އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކުރީ ދަރުމަވަންތަ ހޮސްޕިޓަލް ރަހުނެއްގެ ގޮތުގައި ބަހައްޓަން ފިނޭންސް މިނިސްޓްރީގެ ދަށަށް އެ އިމާރާތް ރަޖިސްޓްރީ ކުރަން އެދިވަޑައިގެން އެ މިނިސްޓްރީއިން ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީ ލީކުވެ އެ ސިޓީއާ އެކީ އޭނާ ކުރެއްވި ޕޯސްޓަކާ ގުޅިގެން ކަމަށް މުންދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ތިނެއް ޖަހާކަށް ހާއިރު ފުލުހުންގެ އިދާރާއަށް މުންދު ހާޒިރުވުމަށް ފަހު، އެ ބައްދަލުވުން ނިމިގެން އެ އިދާރާ ކުރިމަތީ ނޫސްވެރިންނާ ބައްދަލު ކުރައްވައި މުންދު ވިދަޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ލީކްވި އެ ސިޓީއާ ގުޅިގެން މީގެ ކުރިން ވެސް އޭނާ އެއް ފަހަރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

ކޮންމެ ގޮތަކަށް އެ ސިޓީ ލީކުވެފައިވީ ނަމަވެސް ގާނޫނު އަސާސީއާއި މިހާރު އަމަލު ކުރަމުންދާ ގާނޫނުތަކުގެ ދަށުން އެ މައްސަލަ ނުބެލޭނެ ކަމަށް މުންދު ވިދާޅުވިއެވެ. އަދި ކުރައްވާ ޓްވީޓެއް ނޫނީ މީސް މީޑިއާގެ ޕޯސްޓަކާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރު ނުކުރާނެ ކަމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ގާނޫނު އަސާސީގެ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ހައްގާއި، މައުލޫމާތު ލިބިގަތުމުގެ ގާނޫނާއި، ވިސްލްބްލޯ ގާނޫނު، މި ގާނޫނުތަކާ އެކީ، މިއީ ބެލޭނެ މައްސަލައެއް ކަމަށް ނުދެކެން، ކޮންމެ ގޮތަކަށް ލީކްވި ސިޓީއަކަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވައުދުވެވަޑައިގެންފައިވާ ކަމެއް އެއީ މީސް މީޑިއާގައި ކުރައްވާ ޕޯސްޓަކުން ހާޒިރު ނުކުރާނެ ކަން،" މުންދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ރައީސް އޮފީހަށް ފޮނުވި ސިޓީ ލީކްވެފައިވާއިރު ސިޓީގައިވާ ކަންކަން ފިނޭންސް މިނިސްޓްރީއިން ސީދާ ދޮގެއް ނުކުރެއެވެ. ފިނޭންސް މިނިސްޓްރީއިން އޭރު ވިދާޅުވެފައި ވަނީ، ސުކޫކް ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލް ބެނެފިޝަލް އޯނާޝިޕް ބަދަލު ކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން އެ ހޮސްޕިޓަލް ރަހުނު ކުރުން ނުވަތަ ވިއްކާލުން ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އޮޅުވާލި ވޯޓު

  ސިއްރުސިޓީލީކު ކުރީމާކުރިމީހާގޯސްވަނީ ކޮބާ މުންދުއައް އެސިޓީދިންމީހާ ގަިމުވެސް މުންދު އަމިއްލަޔައް ލިއުނުސިޓއެއްނޫން މުންދުގެ ސަރުކާރެވެސްނޫން ކޮބާރައްޔަތުންގެ ހަރުމުދާރަހީނުކުރަން ސިޓީލިއުނުމީހާ ރައްޔަޔުންނައް ނައަންގާސިއްރުން އެކަން ރައްޔަތުންނައް އަންގަދިންމީހާކުއްވެރިވަނީ ކިހާމަޖާ ސާބަހޭމުންދު ތިބޭފުޅާފަހަތުގަ އަހަރުމެން މިތިބީ ކެރިގެން ސާބިތުކަންމަތީ

  21
 2. އިއްސޭ

  އިބޫދެއް ކިއެއްވެސްވާހަ ކައެއް،ވިއެއްވެސް
  ވައުދެއްގެހަނދާނެއްމިހާރަ ކުނެތް
  ކޮވިޑާގުޅިގެން ލޯނުނަގާފަތިބމީހުނައްލުޔެއް
  ދިނުމުގެގޮތުންހަމަސްދުވަސްލަސް ކޮއް
  ދެއްވުމުން ދެލައް ކަހަތްހަހާސް،ތިންލައް
  ކައައްބަދަލުވީ ބޯހިޔަލެއްޖެހުމައްލޯނުނަގާ
  ފަތިބި ނރައްޔިތުންއިތުރައް ދަރަނިވެރިވީ.
  ޕެންޝަންފަންޑުހުރިފައިސާއިންބައެއް އެއިގެހައްގވެރިންނައްދެއްވާނެވާހަކަ ކަވެސް
  އެމަނިފާނުވިދާޅުވި. އެމަނިކކ ކުފާނަ ކީ ކުރާނަމޭބުނެފީއާ ނު ކުރާ ރައީސު

  15
 3. ޢަފްލާ

  ބްރިޖްވެސް ރަހުނު ކޮއްބަލަ ގައުމު ހިންގޭތޯ ތާކު ހުރި ބޯއަނބުރާ ސޮރެއް ގެނެސްފަ ވެރިކަން ދިނީމަ ވާނީ މިހެން ގައުމު ފަނާވެ ވީރާނާ ވަނީ ހިންގަން ނޭނގޭމީހާ ވެރިކަމާ ހަވަލުވެގެން

  10
 4. ބޭޗާރާ

  ތީ ދެން މިޒަމާނުގައި މީހަކު ހާޒިރުކޮށްގެން ދަމާކަޑާ ދަމަންވީ ވަރުގެ ކަމެއްތަ!