އަނަންތަރާ ކިހާވަށް ރިސޯޓުން 31 މީހަކު އަދި ރެސިޑެންސް މޯލްޑިވްސް 15 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ އަނަންތަރާ ކިހާވަށް ރިސޯޓުން ފައްސިވި މީހުން ފެނުނީ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުން ކަމަށެވެ. އެގޮތުން ފުރަތަމަ ނެގި ސުންކުތަކުން 14 މީހަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ފަހުން ވެސް ބަޔަކު އެ ރިސޯޓުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

ނަޒްލާ ވިދާޅުވީ އެންމެ ފަހުން ނެގި ސުންކުތަކުން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެންވެ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ރެސިޑެންސް މޯލްޑިވްސް 15 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ނަޒްލާ ވިދާޅުވީ ރެސިޑެންސް މޯލްޑިވްސް އިހާ (ކްލަސްޓާ) އިން އެންމެ ފަހުން މީހަކު ފައްސިވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކާ މިވަގުތު އެންމެ ބޮޑަށް އޮތް އެއް ރިސޯޓަކީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓްގައެވެ. އެ ރިސޯޓްގައި 83 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އިރުވެލި ރިސޯޓްގައި ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.