މާލޭ ގެއަކުން ވައްކަންކުރި ދެމީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، އާންމުކުރި ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މާފަންނު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެެ.

މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރާއި އެކު، އެމައުލޫމާތެއް ހިއްސާކުރުން އެދޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 475287 އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ވައްކަން ކުރުން ވަނީ އާންމު ކަމަކަށް ވެފައެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެފަދަ ފަރާތްތަކުން ދެވަނަ ފަހަރަށް އެކަން ތަކުރާރު ކުރަނީ ކަމާއި ބެހޭ އިދާރާތަކުން އެންމެ އެދެވޭ އަދަބު ދެމުން ނުދާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ނުވާވަރު ކަންކަން ނުކުރޭ

  ތިމީހުންނަކަށް ނުވާނެ އެެެއް ކަމެއްވެސް ބޭކާރު ކަންކން ނުކުރޭ :

 2. ެއިސްމާލު

  މިވެރިން ކަމަކީ އިއުލާން ކުރުވުންތަ ހޯދަން ޖެހެނީ ރައޔިތުންތަ މީ ކޮންފާޑެއްގެ ޕޮލިހެ އް.. މިވެރިން ތާ އަބަދު މިއޮއްކުޑަތާ ޑި އުޓީ ކުރަނީ ނަމުގަ..ހުރިހާ ެައްޔިތުންއް އުނދަގޫ..ބަރާ ބަރަ އް ސަ އިކަލް ތަ އް ޓޯކުރޭ..ދަންވަރު ރެސްޓޯރަންޓްތަކަ އްވަދޭ..ގޮރޫޕްތަކާ އެހާ ފްރެންޑް..ވަގުހޯދަންޖެހެނީ އެއ އް ކަލަ ރަ އްޔިތުމީހާ.. އެންވީމާ އަންނމެން ..ޕޮލިހައްބަވަނީ..ސާފުބާ...ހުރިހާ ނުބަ އި ކަމެ އްގެ އަޑީގަ ކޮންބަ އެ އްތޯ....ސުވާ އަންނި އަށް؟؟؟

 3. ެއިސްމާލު

  ވަގު ހޯދަން ޖެހޭ ބަޔަކީ ރައްޔިތުންގެ ސައކަލް ޓޯކުރާ ޕޮލސް ކުދިން އޯކެ ސާފުވެއްޖެނާ...ލަދު ކޮބާ 24 ގަޑި އިރު ޑިއުޓީ މަރާ ބަ އެކޯ މި ކުޑަ ގަ އުމުގެ އެވަރު ކަމެ އް ނުހޭދޭ...ފޭކް ވާހަކަ ދއްކާ ޕޮލހުން...އެހެންވެ.. އަންނި އެބުނަނީ ތީ ސޯޓު ބްރީގަ އި އުޅެން ޖެހޭ ބައ އެކޭ..ސާފުބާ

  3
  1