އިއްޔެ ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަތް މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއަރކޮށްފައިވަނީ އެންޒީ އިން ނޫން ކަމަށް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން މިހެން ވިދާޅުވީ މިޔަރު އުރަހަތަައް އަތުލައިގަތްކަން ހާމަކޮށް ކަސްޓަމްސް އިން ފުރަތަމަ އާއްމުކުރި ފޮޓޯތަކުގައި އެންޒީގެ ލޯގޯ ހުރިނަމަވެސް ފަހުން އެޓްވީޓް ޑިލީޓްކޮށް އާފޮޓޯތަކެއް އާއްމު ކުރުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެންޒީ އަކީ ރާއްޖޭގައި މިހާރު މަހުގެ ތަފާތު ބާވަތްތައް އުފައްދާ އެންމެ ފުޅާދާއިރާއެއްގައި ރާއްޖެ އިން ބޭރުކުރާ އެއްކުންފުންޏެވެ.

ކަސްޓަމްސް އިން ރޭ މެންދަމު ކުރި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން އެކްސްޕޯޓް ކުރަން އުޅެނިކޮށް އަތުލައިގަނެވުނު މިޔަރު އުރަހަތައް ބަންދުކޮށްފައި ހުރީ އެންޒީގެ ފޮށިގަނޑު ތަކެއްގައި ނަމަވެސް، މިޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއަރކޮށްފައި ވަނީ އެންޒީ އިން ނޫން ކަމަށެވެ. މިޔަރު އުރަހަ ޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއާ ކޮށްފައި ވަނީ ކޮން ކުންފުންޏަކުން ކަމެއް ކަސްޓަމްސް އިން އަދި ހާމައެއް ނުކުރެއެވެ.

ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް އިއްޔެ އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީގެ ކާރގޯ ސްކްރީނިންގ ޔުނިޓުންނެވެ.

އޭވިއޭޝަން ސެކިއުރިޓީން ވިދާޅުވީ އެ ތަކެތި ބޭރު ކުރަން އުޅުނީ ‏ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން ކަމަށެވެ. ބޭރު ކުރަން އުޅުނު މިޔަރު އުރަހަތައް މިހާރު ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށްވެސް އޭވިއޭޝަން ސެކިއުރިޓީން ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި މިޔަރު ހިފުމާއި، މިޔަރުގެ އެއްވެސް ބާވަތެއް އެކްސްޕޯޓް ކުރުމަކީ މަނާ ކަމެކެވެ. މިއީ ފަހަކަށް އައިސް މިޔަރު އުރަހަތަކެއް ރާއްޖެ އިން ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޖާނު

  ތިޔަ އުރަހަތައް ބޭރުކުރަން މަސައްކަތްކުރާނީ އެންޑީޕީ ބޭފުޅުން: އެހިސާބުން މައްސަލަވެސް ނިމުނީ
  އަޑިގައި ހުންނާނީ ޗޮނިބޭ

  21
  4
  • މަ އަޑުއެހިން

   ޔާމީންގެ އަތަކާ ފަޔަކާވެސް ތިކަމުގެ އޮތްކަމަށް

   7
   12
 2. ޅަބޭ

  އަދީބު، ކެނެރީ ނަޝީދު، ހިޓިލަރު، އަބޫ ޖަހުލު، މުގާބޭވެސް ބުނީ ހަމަ ތިހެން...

  10
  3
  • އަސްލު

   ޔާމީންވެސް ތިހެން ބުނި އަޑު މަ އެހިން

   5
   8
 3. ފައްލަންބޭ

  1 ތިތަނުގެ ހިއްސާދާރެއް ކަމަށްބުނާ ބުންޔާމީން އެޗްްޑީސީގެ ކުރީގެ ޑީއެމްޑީ، އެޗްޑީސީގެ ލާރިގަނޑު ދިރުވާލައިގެން ގޮސް މެެލޭޝިޔާގައި، އެމައްސައްލަ ބެލޭނެތޯ؟ މިކަން ހަމަ ތި ވަގުތު ނޫހުގައިވެސް ޖަހާފައިއޮތް! ކޮބައިތޯ އެކަން! ކީއްވެތޯ އެ ޚަބަރުގެ އަޕްޑޭޓްސް ރައްޔިތުންނާއި ހަމައަށް ނުގެނެސް ދެނީ؟

  4
  1
 4. ޖުއްލާބި

  ތެދެއް! އެންޒީން ގަވައިދާ ހިލާފު ކަމެއް ނުކުރާނެ. ޕަންޕު އިސްޓޭސަނާ އެވިޑުކޮލެޖާ ސްޓެލްކޫއާ ހިސާބުން އަމީނީމަގު ހަތަރު އަނގޮޅިޔަށް ދަތިވާގޮތަށް ލޯރިޔަށް މުދާ ލޯޑިން ޒޯނަކަށް އެތަންވެސް ބަދަލެއް ނުކުރޭ! މުޅި މާލޭގައި ގަވައިދާ ހިލާފަށް ޕާކެއްވެސް ނުކުރޭ! ރިހާކުރޭ ފަންގަހޭ ފުށޭ ނުކިޔާ، އެންޒީ! މިފަހަރު ތި ވީ ވާންވީ އެތި.

  8
  1
 5. 🤔

  އެ ކޯޗެއް؟

 6. އޯކޭ

  ހެއްދެވިފަރާތް، الله تعالى ޙަލާލު ކުރެއްވި އެއްޗެއް އެއްވެސް މީހަކަށް މަނާއެއް ނުކުރެވޭނެ!

 7. ަްއަހުމަދު

  ކުންފުނީގެ ނަމެއް ނުބުނެވޭނެ