ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް "ޖަޒީރާ ސައްލާ" ގެ ނަމުގައި ޑިޖިޓަލް ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

ޖަޒީރާ ސައްލާއަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރާ ފަރާތްތަކަށް ރައްޔިތުންގެ ހިޔާލު، ކަންބޮޑުވުންތައް އަދި ޝުއޫރުތައް ހިއްސާ ކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ސަރުކާރުން މީގެކުރިން ވަނީ "ޖަޒީރާ ހޮޅުއަށި" ނަމުގައި ކުރިން ބައްދަލުވުންތަކެއް ބާއްވައިފައެވެ. އެ ބައްދަލުވުންތަކުގައި އެކިއެކަންކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އެނގިގެން ގޮސްފައިވެއެވެ.

އޭގެ ތެރެއިން ބައެއް ބައްދަލުވުންތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އެ ބައްދަލުވުންތައް މުއްދަތެއް ނެތް ގޮތަށް ވަނީ ހުއްޓާލައިފައެވެ.

ޖަޒީރާ ސައްލާ ފަށާނެ ވަކި ތާރީހެއް އަދި ސަރުކާރުން އިއުލާނެއް ނުކުރެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ކޮވިޑް

  05 އަހަރު ވާއިރު ރައްޔަތުންގެ ޙިޔާލު ހޯދާ ނިމޭނެބާ؟ ރައްޔަތުންގެ ހިޔާލަކީ ދެއަހަރު ވެއްޖޭ ވީކަމެއްނެތޭ، ކަމެއް ވެފަ އޮތިއްޔާ އޮތްކަމަކީ ރައްޔަތުންގެ ލާރިތައް ކައި ހުސް ކުރުމޭ، ދެން އަވަހައް އިސްތިއުފާދީފަ މި ޤައުމުން ފިލައިގެން ދާށޭ، ހަޤީޤީ ރައްޔަތުންނާ ބައްދަލު ކުރާކަށް ނުވެސް ކެރޭނެ ، ހަމަ އެކަނި ރައްޔަތުންނަކީ އެމް.ޑީ.ޕީ މީހުންނެއްނޫން ރައްޔަތުން ނަކީ އެންމެހާ ދިވެހިން. ކެރޭނެބާ ބައްދަލު ކޮށްލަން؟

  31
  • ބޯހަލާކު

   ލާދީނީ ސައްލާކުރޭ..

 2. Anonymous

  ޖަޒީރާ ކަހެރުވަތް.

  25
 3. ފުތާބެއްޔާ

  ސިޔާސީ މީހުންނަށް އިނގޭ ދިވެހިންނަކީ ވަރަށް ފަސޭހައިން ހައްދާލެވޭ އަދި އަވަހަށް ކަންކަން މަތިން ހަދާން ނެތޭ ބަޔެއްކަން. އެހެންވެ އޭގެ ފައިދާނަގައިގެން ކޮންމެ އިންތިހާބެއް ކައިރިވީމަ މޮޅެތި ނަންނަމުގަ ރައީތުން ކައިރިޔަށް ދަނީ. އެ ގޮތުން ތި ސައްލާއަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ޖައްސާ އެއްޗެއް. ސައްލާ ނިމޭއިރު އެދައްކާލާ މޮޅެތި ވާހަކައިން ރައީތުން ހެދި ހުރިހާކަމެއް ފުރިހަމަ ވެފަވާ ހިޔާލީ ދުނިޔެއަކަށް ގެންގޮސް މުޅިން ވާވައްދާލާފަ އަތުގަ ހިފައިގެން ގޮއްސަ ބޭނުން ގޮތަށް ވޯޓު ވައްޓާލެވުނީމަ އެނިމުނީ ތި ސައްލާ. ދެން ތި ސައްލާގަ ކުރި ސައްލާއެއް ހަދާންހުރި ވެރިޔެއްވެސް ރައީތެއްވެސް ނުހުންނާނެ. ތިކަމަށް މިހާރު އެހުރީ "ސިޔާސީ ދޮގުހެދުން" ( ޕޮލިޓިކަލް ސައިންސް) ކިޔަވައިގެން އަރާ ހުރި މީހެއް ރައީސް އައްޔަންކޮއްފަ.

  17
 4. Happy

  ގޯތި ނުދެންޔާ މި ފަހަރު މާލެމީހުން މޑޕ އަކަށް ވޯޓެއް ނުދޭނެ!!

 5. ލޯބިވާ ވަޠަން

  ސާލިހް އަދި ވެސް ކަލެއަށް ނޭގޭ ދޯ ރައްޔތުންގެ ހާލެއް. 5 އަހަރު ދާނީ ކަލޭ ސައްލާ ކުރަނިކޮށް. ރައްޔިތުންނަށް ކަމެއް ކޮށްދެވޭތޯ ބަލާބަލަ ކަމެއް ކުރަންޏާ. ޥެރިކަމށް އައުމުގެ ކުރިން ވެސް ސައްލާކުރަން. ވެރިކަމަށް އައުމަށްފަހު ވެސް ސައްލާކުރުމުގަ.