ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެސައިކަލެއް ޖެހިގެން މިއެކްސިޑެންޓް ހިނގީ ފުނާޑު ޕާކް ކަންމަތިން ލިންކް ރޯޑްގައެވެ.

އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވާއިރު އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މިއެކްސިޑެންޓް ހިނގީ މިރޭ 23:25 ކަންހާއިރުއެވެ.

އެކްސިޑެންޓް ހިނގީ ޕާކް ތެރެއިން ނިކުތް ސައިކަލަކާއި ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. ކޮންމެ ސައިކަލެއްގައި ވެސް އިނީ އެކަކު ކަމަށް މައުލޫމާތު ލިބެއެވެ. ސީރިއަސް އަނިޔާތަކެއް ވެފައި ވަނީ ލިންކް ރޯޑުން ސައިކަލް ދުއްވާފައި ދިޔަ މީހާއަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެ ފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސްނޫނު

  އައްޑޫމަގުތަކުގަ އެހާގިނައިންއެކްސިޑެންޓުވަނީ އެމީހުންބުނާގޮތުންނަމަ މަގުތަކުގެ ފެންވަރު ދަށްވީމާ .. އޭގެމާނައަކީ އައްޑޫމަގުތަކުގަ ކާޕެޓްއަޅާ ފައޮންނަނަމަ އައްޑޫގައެކްސިޑެންޓެއްނުވާނެ!
  އަދިކިއެއްތަ އައްޑޫމަގުތަކުގަ ސުޕޮންޖު އަޅާ ފައޮންނަނަމަ މީހުންނަށްއަނިޔާވެސް ނުވީސް !!
  ފުވައްމުލަކުމީހުންކީކޭބާބުނަނީ ؟،

  8
  6
  • Anonymous

   މަގުތަކުގެ ހާލަތު ލޮލުން ބަލާފަ ވާހަކަ ދައްކާ. މާލޭގަ އާޅާފަ އޮތް ބުރިޖާއި އެއާ ގުޅިފައިވާ ބޮޑު ތާރު އެޅިމަގުގަ ކިތައް އެކްސިޑެންޓް ހިނގައިފި؟ ޢެއީ ހުރިހާ ގޮތަކުންވެސް މާ ރަނގަޅު ފެންވަރުގެ މަގުތައް. ޢެމަގުތަކުގަ ޓްރެފިކް ލައިޓް ހުރޭ. ފުލުހުން އަބަދު ތިބޭ. ޢެހެން ވީމަ ތަންދޮޮރު ނޭގި ވާހަކަ ނުދެއްކުން ރަނގަޅު.

 2. ރާހީ

  މާދަމާވާނެ ތިމަގު ބަންދުކުރަން މުޒާހަރާކުރަން....

 3. އަންނި

  މި ރާޖެތެރެ މީހުން ރަށުގަ ތެޅޭ ފާޑަ މާލައަރާވެސް މި އުޅެނީ

  1
  2