ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އެޅި "ހިޔާ" ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ކުރިން ލިބުނު ނަމަވެސް މިސަރުކާރު އައިސް ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް އަލުން އެކުލަވާލިއިރު ފްލެޓް އަތުލި އާއިލާއެއްގެ ވާހަކަ ފްލެޓްތަކުގެ ޙައްޤުވެރިންގެ ދިފާއުގައި އަޑުއުފުލާ އާއްމުންގެ އެކުވެރި ގުޅުމުން މިއަދު ހާމަކޮށްފިއެވެ.

އާއްމުންގެ އެކުވެރި ގުޅުމުން ފޭސްބުކާއި ޓްވިޓާގައި އާއްމުކޮށްފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި އިރޫ ނަމަކަށް ކިޔާ މީހަކާއި އޭނާގެ އާއިލާ ދިރިއުޅެނީ 2 ކޮޓަރި އެޕާޓްމަންޓަކުން އެއްކޮޓަރި ކުއްޔަށް ހިފައިގެންނެވެ. 100 އަކަފޫޓު ހަމަނުވާ އެތަނަކީ އިރޫގެ ދެމަފިރިންގެ އިތުރުން ހަތަރު ދަރިން އަދި އިރޫގެ މަންމަ އާއިއެކު ޖުމްލަ 7 މީހުން ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރަން ޖެހޭތަނެވެ.

"އިރޫ އަކީ ޓީޗަރެއްގެ ވަޒީފާ އަދާކުރި މީހެކެވެ. އެތައް އަހަރެއް ވަންދެން އެ ހިދުމަތް ގައުމަށް ކުރިއެވެ. ދެވަނަ ދަރިފުޅު ލިބިގެން ދެ ދަރިންނާއި މަންމަ ބަލައި، ގޭތެރޭ ކަންތައް ކުރަމުން، ވަޒީފާއަށް ދެވެން ނެތުމުން ކިޔަވައި ދިނުމުގެ ވަޒީފާއިން ވަކިވީއެވެ. އެއަށް ފަހު ލާރި ހޯދަން ގޭގައި ޓިއުޝަން ދީ ހެދިކާ އާއި ކޭކު ހަދައި ވިއްކަން ފެށީއެވެ. ފިރިމީހާ ރެއާއި ދުވާލު ހޭދަ ކުރަނީ ޓެކްސީ ކުރުމުގައިއެވެ. ދެމަފިރިންގެ މަސައްކަތުން ހޯދާ ލާރިގެ %70 އިންސައްތަ ދެނީ ތަނުގެ ރެންޓަށާއި އެހެނިހެން ބިލްތަކަށެވެ." އާއްމުންގެ ޖަމިއްޔާ އިން ބުނެފައި ވެއެވެ.

ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ވިދާޅުވީ އިރޫ އޭނާއަށް ގުޅީ އިރޫ އަކީވެސް 2018 ގެ ލިސްޓުން ފްލެޓު ލިބި ފަހުން ސަރުކާރު ބަދަލުވެގެން އަލުން ނެރުނު ލިސްޓުން ފްލެޓު ގެއްލުނު މީހަކަށް ވީމައިއެވެ. އިރޫ ބުންޏެވެ. "2018 ގައި ފްލެޓު ލިބުނީމައި އުފަލުންގޮސް ވީގޮތެއް ހަމަ ނޭގުނު، ހީނުކުރަން އަހަރުމެން ކަހަލަ ސިޔާސީ ގޮތުން ބާރެއް ނެތް ބަޔަކަށް އެއިން ފްލެޓެއް ލިބޭނެ ކަމަށް، އަދި އެނގޭތަ ފްލެޓު ލިބުނު ކަން އެނގުމުން ދަރިފުޅު އެތާގަނއި ހިތާނު ކުރަން ޕްލޭންކޮށް އަދި ތަންކޮޅެއް ބޮޑު މޭޒެއްވެސް ގެޔަށް އަހަރުމެން ގަތީން" އެހިސާބަށް ބުނެވުނުތަނާ ބޮޑު ފިރިހެން ދަރިފުޅު ބުންޏެވެ. "އާން، މަންމަ ބުނީ ބޮޑު ގެއަށް ގޮސް ހިތާނު ފާޓީވެސް ބާއްވާނަމޭ، އެކަމަކު ދޮގު ހެދީ، ބޮޑު ގެއަކަށް ނުދޭ، ޕާޓީ ނުބާއްވާ." އެވަގުތު މުޅިތަން ހަމަހިމޭން ވިއެވެ. ކުޑަދަރިފުޅަށް މަންމަ ބޮޑު ގެޔަށް ނުދިޔައީ ނޫންކަން، ހިތާނު ޕާޓީ ނުބޭއްވީ ނޫން ކަން ނޭނގޭނެތާއެވެ. އެއީ އެދަރިފުޅު ކުޑަ ވީމައިއެވެ. އަޅުގަނޑު ހިތަށް އެރިއެވެ. އެހެނަސް މި ކުޑަ ދަރިފުޅަށްވުރެ އަޅުގަނޑުމެންގެ ބައެއް ސިޔާސީ ވެރިންގެ ގަމާރުކަން ބޮޑެވެ. އެ ދަރިފުޅު "ބޮޑުގެ" އެކިޔަނީ ހިޔާ ފްލެޓަށެވެ.

އިރޫގެ އާއިލާ ދިރިއުޅޭ ތަނުގެ ހާލަތު ކިޔައިދެމުން މިދުއަމް ވިދާޅުވީ އެތަނުގައި ކުޑަ ދޮރެއް އެއް އިރަކު ހުއްޓެވެ. ނަމަވެސް އޭގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާތީ މިހާރު ހުންނާނީ ފްލެއިވުޑު ފިލައެއް ހަރު ކޮށްފައިއެވެ. ކޮޓަރީގެ ސީލިންހުރީ މުޅިން ހަލާކު ވެފައިއެވެ. ވާރޭ ވެހޭ އިރު މައްޗާއި، ކުޑަދޮރާއި ދިމާލަށް އަރިމަތިން ފެން އައިސް، ކޮޓަރީގައި ފެން ބޮޑުވެއެވެ. އަލަމާރީގެ ދަށް ކިބަ ހުރި ފެންޖެހިޖެހި ހަލާކުވެ ފޫގޮސްފައިއެވެ. ފާހާނާގެ ހާލަތު ހުރިގޮތް ޖަމިއްޔާ އިން އާއްމު ކުރި ވީޑިއޯއިން ފެނެއެވެ. ދޮރު ހަލާކުވެ، ބައެއް ނެއްޓިފައި ވާއިރު ފެން އަންނަނީ ޝަވަރަށް އެކަންޏެވެ. ދަރިން ފެންވަރުވަނީ ފާހާނާ ދޮރުމަތީ އިރޫ އިދެގެނެވެ. ފްލެޝް ކުރަނީ ބާލިދީއަށް ފެން އަޅައިގެނެވެ.

"ދެމަސް ނުވާ ކުޑަ ދަރިފުޅަށް އިޝާރާށްކޮށް އިރޫ ބުންޏެވެ. "އެބޭބީ އަކީ ހިތުގެ ބަލި ހުންނަ ކުއްޖެއް، ބޭބީ އަށް އެނދެއް ވައްދާނެ ތަނެއްވެސް ނެތް، ބޭބީވެސް ނިދަނީ އެންމެއެކީ، އެކަމަކު އޯކޭ ތާ، މިގޭ އެއްވެސް ދަރިއަކަށް ވަކި އެނދެއް އަދި ނުލިބޭ ވިއްޔާ" ރޭގަނޑު ނިދަންވީމައި ބިންމަތީ ގޮދަޑި އަޅައި އެތާންގައި ނިދަނީ އިރޫގެ މަންމައެވެ. ދެން އާއިލާ އެހެންމީހަކު މާލެ އައިސްފިއްޔާ އެމީހެކެވެ. ދެމަފިރިންނާއި ހަތަރު ދަރިންނަށް ބަންކު އެނދެއެވެ." ޕޯސްޓްގައި ލިޔެފައި ވެއެވެ.

މިދުއަން ވިދާޅުވީ އޭނާ އެގެއަށް ދިޔަ ވަގުތުވެސް ފިރިމީހާ އޮތީ ނިދާށެވެ. އެއީ ރޭގަނޑު ޑިއުޓީ ޓެކްސީ ކުރަން ދާންވެގެނެވެ. "އަޅުގަނޑު ދިޔުމުން އޭނަވެސް ތެދުވެ ވާހަކަ ދެއްކިއެވެ. އޭނާ ރޭގަނޑު ޑިއުޓީ އަށް ދެވޭތޯ ބަލަނީ އޭރުން ދަރިންނަށް ނިދާނެ ބޮޑު ޖާގައެއް އެނދުން ލިބޭނެތީއެވެ. "ވީވަރަކުން ފަތިހު، ދަންވަރު ޑިއުޓީ ނަގަނީ، އޭރުން މިކުދިންނަށް މިތާ ނިދޭނެއެއްނު. މަށަށް ދެން ނިދިދާނެތާ! އެކަމަކު ދަންވަރު ދުވާލު ލިބޭ ވަރަށް ދަތުރު ނުލިބޭ، އެެހެންވެ ދަންވަރާއި މެންދުރުކުރިން ވެސް ދުއްވާފައި ހަވީރު ނިދާލައި ރޭގަނޑު އެނެއްކާ ނިކުންނަނީ" ކުޑަ ދަރުފުޅު އުރާލައިގެން ހުރެ އޭނަ ކިޔައިދިނެވެ. ވާހަކަ ދައްކާލުމުން އަޅުގަނޑަށް އެނގުނީ ފިރިމީހާ ދުވާލަކު 15 ވަަރަކަށް ގަޑިއިރު ދަތުރު ހޯދަން މަގުމަތީ އުޅޭކަމެވެ. އަނބިމީހާ އުދަރިންކޮޅު ބަލައި ޓިއުޝަންދީ ހެދިކާ ހެދުމުގައިއެވެ. މި ދެމަފިރިން އަނބިމީހާގެ މަންމަ އާއި ދަރިންނާއި އެކު އެއްކޮޓަރީގައި ދިރިއުޅެމުން ދާއިރު ކައިވެނީ ފުރަތަމަ އަހަރު ފިޔަވައި ދެމަފިރިންނަށް ވަކިން އުޅުމުގެ ފުރުސަތު އަދި ލިބިފައި ނުވެއެވެ." މިދުއަމް ވިދާޅުވިއެވެ.

މިދުއާމް ވިދާޅުވީ ހިޔާ ފްލެޓު އިރޫގެ މުޅި ހަޔާތައް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެއީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ސަބަބުން ދިމާވާ އަދި ދިމާވާނެ އިޖުތިމާއި ބޮޑެތި މައްސަލަ ތަކުން 4 ދަރިން ސަލާމަތްވެ، ޖީލެއް ބިނާކުރުމުގެ ފުރުސަތު ލިބޭނެކަމަކަށް ވީސް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެނަސް އެ ލިބުނު ފްލެޓު ތިޔަ ނެގީއެވެ. ކީއްވެ ތޯއެވެ؟ އިރޫ ވަޒީފާއެއްގައި ނޫޅޭތީ ކަމަށް ބުނެއެވެ. ހެދިކާ އަހަދައި ޓިއުޝަން ދޭތީ އެވެ. އެއީ ރަސްމީ ލިޔުމެއް ދެވެން ނެތް ވަޒީފާ އަކަށް ވީމައިއެވެ. "އުސޫލުގައި އެހެން އޮންނާތީއެވެ." ވަޒީފާގެ ބަޔަށް ޕޮއިންޓު މަދުވެގެން ދިޔައިރު ދިރިއުޅުމުގެ ހާލަތަށްވެސް 30 އަކުން ދީފައިވަނީ 19 އެވެ. ހާލަތު ނުފެންނަނީ ނުވަތަ ބަލަން ނޭނގެނީ ތޯއެވެ. ނޫނީ ވަކި ބަޔަކަށް ދޭންޖެހޭ ފްލެޓުތަކެއް ހުރީމައި އެ އަދަދު ހަމަ ކުރަން، ލިސްޓުން ވަކިވަރަކަށް ބަޔަކު އުނިކުރަން ޖެހެނީ ހެއްޔެވެ؟ ދިވެހި ސަރުކާރެވެ! ފްލެޓު ކޮމެޓީގެ މެންބަރުންނެވެ! އިންސާނުންނަކީ ތިޔަ އުސޫލަށް އުފަންވި ބައެއް ނޫނެވެ. ތިޔަ އުސޫލަކީ އިންސާނުންނަށްޓަކައި އުފަން ކުރިވި އެއްޗެެކެވެ. އިންސާނާގެ ހާލަތަކީ އުސޫލަށް ބައްޓަން ވެގެން ވާއެއްޗެއް ނޫނެވެ. އުސޫލު އެއީ އިންސާނުންގެ ހާލަތަށް ބައްޓަން ކުރަންޖެހޭ އެއްޗެކެވެ. ވީމާ އިރޫ ވަޒީފާއަކަށް ނުދާތީ ކަމަށްބުނެ ކުރިން އެބަޔަށް ދިން ޕޮއިންޓު ކަނޑާލައި، އެއީ އުސޫލޭ ބުނެ އުސޫލު ފަހަތުގައި ނުފިލާށެވެ. ދިރިއުޅުމުގެ ހާލަތު ބަލާ އުސޫލުން ބެލީމައި ހާލަތު ވަރަށް ރަނގަޅޭ ނުބުނާށެވެ. ތިޔަ އުސޫލަކީ މަތިން ބާއްވައި ލެއްވި އެއްޗެއް ނޫނެވެ. ތިޔަ އުސޫލަކީ އިރޫގެ ޓެކްސް ލާރިން މުސާރަ ނަގައިގެން ތިބި ދިވެހި ސަރުކާރާއި، ފްލެޓު ކޮމެޓީގައި ތިބި ރައްޔިތުންގެ ހާދިމުން ލިޔުނު އުސޫލެކެވެ." މިދުއަމް ލިޔުއްވާފައި ވެއެވެ.

ކުރީ ސަރުކާރުގައިވެސް މަޖިލިސް މެންބަރުންނާއި، ސިޔާސީ މީހުންނާއި، މަހުޖަހުންނަށް ބަރިބަރިއަށް ފްލެޓު ވަނީ ދީފައި ކަމަށާއި އުސޫލު ހަދައި އެ ފްލެޓުތައް އަތުލާން މިދުއަމް މިއަދު ވެސް ގޮވާލެއްވިއެވެ. އޭނާ ވިދާޅުވީ "އިރޫ ފަދަ ނިކަމެތިންގެ ތަންތަން ނުނަގާނާށެވެ. ކުޑަކުޑަ ޒާލިފް، ޒުހެއިލް، ޒީހާ އަދި ޒީޝަންގެ "ބޮޑުގެ" އެކުދިން އަތުން ނިގުޅައި ނުގަންނާށެވެ. އެކުދިންނަށް ހައްގު ކަމަށް ބުނެ ކުރީ ސަރުކާރުގައި ދީފައި އޮތް "ބޮޑުގެ" ނުހައްގުން ނަގާ ބަޔަކަށް މިސަރުކާރު ނުވާށެވެ." މިދުއަން އިތުރަށް ވިދާޅުވިއެވެ.

މިދުއަމް ވިދާޅުވީ ފްލެޓު ކޮމެޓީން ޝަކުވާ ހުށަހަޅަން ފަސް ދުވަސް ދިންއިރު އިރޫ އޮތީ ވިހަން ހޮސްޕިޓަލް ގައި ބާއްވާފައިއެވެ. އިރޫގެ ފޯމު ނަމްބަރަކީ H7/05899 އެވެ. އޭނާ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް މިމައްސަލަ ބެލުމަށް ސަރުކާރާއި ފްލެޓު ކޮމެޓީއަށް އާއްމުންގެ ޖަމިއްޔާ އިން ވަނީ އާދޭހާއި އެކު ގޮވާލާފައެވެ.

ހިޔާ ފްލެޓްތަކުގެ ލިސްޓަށް މިސަރުކާރުން ބަދަލުތައް ގެންނަމުން ދާއިރު ފްލެޓް ޙައްޤު އެތައް ބައެއްގެ އަތުން ފްލެޓްތައް އަތުލަމުން ގެންދާތީ އާއްމުންގެ ޖަމިއްޔާ އިން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޏަމި

    ދެކުނުގެ ރަށެއް ދޯ.ކުދިން ކޮޅު ގޮވައިގެން ރަށުގަ ސެޓްލް ވެވޭތޯ ބަލަންވީނުން ތިޙާލުގައި އުޅުމަށްވުރެ ރަނގަޅުވާނެ.ފިރިމީހާ ޢަށް ލިބޭ ލާރިން މެނޭޖް ވެސް ކުރެވޭނެ

    81
    34
    • އެލެކްސް އަހުމަދު

      ތިހެން ސެޓްލްވާންވިއްޔާ ހިންނަވަރު އިބްރާހީމް ކައިރީގައި ބުނޭ ގޮސް ހިންނަވަރުގައި އޮންނާށޭ! މަޖިލިސް މެމްބަރުންނަށް ނުޖެހޭ މާލެ އަދި ހުޅުމާލޭން ގޯތި ދޭކަށް! ޤާސިމްބެ ގެންގޮސް މާމިގިއްޔަ ލާފައި ށިޔާމް ގެންގޮސް ކުޑަފަރީއަށްވެސް ލާންޖެހޭނެ! ކޮއްކޯ ބޮލުންތަ ތި ވިސްނަނީ!

      55
      7
      • ޣިތާސް

        ތިބުނާމީހުން މިތާއުޅެނީ ހާލުގައެއްނޫން ދޯ....ސިކުނޑިންވިސްނަބަލަ....

    • ޒައިކް

      ފުލެޓަށް މާކުސް ދެނީ ހަމައެކަނި ދިރިއުޅުމުގެ ހާލަތަށް ބަލައިގެންނެއް ނޫން.. ޔާމީނު ކަނޑައެޅީވެސް މާކުސްދޭ އޭރިޔާތަށް.. ނިކަމެތިން ބަލާފަ އިތުރު ޝަރުތެއް ނެތި ފުލެޓު ދޭންވީ އޭރުން އޯކޭ

      21
      2
      • ރައްޔިތުމީހުން

        ޔާމީނު އޮތީ ފްލެޓް ލިބުނު ކަމަށް މި ޢާއިލާއަށް ލިޔުން ވެސް ދީފަތާ.. ތިބުނާ ގޮތަށް ނިކަމެތިކަމަށް ބަލާފަ

        23
        2
  2. ނަޝީދު

    ދެން ހަމަ ފުލެޓް ހޯދާށޭ ކިޔާފަ ހަމަ މާލޭގަތަ އުޅެންޖެހެނީ...

    19
    17
    • ޖޫޖޫ

      މާލޭގަ އުޅެން ޖެހެނީ ސަރުކާރުން ކަނޑަވީމަ

      7
      3
    • ހީޑް

      ފުލެޓް ހޯދާކަށްނޫން !!! ވަޒީފާ ، ތައުލީމް ، ސިއްހީ ހިދުމަތް މި ސަބަބުތައް ފުދޭތޯ ؟؟؟؟

      3
      1
  3. ތޮރާ

    ތިޔަ ވިދާޅުވަނީ އަވަގުރާނަ ތޯ މާލޭގައި ބޭސްފަރުވާ ތަޢުލީމް ލާރި ވަޒީފާ ރަށައްގޮސް ފޯރުވަނީ ކޯނޗެއްތޯ

    22
    5
  4. ނިކަމެތި މީހާ

    ޔާމީން ސަރުކާރުގަވެސް ލިބެންޖެހޭ މީހުންނަށް ނުދީހުރި އެމްޑީޕީ ސަޕޯޓަރުންނަށްވީމަ.

    5
    31
    • ރައްޔިތުމީހުން

      އެމްޑީޕީ ގެ ބޮޑެތި އެކްޓިވިސްޓުންނަށް ވެސް ހުރީ ލިބިފަ އޭރުގަވެސް

      37
      3
  5. ހ މ ޒ

    ރައީސް ޔާމީން އިސްތިއުނާފް!

    19
    8
  6. Anonymous

    2018 ގައި ކުއްލިއަކަށް ތެޅިގަނެގެން ދަފްތަރުވި މީހުންވެސް އެއީ ހަމަ ޙައްޤު މިންވަރުތަ...

    7
    15
  7. ހުސެއިން

    ދިވެހީންގެ ވެރިންނަށް ތިބި މީހުން ޖެއްސި ހާލު

    11
    2
  8. ގަމާރު

    ކޮންމެކަމެއްގަވެސް އުސޫލެއް އެކުލަވާލަނީ އެއުސޫލަށް އަމަލުކުރަން އެކިމީހުންނަށް އެކިގޮތައް ކަންތައްނުކުރަން މީގަލިޔުނުމީހާއަށް ދެންތިބިމީހުންގެ ހައްޤެއްނުބަލާ އުސޫލެތްނެތި ހައްޤުވާމީހުން ކިހިނެތްބަލަނީ އުސޫލުންބޭރުންނުދޭނަމަ ކޮބައިތޯ މައްސަލަޔަކީ

    4
    9
  9. 99.9

    ކޮންމެކަމެއްގަވެސް އުސޫލެއް އެކުލަވާލަނީ އެއުސޫލަށް އަމަލުކުރަން އެކިމީހުންނަށް އެކިގޮތައް ކަންތައްނުކުރަން މީގަލިޔުނުމީހާއަށް ދެންތިބިމީހުންގެ ހައްޤެއްނުބަލާ އުސޫލެތްނެތި ހައްޤުވާމީހުން ކިހިނެތްބަލަނީ އުސޫލުންބޭރުންނުދޭނަމަ ކޮބައިތޯ މައްސަލަޔަކީ

    3
    6
  10. ޒެން

    ފުލެޓް އެއި ހަމައެ ކަނި މާލެ ރައްޔިތުންގެ އެއްޗެއް ނޫން

    22
    8
  11. ޙހޖ

    ރަނގަޅު ގޮތެއް ވުމަށް ދުޢާ ކޮއްދެން. މި ހާލުގަ އުޅޭ އިރު ފެމެލީ ޕްލޭނިންގ ވ ދަަށް..😔

    23
    1
  12. ފިޔަވަޅު

    މަ މިބުނަނީ މީގެ ކުރިންވެސް ފްލެޓް ދިނޭ ސަރުކާރުތަކުން.
    އެއްވެސް ސަރުކާރަކުން އެ ފްލެޓް ތައް އަތެއް ނުލައޭ !
    މި ނާގާބިލް ސަރުކާރުގަ ތަންދޮރު ދަންނަ އެކަކުވެސް ނެތީހެން ބޮޑަށް ލަފާ ކުރެވެނީ .

    14
    4
  13. ފިޔަވަޅު

    މިފަހަރު ނުފޫޒު ފޯރުވައިގެން އެ ފްލެޓް ލިބުނު މީހުން އަތުން އަތުލާ ދެން އެތަންށް ވަންނަމީހުން އެ ވަންނަނި އަލިފާނަށް ..
    ބައެއްފެ ހައްޤަށް އަރައިގަތުމަކީ ތޯތޯ ކަމެއް ނޫންކަން ހަނދާން ކުރައްޗެ .

    9
    3
  14. ސައިމާ

    7 މެމްބަރުން 1 ކޮޓަރީގައި އުޅެން ޖެހުމަކީ ފްލެޓް ލިބެންޖެހޭ ސަބަބެއްކަމަށް މިސަރުކާރަށް ނުފެނުނީ ދެއްތޯ. ވަރަށް އިންސާފު ނޫންތޯ.
    އަޅުގަނޑަށް ގަބޫލުކުރެވެނީ ހާލަތު ބަލަންދިޔަ މީހުންނަށް 1 ކޮޓަރި ފެނުނީ 7 ކޮޓަރީގެ ގޮތުގައި ކަމަށް ވެދާނެ. އެބޭކަލުން އައިކެއަރއަށް ގެންގޮސް ރަނގަޅަށް ޓެސްޓެއް ހަދާލާފަ ބުނެބަލަ ސީ ދަ ވޯލްޑް ބެޓަރއޭ.

    12
    1
  15. ލީނާ

    ދެން ކީކޭ ބުނާނީ...ކޮސް ވެއްޖެ.

    9
    1
  16. ޟަހު

    ރަށުން ބަހާފަ ލިބުނު ބައި ނުވިއްކި ނަމަ އެތަންވެސް އޮންނާނެ ނުން.ހަތަރު ކުދިން އެކަނިތަ އިރުޫ ފިރިމީހާގެ ތިބެނީ.ދެން ތިބި ދެކުދިން އެއި ނެން ބައެއްތަ.ހަރަދެއްކުރަނީކީނުން.އެއްމެކުޑަމިނުން ގުޅަނީކީވެސް ނޫން.އެކުދިން ހިތުގަންނަަ ވޭން.އަދިވެސްހަބަޑައް ދަރިންހޯދޭތޯ ބަލާ

    13
    1
  17. ޢަސްލު

    ކުރިން ފްލެޓް ލިސްޓްގައި ނަން ނެތް މީހެއް، އެނގިފައިވާ ގޮތުގައި ރައީސް އޮފީހުގައި އުޅޭ މީހެއްގެ ނަން. ކުރިން ފްކެޓް ލިބުނު ބައެއް މީހުންގެ ނަން އުނިކޮށްފައި ނެރުނު ލިސްޓްގައި އެބައޮތް.

    6
    1
  18. ހާޖަރާ

    މިވަރުގެ ތަނެއްގަ އުޅެނީ އަމިއްލައަށް ދޯ، ނިއަށްވުރެ މާރަނގަޅު 1 ކޮޓަރި ފުދޭ ވަރަކަށް އަގުހެޔޮކޮށް މިހާރުލިބޭ. އަމިއްލަ ރަށުގަ އުޅެން ވިސްނާނަމަ ތިހާލުގަ އުޅޭކަށް ނުޖެހަެނެ.

    11
    3
  19. ޕޮގުބާ

    ރައީސް ޔާމީން އާ ދެކޮޅަށް މަސައްކަތްކުރި އެމްޑީޕީ ހުރިހާމީހުންނަށް ތިހާލު ޖެހޭނެ ތިތިބީ އަމިއްލަޔަށް ޖަލަށްލެވިފަ ނުވޭ އެންމެ ދެރަކޮޅެއްވެސް

    1
    1
  20. ައަހުމަދު

    މާލޭގެ ގޯއްޗެއްއޮތް ގެވެސްހާދަފައިވާ އެގޭާގެ އެއްމެން އުޅެނީ މިދިޔަ ސަރުކާރުން އެމީހުންނަށް ދީފައިވާ 4 ފުލެތްގައި ހުޅުމާލޭގައި . މާލޭގެ ގެ ކުއްޔަށްދީފައި، އެގޭގެ އެއްމެންނާކީވެސް ޕީ.ޕީ.އެމް އަށް ސަޕޯރޓްކުރާމީހުން ، މީމިޤައުމުގެ ހާލަތަކީ ކޮންމެސަރުކާރަކުންވެސް ކަންތައް ކުރަނީ ޕާޓީގެ މީހުންނަށް އެހެންމީހުން އުޅެންޖެހެނީ އެއްކަމެއްވެސް ނުވެގެން ދެރަމީހާއަށް ދެރަގޮތް މޮޅުމީހާއަށް މޮޅުގޮތް އަދިވެސް އެހެންޤައުމުތަކުގެވަހަކަ ދައްކާނެ.