(ލ.ފޮނަދޫ) ގއ. ދެއްވަދޫން ފޮނަދުއަށް އައި ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެ މުޅި ފޮނަދުއަށް ބިރުވެރިކަން ގެނުވައި، މުޅި ރަށް ހަމަހިމޭން ވެއްޖެއެވެ.

ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން އިއްޔެ ފޮނަދޫއިން ޓެސްޓްކޮށް، ބައްޔަށް ފައްސިވި މީހުން ދެއްވަދޫން ފޮނަދުއަށް އައިސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ލ.ފޮނަދޫގެ މަގުތައް ފަޅުވެފައި -- ވަގުތު އިމޭޖްސް: އަހްމަދު އަނަސް

ކުއްލި ހަތަރު ފައްސިއާކު ފޮނަދޫއަށް ބިރުވެރިކަން ވެރިވެ، މުޅި ރަށް މިވަނީ ހަމަހިމޭން ވެފައެވެ. ފޮނަދޫގެ މަގުތައް މިވަނީ ފަޅުވެފައެވެ. ފިނި މައިޒާންތަކާއި، ލިންކް ރޯޑުވެސް ވަނީ މުޅިން ހަމަހިމޭން ވެފައެވެ.

ލ.ފޮނަދޫގެ މަގުތައް ފަޅުވެފައި -- ވަގުތު އިމޭޖްސް: އަހްމަދު އަނަސް

ފޮނަދޫން ފައްސިވެފައިވަނީ އަންހެނަކާއި، އޭނާގެ ތިން ދަރިންނެވެ. އެ އަންހެންމީހާ އަކީ ފޮނަދުއަށް ނިސްބަތްވާ މީހެކެވެ. "ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފައްސިވި މީހާއާއި ގިނަ ބަޔަކު ބައްދަލު (ކޮންޓެކްޓް) ވެފައިވެއެވެ. އެގޮތުން ފޮނަދޫގައި ކުރިޔަށް ދިޔަ ޖަނާޒާއެއްގައިވެސް އޭނާ ބައިވެރިވެފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިހާތަނަށް މިއަދު އެކަނިވެސް 50 އެއްހާ ސާމްޕަލް މި ވޭދަނަ އާއި ގުޅިގެން ނަގާފައިވާ ކަމަށް ފޮނަދޫ ޞިއްޙީ މަރުކަޒުން ވަނީ ބުނެފައެވެ. މި ވޭދަނައާއި ގުޅިގެން މިހާތަނަށް ފޮނަދޫއިން 21 ގެއެއް ވަނީ ކަރަންޓީނުކޮށްފައެވެ.

ލ.ފޮނަދޫގެ މަގުތައް ފަޅުވެފައި -- ވަގުތު އިމޭޖްސް: އަހްމަދު އަނަސް

ކަރަންޓީނުގައި ނެތް ހަތަރު މީހަކު ފޮނަދޫއިން ފައްސިވުމާއެކު، ގުޅިގައިވާ ގަން - ފޮނަދޫ މިހާރު ވަނީ އަރާފޭބުން މަނާކޮށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އަދި ފޮނަދޫން ގަމަށް، އަދި ގަމުން ފޮނަދުއަށްވެސް ނުދެވޭގޮތަށް މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ނިކުމެ ނޫޅުމަށް އެދި، މާސްކު އެޅުން މިހާރު ވަނީ މަޖުރޫރު ކޮށްފައެވެ. މީގެ އިތުރުން މިއަދު ގުޅިފައިވާ ގަން - ފޮނަދޫ ސަރަހައްދުގެ އެއްވެސް ސްކޫލެއްގެ ކިޔެވުން ފަށާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބީރުމީހާ

  ތީވާނެގޮތް މަކަރާއި އޮޅުންތަކުގެ ސަބަބުން ތިޔާހެންވަނީ ސަރުކާރު އޮފީސްތަކުގައި ޕޮސިޓިވް ވިޔަސް އޯކޭ ނުކުންނަންޖެހޭ މަކަރު ސިއްރުކުރަނީ

 2. ލލ

  ޢަބުދުއްރަހީމްގެ މައްޗަށް ދައުވާ ކުރަން ވެގެން ފެނިގެން އުޅޭއެއްޗެއް ނުންތޯ ފޮނަދޫ ގަން ބަންދުކުރަން ބަހަނާ ދައްކަން ސްޓަންކު ޖައްސަނީ !

 3. ސސ

  ކޮވިޑަކީ މިހާރު ސިޔާސީ ހަތިޔާރެއް، ސިޔާސީ މީހުން އުޅެންޏާ އެރަށަކުން ފެންނާނެ، ޓެކުސް ނުދައްކާ ރިސޯޓް ތަކުންވެސް ފެންނާނެ !

  • ފަލި

   ކޮވިޑް ބައެއްފަހަރަށް ފްރީކޮށް ދަތުރު ކުރާނެ