅަށް އަންނިމެން އަތައް ގޮވީ ހަަހަ ކޮބާ ހަކުޅި ކުޅެލާފަ އެއޮތީ ބޯގަމާރު ހަސަން ލަތީފް ރީތި ވެއްޖެނުން

  2
  1
 13. ހަސަންކޮ

  މަދުވެގެން މަހަކު 23000 ރުފިޔާ ލިބޭނެ.! އެއްފަހަރާ 2 މިލިއަން ރުފިޔާ. ކިހާ ފާއިދާ،،!!

  1
  2