ފުށިފަރު ރިސޯޓުން ޖެޓްސްކީގައި މިއަދު ހަވީރު ފުރިފަހުން ކަނޑުމައްޗަށް ގެއްލުނު ދެ މީހުން އޮޔާ ދަނިކޮށް ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންނާއި ޖެޓްސްކީ މިރޭ 20:42 ހާއިރު ޅ. އަތޮޅުގައި އޮންނަ ކުރެއްދޫ އައިލެންޑް ރިސޯޓް ކައިރިން ފެނިފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ދެމީހުން ފެނިފައި ވަނީ ކުރެއްދޫ ރިސޯޓު ލޯންޗަކަށް ކަމަށެވެ. އަދި ދެ މީހުންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެ މީހުން ފެނިފައި ވަނީ ޖެޓްސިކީގެ އިންޖީނު ހުއްޓި އޮޔާ ދަނިކޮށެވެ.
މި ޖެޓްސްކީ ދަތުރު ކޮށްފައި ވަނީ 29 އަހަރުގެ އަންހެނަކާއި، 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެއީ އެ ރިސޯޓުގެ ދެ މުވައްޒަފުންނެވެ.
ދެޖިންސުގެ ދެ މުއައްޒަފަކު އެ ގަޑީގައި ޖެޓުސުކީ ދުއްވަން ނުކުންނަން ޖެހޭ ބޭނުމެއްވެސް އޮވެފާނެ.
ހަންޑިހައްލަންވެގެން ދިޔައީ..
ދާކައް ނުވާނެއް އެއް ނޫ