މ. ކޮޅުފުށިން މާލެ ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ މީހާއަކީ މި މަހުގެ 19 ވަނަ ދުވަހު މާލެ ދިޔަ މީހެކެވެ.

އެރަށު ކައުންސިލް ރައީސް ހުސައިން ޝާމިލް "ވަގުތު"އަށް ވިދާޅުވީ، އެރަށުން މާލެ ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ މިއަދު މެންދުރު ފަހު ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ފައްސިވެފައި ވަނީ އަންހެނެކެވެ.

އަދި އެ އަންހެން މީހާއަކީ މާލެ އިން އެރަށަށް ގޮސް ކަރަންޓީންވުމަށްފަހު، ޓެސްޓު ނަތީޖާ ނައްސިވެގެން ރަށުގައި 20 ވަރަކަށް ދުވަހު ވަންދެން އުޅެފައި އެނބުރި މާލެ ދިޔަ މީހެއް ކަމަށް ޝާމިލް ވިދާޅުވިއެވެ.

އެ އަންހެން މީހާ ފައްސިވި އިރެެއް އެނގިފައެއް ނުވެއެވެ.

މި ވޭދަނައާ ގުޅިގެން މީހާ އެރަށް ވަނީ ކަރަންޓީން ކޮށްފައެވެ.

ޝާމިލް ވިދާޅުވީ، ރަށުގެ އާއްމު ހާލަތު ރަނގަޅު ކަަމަށާއި، ރަށުގައި ކޮވިޑް-19ގެ އަލާމާތްތައް ހުރި ބަޔަކު ނުފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު