"ވަގުތު ހޭރިޔާ" ޓީމް މިއަދު ފުވައްމުލަކަށް ގޮސް އެސިޓީގައި "ހޭރިޔާ" ދަތުރުގެ މަސައްކަތް ފަށަން ނިންމައިފިއެވެ.

"ވަގުތު ހޭރިޔާ" ޓީމް ފުވައްމުލަކުގައި މަސައްކަތް ފަށަނީ އައްޑޫ ސިޓީގެ ތަފާތު ގިނަ މައުލޫމާތުތައް ފާއިތުވި މަހެއްހާ ދުވަސް ތެރޭގައި ކިޔުންތެރިންނާއި ހަމައަށް ގެނެސް ދިނުމަށް ފަހުއެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި ވެސް އައްޑޫ އިން ނޫސްވެރިން ހޯދާފައި ހުރި މައުލޫމާތުތަކަށް ބިނާކޮށް ގިނަ ރިޕޯޓްތަކާއި ޚަބަރުތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނެއެވެ.

"ވަގުތު ހޭރިޔާ" ގައި ފުވައްމުލަކު ސިޓީގައި ހުރި މައްސަލަތަކާއި، އެސިޓީގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުގެތަކުގެ މައުލޫމާތާއި އެސިޓީއަށް އެންމެ ބޮޑަށް ބޭނުން ވެފައިވާ ކަންކަމުގެ މައުލޫމާތު ހޯދައި އެމައުލޫމާތުތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނެއެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ތިބި ތަފާތު ހުނަވަރުވެރިންނާއި ފަންނުވެރިންގެ މައުލޫމާތާއި، ފުވައްމުލަކުގެ ތާރީޚީ މައުލޫމާތުތައް ވެސް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނެއެވެ.

ފުވައްމުލަކަށް ކުރާ "ވަގުތު ހޭރިޔާ" ދަތުރުގައި ފޮޓޯގްރާފަރުންނާއި ނޫސްވެރިން ހިމެނޭ ގޮތައް 18 މުވައްޒަފުން ބައިވެރިވާނެއެވެ.

"ވަގުތު ހޭރިޔާ" ގައި އެއްވެސް މައުލޫމާތެއް ގެނެސްދިނުމަށް ބޭނުންވާ ފަރާތެއް ހުރިނަމަ ނުވަތަ ފަންނުވެރިންގެ މައުލޫމާތެއް ހިމަނަން ބޭނުންވާނަމަ އެފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. "ވަގުތު" އިން މައުލޫމާތުދޭ ގޮތުގައި 9152162 އަށް ނުވަތަ 7907173 އަށް ގުޅުމުން "ވަގުތު" ގައި ރިޕޯޓް ގެނެސްދިނުމުގެ އިންތިޒާމްތައް ހަމަޖެހޭނެއެވެ.

"ވަގުތު" ޓީމް ފުވައްމުލަކަށް ދިޔަ ނަމަވެސް "ވަގުތު" ގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުން އާއްމު އުސޫލުން އެއްވެސް ބަދަލެއް ނައިސް ކުރިއަށް ދާނެއެވެ.

ދިވެހިންގެ މެދުގައި އެންމެ މަގުބޫލް އޮންލައިން ނޫސް ކަމަށްވާ "ވަގުތު" އިން ވަނީ މީގެ ކުރިން ވެސް ގިނަ އަތޮޅުތަކަކަށް "ހޭރިޔާ" ދަތުރުކޮށްފައެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ސްޕީޑް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އ މ ރ ބ

  އަޅުގަނޑުމެންނާ ހަމަޔަށް ދެތު މައުލޫމާތު އެންމެ އަވަސް ކަމާއެކީގައި ގެނަސްދިނުމުގައި ވަގުތުނިއުސް ޓީމުން ތިކުރާ ބުރަ މަސައްކަތަށް ހިތުގެ އިހުލާސްތެރި ޝުކުރު ވަގުތުގެ މުޅި ޓީމަށް ދަންނަވަން، މިހާރު ވަގުތު ހޭރިޔާ ޓީމު ފުވައްމުލަކުގައި ތިކުރާ މަސައްކަތުގައި ފުރިހަމަ ކާމިޔާބީއެއް ޓީމަށް ލިބޭނެކަމުގައި އުއްމީދުކުރަން، ވަގުތު ވަރެއް ހަމަ ނެތް، އައްސަރިބަހާ ސާބަސް ވަގުތު ނިއުސްގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް

  19
  14
 2. އެލެކްސް

  ދެން މޯޅު ޑޮކިއުމެންޓްރީއެއް ހަދާލާ

  14
  12
 3. ސާމިޔާ

  ފު ވައްމުލަކަކީ އެހެންއަތޮޅުތަކާ ތަފާތުއަތޮޅެކޭ ބުނާތީއަހަން އަދި ރާއްޖޭގެއެހެންރަށްރަށާ ތަފާތު ވާހަކަ ވެސް އަހަން.. ވީމާ ތިބޭފުޅުންގެމަސައްކަތުން އެބުނާތަފާތުކަމަކާ ތަފާތުތަކެއް އަޅުގަނޑުމެންނާހަމަޔަށް ގެނެސްދީފިއްޔާ ރަނގު .. ފު ވައްމުލަކަކީ އަޅުގަނޑުދާހިތުން ކެތްމަދު ވެފާ ހުންނަރަށެއްކަން ވެސް ފާހަގަކުރަން .

  9
  3