އޮބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓްގައި ކޮވިޑް-19 ފެތުރި އެރިސޯޓުން މިހާތަނަށް 70 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެޗްއީއޯސީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އެ ރިސޯޓުން ޖުމްލަ 70 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އަދި ގާތުން އެއްތާވި މީހުންގެ ގޮތުގައި 65 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިއަދު އެރަށުން އިތުރު ހަ ވޭދަނަ ފެނުމާއެކު ޖުމްލަ 70 އަށް އަރާފައި ވަނީ"

އެ ރިސޯޓުން ފައްސިވެފައި ވަނީ މުވައްޒަފުންނެވެ.

ފަހަކަށް އައިސް ރާއްޖޭގެ ރިސޯޓްތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިހާރު ވެސް ރިސޯޓްތަކުގައި ކޮވިޑް-19 ޖެހިފައި 295 މީހަކު އެބަތިއްބެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ދެން ރިސޯޓު ބަންދު ކުރަން ވީނު.. ރިސޯޓަށް އައު އަހަރު ފާހަގަ ކުރަން އެއްވެސް ބޮޑު މީހަކު ނުދޭތަ..