ޝަރުޢީ ޙުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބްރޯޑްކާސްޓަރުންނަށް އަންގައި ނެރުނު ސަކިއުލަރ ބާތިލް ކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ރާއްޖެ ޓީވީން ބުނެފިއެވެ.

ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބްރޯޑްކޮމްގެ ސާކިއުލާއަކީ ގާނޫނީ އެއްވެސް ބިންގަލެއް ނެތި، ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރު ނާޖާއިޒު ގޮތުގައި ހިފައި، ބްރޯޑްކާސްޓަރުންނަށް ބިރު ދައްކާ، މީޑިއާގެ މިނިވަން ކަމަށާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގައް އަރައިގަތުމަށާއި ސިޔާސީ ބޭނުމަކަށް ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި ނެރެފައިވާ ސަރކިއުލަރއެއް ކަމަށްވެސް ދެކޭ ކަމަށެވެ.

ރާއްޖެ ޓީވީން ބުނީ ބްރޯޑްކާސްޓިން ކޮމިޝަނުން ވަރަށް ކުއްލި ގޮތަކަށް ނެރުނު ސާކިއުލާގައި ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ގާނޫނުގެ 62 ވަނަ މާއްދާ ހަވާލާދީފައި އޮތަސް، ސަކިއުލަރ އެ މާއްދާގެ ތަފްސީލުގެ ގޮތުގައި ލިޔެފައިވަނީ ގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ވާހަކަ އެވެ.

ރާއްޖެ ޓީވީން ބުނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސާކިއުލާގައި ދެ މާއްދާގެ ތަރުތީބު ނަންބަރު އޮޅުވާލާފައިވާއިރު، އަމަލުކުރަންވީ ކޮން މާއްދާއަކަށް ނޭނގޭ މިންވަރަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ޒިންމާ ދޯދިޔާވެގެން ގޮސްފައިވާކަން ފާހަގަ ވުމަކީ ލަދުވެތި ކަމެއްކަމަށެވެ.

ގާނޫނާއި ގަވާއިދުން ވެސް ފެންނަ އޮތް ގޮތުގައި، ގައިދީއެއްގެ އިންޓަވިއު އެއް ނުވަތަ ބަޔާނެއް ގެނެސްދީގެން ބްރޯޑްކާސްޓަރަކު ޒިންމާ އުފުލާކަށް ނުޖެހޭނެ ކަމަށާއި އެފަދަ ކަމެއް ބްރޯޑްކާސްޓިން ކޮމިޝަނުން ސަމާލުކަމަށް ވެސް ގެނެސްފައެއް ނެތްކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފައެވެ.

އަދި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި އަބުރާ ބެހުމުގެ ގާނޫނުގައި ވެސް އެފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓަރަކަށް ބްރޯޑްކާސްޓް ކުރުން މަނާ ކޮށްފައެއް ވެސް ނެތް ކަމަށާއި މިކަންކަން މިހާ ސަރީހަކޮށް އެނގެން އޮއްވައި، ކޮމިޝަންގެ ދެ މެމްބަރަކު އިސްވެ ތިއްބަވައިގެން، އަދި ބައެއް މެމްބަރުން މާލޭގައި ވެސް ނެތި މިފަދަ ނުރައްކާތެރި އިންޒާރުގެ ސާކިއުލާއެއް ނެރުމަކީ، މިހާރު ވެސް އެ ކޮމިޝަނުން ހަނިކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އިތުރަށް ހަނިވެގެން ދިޔަ ކަމެއްކަމަށް ރާއްޖެޓީވީގެ ބަޔާނުގައިވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސައިނީ

    ސަޅި ކޯޓުގަ ބާއްވާ 5 އަހަރު

  2. ޢިއުލާން

    ޢަދިވެސް ތިކިޔަނީ ގައިދީން ނޭ.

  3. ދީދީ

    "ފޫނެތްފަޔަށް ފެންފުރުން" (މިސާލުބަހެއް) ފައިދާއެއްނެތް މަސައްކަތް ކުރުން.

  4. މުނާޒް

    ދޭބަަލަ ކޯޓަށް. އެނގިދާނެތާ ވާގޮތް

  5. ސުނީ

    މި ރޓވ މުޅިގައުމު ފަސާދަކޮށްފިއޭ....

  6. ޙަފްޞާ / މާލެ

    ދުނިޔޭގެ އެއްވެސް ޤަވްމެއްގަ އޮންނަ ފުރުޞަތެއްނޫން !

  7. ނަކަަސް

    ބަލަ ކޮންއިރެއްގަތޯ ކުއްވެރިންނަން އިންޓަވިއުދީ ހެދެނީ ދުނިޔޭގެ ކޮންގައުމަކުންތޯ ކުއްވެރިން މިކިޔަނީ ކުއްވެރިވީމާ ވިތަމެ މޮޅަސް ދެރަޔަސް މި ރާޖެޓީވީ ކަހަލަތަނެއްދޮރެއްނޭގޭބައެއްދޯމިނޫސްވެރިކަންއަލީ ދެން ރީދޫ ޑިމަކްރަސީ ނުވަސްދަނަބައިގަޑެއް ބަލަރައީސްޔާމިނަކީ ބެސްޓް

  8. އަލުންބަލުން

    ގައިދީންގެ ހަބަރު ގެނެސްދެވެން ވާނެ

    ކުރިންވެސް ގައިދީން ނުވަތަ ކުއްވެރިންގެ ޙަބަރު ގެނެސްދެނީ އެފަރާތަކީ ކާކުކަންނޭގޭގޮތަށް ބުލާ ކޮއްގެން އެހެންވީމާ މިހާރުވެސް އެކަން އެކަން ކުރެވެން ވާނެ ނަމަވެސް

    ރާއްޖެޓީވީން ބޭނުންވަނީ ކުއްވެރިވެގެން ގޮސް ސަލާމަތް ނުވާނެ ކަން އެގޭމީހާވެސް އެއި އެއްވެސް ކަމެއް ނޫންކަން މުޖުތަމައަށް ދައްކަން

    އެހެންވީމާ މީހަކަު މަރާފަ ހުރިމީހަކުވެސް އޭނަގެ ޖަލު ޔުނީފޯރމުގައި ބުރޭކިން ހަބަރު ގެނެސްދެވެންވާނެ ..

  9. ހުސޭނުބެ

    ވަރަށް ސާފު ގައިދީންގެ އިންޓަވިއުތައް ލައިވު ނުކުރެވޭނެ!! އަދި ވަކިން ޚާއްސަކޮށް ޙުކުމަށް ފިލައިގެންގޮސް ރާއްޖެއިން ބޭރުގައި ތިބި ސިޔާސީ ފަރާތްތަކުގެ!! އެމީހުންގެ ސިޔާސީ މަގުސަދު ޙާސިލްކުރުމަށްޓަކައި ގާނޫނީ އިމުން "ބޭރުން" މީޑިޔާތަކުން އެމީހުން ލައްވާ ލައިވުކޮށް ކުޅުވާ "ޑްރާމާތައް" ރައްޔިތުންނާ ހަމަޔަށް ގެނަސްދެވިގެން ނުވާނެ!! މިކަމުގައި އެންމެ ކުރީގައި އުޅެނީ ރާއްޖެ ޓީވީ މިކިޔާ ތަނުންކަން އަޅުގަނޑު ފާހަގަކުރަން!! މިއީ އަޅުގަނޑުގެ ޚިޔާލު!!

  10. ޑިމޮކްރަޓިސްޓް

    ގައިދީންނަކީ ކުއްވެރިން، އެމީހެއްގެ ކުށުގެ ބާވަތުން ޖަލުގަ ތިބޭބައެއް!!! ކުއްވެރިންނަކީ އމީހުންގެ އާންމު ބައެއް ހައްގުތައް ހަނިކުރެވިފަ ތިބޭ ބައެއް!!! ޖަލުގެ ބޭނުމަކީ އެއީ!!! މިބުނާމީހުނަށް ނޫސްތަކަށް އިންޓަވިއުދީ، އެމީހުންގެ ވާހަކަތައް އާންމުކުރެވޭ ބަޔަކަށް ވެގެންނުވާނެ!!! އެމްޑީޕީގަތިބީ ބީތާވެފަ ތިބޭމީހުންތަ؟؟؟ ކޮބާތަ ތިތާއުޅޭ ފުންނާބު އުސް ލޯޔަރުންނާ އުސްތާޒުން؟؟؟ ސިކުނޑި ހަމަޖެހޭތަ؟؟؟

    • އޮޅުންއަރާމީހާ

      ލޯަޔަތުން އަދި މަރެއްނުވޭ! އުސްތާޒު މަރުވެއްޖެ!

  11. ނަގިލި

    ކޯޓައް ދިޔާމަ ތިކަން ވޭތަ ކޮންމެވެސް އެހެން ތާކަށް ދިޔަނަމަ އީޔޫ ނުވަތަ ޔޫއެން ހިޔާލު ކުރިނަމަ ތިކަން ވީސް ރާއްޖޭގެ ވިއްޔާ ރާއްޖެ ޓީވީ ބައްދުކުރާނީ އެންމެ އިންޓަރވިއުއެއް ދެން ދައްކާލިޔަސް ލާހިކެއްނޫން ބޯހިއްލާލާކަށްވެސް

  12. ބުއްޓޫ

    ބަންދު ކޮއްލާ ޓޫ ޑޭސް އަށް.

  13. ވަތަން

    މި ގައުމުގައި ކޯޓު ދޯ