މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް ފްލެޓާއި ހެލްތު އިންޝްއަރެންސް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވައުދުވެއްޖެއެވެ.

ރައީސް ސޯލިހް މިވައުދުވީ ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކެއްވެސް މި ހިންގަނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އޭގެ ތެރެއިން އެންމެ އިސްކަންދޭ އެއް ޚިދުމަތަކީ ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މިހާރު އިމާރާތް ކުރަމުން ގެންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނަން ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަ ކުރާނީ ކިހައި އަދަދެއްގެ ފްލެޓް ކަމެއް އެމަނިކުފާނު މިރޭ ވިދާޅެއް ނުވެއެވެ.

ރައީސް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންނަށްވެސް ހެލްތު އިންޝުއަރެންސް ދެވޭނެ އިންތިޒާމެއް ޤާއިމްކުރުމަކީ މުހިއްމު ކަމެއް ކަމުގައި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. މިއީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކަސްޓަމްސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް ހިމެނިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެކަން ކުރެވޭނެ މަގެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދައިދޭނަން." ރައީސް ވިދާޅުވިއެވެ.

އަދި ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަޤީންކަންވެސް އަރުވާ ކަމަށް ރައީސް ވިދާޅުވިއެވެ. "ސަރުކާރުގެ އަމާޒަކީ، ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޓެރަރިޒަމާއި، މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަސްޓަމްސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ބަލާއިރު، މިއީ ފުރިހަމަ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނޫނީ ނަތީޖާ ނުނެރެވޭނެ މުއައްސަސާއެއް ކަމަށެވެ. ޒިންމާ އަދާކުރުމުގައި އެންމެ މުވައްޒަފަކުވެސް އިހުމާލުވެއްޖެނަމަ، މުޅި މުއައްސަސާގެ ޚިދުމަތް ބޮއްސުންލައިގެން ހިނގައިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ކަސްޓަމުން ނެރުނު ނަތީޖާއަށް ބަލާއިރު، ޒިންމާ އަދާކުރުމުގައިވެސް އަދި އިދާރީ ހިންގުންތެރިކަމުގައިވެސް، މި ދެންނެވި ބަދަހި ގުޅުން ކަސްޓަމްސްގެ ތެރޭގައި އޮތް ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ. އެއް ޢަޒުމެއްގައި އެއް ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތްތަކުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ކަސްޓަމްސްގެ މަޤްބޫލުކަން ވަނީ އިތުރުވެފައި." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޔާމީން

    "އިން ވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޮތީގެ ފަތް ދިނުމަށް ފަހު" އިނގިދާނެތާ ހުރި ފެންވަރެއް

    10
    1
  2. ފަލަކް

    ވަކި މުއައްސަސާއެއްގަ ޚިދުމަތްކުރާތީ ފްލެޓް ޚާއްސަކުރުމަކީ އެހެން ރައްޔިތުންނަށް ވެވޭ ވަރަށްބޮޑު ބޭއިންސާފެއް،
    މިހާރު ތިވީގޮތުން އަޅުގަނދުގެ ޙާލަތަށް ބަލާއިރު ފްލެޓް ޙައްޤުވިޔަސް،، ކަސްޓަމް މުވައްޒަފުންނަށް ފްލެޓްދީފަ ބާކީ ފްލެޓް ނެތީޔާ ، ނިކަމެތި ފްލެޓްގެ އަސްލު ޙައްޤުވރިޔަކަށް ނުލިބޭނެ، މިފަހަރު އޮތް އުންމީދުކޮޅުވެސް ، ރައީސްމީހާ ތި ގެއްލުވާލީ، ނާންނާތި ވޯޓްހޯދަން،

    12
    • ޙާޖީ

      ޙުރިހާ މީހުން ހާސް ނުވޭ ކަސްޓަމަޢް މާގިނަ ފުލެޓެޢް ނުދޭނެ ދެތިން ވެރިންނަޢް ލިބުނީމަ ޢެކަން ނިމިދާަނެ ނިކަމެތި ޢޮފްސަރު ހުޢްނާނި މަސަޢްކަތްކުރާން

  3. 999

    ކަލޭ ގޯތިދޭނީ ކަލޭގެ ހުވަފެނުން

    10
  4. 666

    ވައުދުގެ ހިޔާލީ ލިސްޓަށް ވައުދެއް އިތުރުކޮށްލީ ދޯ

    10
  5. މާލޭ މީހާ

    މާލެއިން ދީގެން ނުވާނެ. ހިންނަވަރުންދީ. އަހަރުމެންގެ ހައްގެއް ދީފިއްޔާ ދެން އިތުރަށް، ހަރާމް ވާނެ ދޭނެ ވޯޓެއް.

    12
  6. ޢަލީ

    ތިހުރިހާ މޮޅެއް ފުލުހުންނަށް، ސިފައިންނަށް، ކަސްޓަމަށް ލިބޭއިރު، އެއްވެސް ކޮޅަކުން ކޮޅެއްގާ ލައްވާ ނުލާ ރެއާއި ދުވާލު ޑިއުޓީ އަދާކުރާ ބަޔަކީ އިމިގްރޭޝަން. އެތާހުރި ބޮޑުމީހާ ބޮޑުޔުނީފޯމެއް ލާފައި، ސީނިއާ އޮފިސަރުން އެކަހެރިކޮށް ޖޫނިއަރުން ކައިރިކޮށްގެން ހުންނަނީ ވަރަށް ވެފަ. މުވައްޒަފުންނަށް އެއްވެސް ކަމެއްކޮށްނުދޭތަނެއް އެނޫނީ ނެތް.

    7
    1
  7. ާަަަްައަލީ

    ކޮބާހޭ ހަނަފީ؟؟

  8. ސޫއޫދު

    އެޖަލްސާ ބެލިއިރު ފެނުނީ ފުލެޓްގެ ވައުދުވީމަ ޖޯކަކައްވެ އަތްޖާހާތަން ތިބިމީހުން އެއީއެތަނައް ނޭގިރާއްޖެއައް އެތެރެނުކުރެވޭނެ ފުލެޓްއަޅަން ތަކެތިވެސް ވީމަކިހާ ހިނިއައްނާނެ އަދިބަނދަރު އެއަރްޕޯޓް ވާހަކަދެއްކިއިރު ތުރުތުރުއަޅާ އެއްމެފަހުން ރާގުބަދަލުވެ ސަރުކާރުތަކައް ބަދަލުވީ މީނަރަނގަޅު ކުޑަގިރި ކަތީބަކައް2023

  9. ފަލަސްތީން

    ރައިސް ޔާމިން ގެ ދައުރުގަ އަޅަން އުޅުނު ފުލެޓްތައް. ކޮބާހޭ ކަސްޓަމްގެ ފްލެޓުތައް

  10. ކަލޯ

    ކޮންއިރަކުބާ ޑޮކްޓަރުންނާ ނަރުހުންނަށް ތިކަހަލަ އިންތިޒާމެއް ހަމަޖެހޭނީ؟؟؟

    7
    1
  11. ހުސެނއ

    ޢޭރުންތާދޯ.
    ..

  12. Anonymous

    ފްލެޓް ދޭން ބުނަނީ ކަލޭ ކިތއް ފްލެޓް އަޅައިފިން

  13. ބުރާންތި

    ކޮރޮޅި ރައީސް ފުލެޓެއްދެވޭނީ ފުލެޓެއްގެ ބިންގާގަޑުވެސް އަޅާގެންނުނު މާލޭމީހުނަށް ގޯތި ދޭންތިކިޔަނި ޔާމިނުގެ ދުރުވިސްނުމުގަ ހިއްކާފަ އޮތް ބިމަކުން ލަދެއްވެސް ނުގަންނާނެ 5އަހަރު ނިމެނީ ގައުމު ދަވާލުންނޫންކަމެއް ނުކުރެވޭ ނިކަމެތި ރައްޔިތކަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދޭން ކުރެވުނު އެއްކަމެއްވެސް ބުނެބަލަ ސަރުކާރުން ބިންގާއެޅި މިސްކިތެއް ބުނެބަލަ އިންޑާއިން ބޮޑު އިންޓްރަސްޓުގަ ލޯނުނަގާގެން ގައުމު ހިންގަނީ މ ފިނޭސްގަ އުޅެމީހެއް މީހަގިގަތަކީ

  14. ދަރަނި ދަންތުރަ

    ކޮބައިތޯ އަލަށް އުފަންވާ ކުއްޖާޔަށް ދޭންބުނި ހަދިޔާފޮށި ، މިއީ އަނެއްކާ ގަރަހިތަ އެއްބާ ؟

    10
  15. Anonymous

    ރައީސް ސާލިހަށް، ރާއްޖޭގައި އުފެދުނު ލާމަސީލު ޅެންވެރިޔާ އަލްމަރްހޫމް ޔޫސުފް މުޙަންމަދު ފުޅު (އެދުރުބޭ) ގެ ޅެމެއްގެ ދެ ބައިތަކުން އަހުރެން ރައްދުދީ ނަސޭހަތްތެރިވަމެވެ.

    ގުނޭނެ ގޮތެއް ނެތޭ ދުނިޔޭން ލަފާ މީހުންގެ ގިންތީގައި
    ބުނާ ބުނުމާ ޢަމަލު ސީދާ ނުވުންތައް ވެއްޖެނަމަ ތަކުރާރު.
    ނުފުއްދޭ ގޮތްމަތީ ވަޢުދެއް ކުރާ ކުޑަ އެންމެ ހިނދުކޮޅަކުން
    ދެފުށް ހަދިޔާވި ނަމަވެސް ނެތިދެޔޭ އެކުވެރިކަމުން ކެނޑިބާރު.

  16. ކަލު

    އާސަންދަ އޮއްވާ ދެން އިތުރު އިންސިއުރެންސް ދިނުމަކީ ކަރަޕްޝަން ހިންގުން .

    • ކަޅު1

      އާސަންދަ އޮއްވާ، މަޖްލިސް މެންބަރުންނާއި، ސިފައިންނާއި އަދި ފުލުހުންނަށް ވެސް އިންސުއަރެންސް ދީފަ އެއޮތީ.

  17. ޑައެލޯގް

    2023 އަށް އަނެއްކާ އިތުރުވައުދުވަނީއެވެ. މިހާރުވެފައިވާ ވައުދުތައްވެސް ނުފުއްދެއެވެ. ލޯނުނުނަގަންވައުދުވިއެވެ. ދެންތިވައުދު ފުއްދޭނީ ކިހިނެއްހެއްޔެވެ. ތިކަންކުރަންޖެހޭނީ ލޯނުނަގައިގެން ނުވަތަ ރުފިޔާ ޗާޕްކޮށްގެނެވެ. އޭރަށް ލޯނުނުނަގަންބުނިވައުދު ފުޑޭނެއެވެ. ރިސޯޓްކުލިބޮޑުކުރެވޭކަށްނެތެވެ. ގާސިމްރުޅިއައިސްދާނެތީއެވެ. ދެންއޮތްގޮތަކީ ޖީއެސްޓީ ބޮޑުކޮށް ނުވަތަ ޖޫރިމަނާއިން ރައްޔިތުންފެލައިގެން ނެގުމެވެ. އޭރަށްވެސް އިބޫބުނިވާހަކައަކާ ދިމަލެއްނުވެއެވެ.

  18. ޖަމާލު

    އަނެއްކާ އަނެއް ވާހަަކަ. އެހެންވެއްޖިއްޔާ އެސްޓީއޯ މުުވައްޒަފުންނާއި ޔުނިވަރސިޓީ ތަކުގެ މުވައްޒަފުންނަށްވެސް ތިޔަ ހައްގު އޮންނަންވާނެ.

  19. ކަކުނިބޯ

    ކަސްޓަމް މީހުން އަވަހަށް ވޯޓްގަންނަން ތައްޔާރުވޭ🦀🦀🦀

    10
    1
  20. އަލިބެ.

    ރާއްޖެތެރޭގެ ކައުންސިލަކުން އެތަނުގެ މަސައްކަތްކުރާ މުވައްޒަފެއްގެ ޢާއިލީ ކޮޅުން މީހެއްގެ ފިހާރައަކުން ގަލަމެއް ހަމައަގުގައި ގަތުންވެސް އެއީ ކޮރަޕްޝަން. އޮފީސް ބަޖެޓުން ކޮފީ ދަޅެއް ގަތަސް އޮޑިޓް އޮފީހުން ސުވާލުކޮށް ވެރިންނަށް ފިޔަވަޅު އަޅަން ފޮނުވާނެ. އެކަމަކު މާލޭގެ ޢިއްޒަތްތެރި ބޮޑެތި ކުންފުނިތަކުގެ ބަޖެޓުން ފްލެޓްތައްއަޅާ މުވައްޒަފުންނަށް ބަހަނީ. މިވެސް އިންސާފް އަދި މާލީ ޤަވާޢިދުގެ ދަށުން ހިގާ ތަންތަން.

  21. މުނާޒް

    މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް 50 އަހަރު ވީއިރު އެތާގެ މުވައްޒަފުންނާ އޮފިސަރުންނަށް ވީ ކަމެއް ނެތް.. ލިބުނު އެއްޗެއް ނެތް.. އިންތިހާބު ކައިރިވަނީ…

  22. ޙުސޭނު

    ޜެއާދުވާލު ރިޒޯޓްތަކުގައި މައްސަކަކުރާ ސަރުކާރަ އެންމެގިނަ ފައިސާ ހޯދަދޭ ރިސޯަޓްމުއައްޒަފުންނަ ފުލެޓެއް އެއްކައްޗެއްވެސް ނެތް މިކަމާވާހަކަ ދައްކާ ބަޔަކުވެސްނެތް

  23. Anonymous

    "ވަޢްދާހުވާ ކުރާނެޔޭ
    އެހަނދާން ނެތޭނެޔޭ
    ނޫނީ އެހެން ގޮތެއްގައި މަޖްބޫރުވާނެޔޭ"
    މީ. ވަރަށް މަޝްހޫރުވި ރީތިލަވައެއް

  24. ރައްޔިތު މީހާ

    މިއީ ފައުޅުވެގެންވާ ބޮޑު ކޮރަޕްޝަން.. ދައުލަތުގެ ފައިސާއިން ފުލެޓްއަޅާ ވަކި ބަޔަކަށް ވޯޓާކައިރިވީމާ ފުލެޓްދެނީ.. އެޗްޑީސީ މުވައްޒަފުންނަށް 3 ކޮޓަރީގެ ތަންތަން ދޭން ވަނީ ނިންމާފަ އެވަރިހަމަ ގޯއްޗެއް އޮތަސް އަދި ސަރުކާރު ފުލެޓް ލިބިފައި ހުއްޓަސް.. ދެން މިއައީ ކަސްޓަމް.. ދެން އަންނާ ނަރުހުން ދެން ޓީޗަރުން އޭރުން ސަރުކާރު ވަޒީ އަދާކުރާ 25 ހާސް މީހުން ހަމަވާނެ ދެން އެމީހުން 2 ގުނަ ކުރީމާ 500000 ވޯޓްވާނެ

  25. ސެން

    ސިފައިން ،ކަސްޓަމްސް ،ޕޮލިސް މި މުއަށްސަސާތަކަށް ލިބޭ އިނާޔަތްތަށް އިތުރުވާނެ ހުރިހާ ގައުމުތަކެއްގައިވެސް. އެހެންވީމަ މިއިން މުއަށްސަސާތަކަށް ފްލެޓް ދޭތީ މޭކަރާކަށް ނުޖެހޭ. މީކީ އާންމު ރައްޔިތުންނަށް ދޭ ސޯސަލް ހައުސިންނާއި ބެހޭ ކަމެއްނޫން.

  26. މުހައްމަދު

    ކެންޕެއިން ލައިގަނެފަމިއޮތީ އެޅިތަނެއް ކުރިކަމެއް ހަރާން ދެން ދެވޭނެ ފުލެޓެއް ކުންތާކުންތޯ ހޯދާނީ ބަޔަކު ކޮއްފަހުރި މަސައްކަތަކުން ފޮނިކޫބޯލެވިދާނެ ދެއްތޯ

  27. ނަައީމް

    އަސްތގުފިރުﷲ ހަދާހާދޮގު ކޮންމެ ރަސްމިއްޔާތެއްގަ ހާއްސަކޮއް އަހަރީދުވަސްފާހަގަކުރަން މިކަލޭގެ ގެންދާ ކޮންމެ ޖަލްސާއެއްގަ ހަމަ އެބުނާ ސަރުކާރުން އެއަޅާ ފުލެޓްތައްދޭން އެބަބުނޭ މިހާރު ކިތައް އޮފީހައްކަމެއްނޭގޭ ތިޔާބުނާ ފުލެޓްތައް ދޭން ވައުދުވީ 5 އަހަރުނިމެނީ އަދިވެސް ދެވޭގޮތެއްނުވޭ މިހާރު ތައްޔާރުވަނީ އިމާރާތެއް ކުރެވިފަނެތަސް ކުރެހުމެއދޭން ފަތްކޮޅެއްގެސިފައިގާ

  28. އަތޮޅޭ

    ދިވެހި ދަޢުލަތަށް ކޮންމެ މުޢައްސަސާއަކުން ޚިދުމަތް ކުރިކަމުގައި ވިޔަސް ދަޢުލަތުގެ ފައިސާއިން ޚަރަދުކުރާކަމުގައި ވާނަމަ ހަމަހަމަ ވާންޖެހޭނެ، މިސާލަކަށް ޓީޗަރުންނާއި ނަރުހުންގެ މުސާރަ ބޮޑުކުރިއިރު ކޮބައިތަ ބާކީތިބި މުޢައްސަސާތަކުގެ މުވައްޒަފުން، ޓީޗަރުންނާއި ނަރުހުންނަށް ވިހިހާހުން މަތީ މުސާރަ ލިބޭއިރު ދިހަހާސް ނުޖެހޭ މުވައްޒަދފުން އެބަތިއްބޭ، ވަކިބަޔަކަށް މުސާރަ ބޮޑުކުރުން އެއީ އިންސާފެއްނޫން ކުރަންޏާ އެންމެންނައްވެސް ކުރަންވާނެ ޕްލެޓް ދޭނަމަވެސް އެންމެންނަށް ހަމަހަމަވާންޖެހޭނެ، އަޅުގަނޑުމެންނަކީވެސް ދިވެހިރައްޔިތުން ދައުލަތުގެ މުވައްޒަފުން، އެންމެ ފުލެޓް ގަނޑެއް ނުލިބޭ އުއްސަސާތައްވެސް އެބަހުރި، ކޮންމެ މުޢައްސަސާއެއްގެ ވެސް ވެރިންނަށް ފުލެޓާއި މުސާރަ ބޮޑުކުރިއަކަސް ނުވާނެ އިންސާފު ވެރިވާންވާނެ

  29. ވަގު

    ތިޔަ ކަސްޓަމްސްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އަދިވެސް ފްލެޓާއި އެހެންވެސް ދެވެންހުރި ހުރިހާ އެއްޗެއް ދީފަ ބަހައްޓާ ތިތަނަކީ ހުސް ވަގުން އުޅޭ ތަނެއް ރާއްޖެއިން ބޭރުން އެތެރެ ކުރާ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހިލާފު ހުރިހާ އެއްޗެއް ސީދާ ރާއްޖެ އެތެރެ ކުރަނީ ތިތަނުގައި ތިބޭ ބޮޑެތި ވަގުން މިއީ ހަގީގަތް އެނގޭތީ ދައްކާ ވާހަކަ އެމީހުންނަށް ފައިސާ ނުލިބޭނަމަ ހެޔޮ ކިތަންމެ ގަވައިދާއި އެއްގޮތައް އެތެރެކުރާ އެއްޗެއް ކަމުގައި ވިޔަސް އެއެއްޗެއްގައި ވަކި އަޅުވައިގެން ނުނެއްޓިގެން ތެޅޭނެ ވަގު ކަސްޓަމް