ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހިންގާ މަޝްްރޫތަކުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އިއުލާނުކޮށްފިއެވެ.

ސްޓެލްކޯއިން ކުރި އިއުލާނެެއްގައި ވަނީ އެކުންފުނިން ރާއްޖެގެ އެެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫތަކުގައި މަސައްކަތްކުރުމަށް ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރަން ބޭނުންވާ ދިވެެހިނަށް އެެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މި ފުރުސަތު ދެެވޭނީ އުމުރުން 18 އަހަރާއި 48 އަހަރުގެ އަސާސީ ފެންވަރުގެ ތައުލީމް ހުރި ފަރާތްތަކަށް އެކަނި ކަމަށް އެ އިއުލާނުގައި ވެއެވެ.

އެކުންފުނިން ހިންގާ މަޝްރޫތަކުގައި މައިގަނޑު ގޮތެއްގައއި ކުރަން ޖެހޭ މަސައްކަތްތަކާއި، ކަރަންޓު ކޭބަލް ވަޅުލުން ފަދަ މަސައްކަތްތައް މި އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭނެ ކަމަށް ސްޓެލްކޯ އިން ވަނީ ހާމަކޮށްފައެެވެެ.

ސްޓެލްކޯގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ މި މަޝްރޫތައް ދިވެހިން ބައިވެެރިކޮށްގެން ކުރިއަށް ގެންދިއުމުގެ މައިގަނޑު ބޭނުުމަކީ ވަޒީފާ ގެއްލިފައިި ތިބި ދިވެހިންނަށް އެ ފުރުސަތު ފަހިކޮށްދިނުން ކަަމަށެެވެެ.

މިހާރު ފެެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މި މަޝްރޫތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު މި ދަނޑިވަޅުގައި ދިވެހިންނަށް ދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.