ގއ، ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަަަދަދު 39 އަށް އަރައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ދެއްވަދޫގެ ރައީސް އިބްރާހިމް ތައުފީގު ވިދާޅުވީ، އެރަށުން މިއަދު އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަަމަށާއި، މިއާއެކު އެރަށުން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު 39 އަށް އަރާފައިވާ ކަމަށެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވަމުން ދަނީ ވަކި ތަރުތީބެއް ނެތި ނަގަމުން ގެންދާ ސުންކު (ސާމްޕަލް) އާއި ކުރިން ފައްސިވި މީހުންނާއި ގާތުން އެއްތާވި (ޑައިރެކްޓް ކޮންޓެކްޓްވި) މީހުންގެ ސުންކު އެވެ.

ދެއްވަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި، ގާތުން އެއްތާވި މީހުންގެ ގޮތުގައި އެ އަތޮޅުގެ ބައެއް ރަށްތަކުގެ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ދާންދޫ، ވިލިނގިލި ހިމެނެއެވެ.

އަދި ދެއްވަދޫ ވޭދަނަތަކާއި ގުޅިގެން ލ. ފޮނަދޫ އާއި ގަންވެސް ވަނީ މޮނީޓަރިންގއަށް ލާފައެވެ. މި ދެ ރަށް ކަރަންޓީންކޮށްފައި ވަނީ ދެއްވަދޫން އައި ހަތަރު މީހަކު، ފޮނަދޫން ފައްސިވުުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޯހޯ

    އަދިވެސް މާލެއިން ރަށްރަށަށް ކަރަންޓީނަށް އަންނަ މީހުންނާ ކޮންޓެކްޓް ވޭ..!