މަޖިލިސް އިންތިހާބާށާއި، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތްޕުޅުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނެންގެވިކަމަށް ބުނާ 29 މިލިއަން ރުފިޔާއާއި ހަވާލުވެވަޑައިގަތީ ދަރިކަލުން ފާރިސް މައުމޫންކަމަށް ތުހުމަތުކޮށް، އެ ދަރަނި ނުދެއްކިކަން ސާބިތުކުރުމަށް ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފުލުހަށް ބަޔާން ދިނުމަށްފަހު ހެކި ހުށަހަޅައިފިއެވެ.

މި މައްސަލަ ދިޔާނާ ފުލުހުންނަށް ހުށައަޅާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެފައިސާ އަނބުރާ ނުދައްކަވާކަމަށް ތުހުމަތުކޮށް ޖާބިރު ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށައަޅާފައެވެ.

މި މައްސަލައާއި ގުޅިގެން ދިޔާނާ ވަނީ މިއަދު ފުލުހަށް ހާޒިރުކޮށް ތަހުގީގަށް ބަޔާނެއް ނަގާފައެވެ. މިކަން ހާމަކުރައްވަމުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔާނާއެކު މައްސަލައާ ގުޅޭ ބައެއް ހެކިވެސް ފުލުހުންނަށް ދީފައިވާނެ ކަމަށެވެ. އަދި ފުލުހަށް މި މައްސަލަ ހުށަހެޅުމަށްފަހު، މީޑިޔާގައި މި މައްސަލަ ފެންމަތިކުރަން މަޖުބޫރުވީ ދެހައަހަރު ވަންދެން ސުލްހަވެރިކަމާއެކު މަޝްވަރާކުރުމަށްފަހު ހައްލެއް ނުލިބުމުން ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ފުލުހަށް ހުށައަޅާފައިވާ ފާރިސްގެ މައްސަލައާއި ގުޅިގެން އެއިދާރާއަށް ހާޒިރުވުމަށް ޗިޓު ލިބުނު. ދެއަހަރަށްވުރެ ގިނަ ދުވަހު މަޑުން ހުރެވިއްޖެ. ހުރިހާ ޕާޓީއެއްވެގެން އެ މައްސަލަ ސުލްހަވެރިކަމާއި އެކު ހައްލުކުރުމަށް ބުނެވިއްޖެ.އެކަމަކު ރައިށް މައުމޫން އާއި ފާރިސް ދަނީ އެކަން ތަކުރާރުކޮށް ދޮގުކުރަމުން. އެހެންވެ އަޅުގަނޑު ޖެހުނީ ގާނޫނީ އިމުގެ ތެރެއަށް މައްސަލަ ގެންނަން" ދިޔާނާ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި ރައީސް މައުމޫނާއި ފާރިޝް ދަނީ އެފައިސާ ނަގާފައި ނުވާކަމަށް ބުނެ އެކަން ދޮގުކުރަމުންނެވެ. ނަމަވެސް ޖާބިރުގެ އަތްޕުޅުން ދަރަންޏަށް 29 މިލިއަން ރުފިޔާ ރައީސް މައުމޫން ނަގާފައިވާކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ އޭގެ ތެރެއިން 24 މިލިއަން ރުފިޔާ ރައީސް މައުމޫންގެ ވިދާޅުވުމަށް ދަރިކަލުން ފާރިސް މައުމޫނާއި ހަވާލުކުރެއްވި ކަމަށެވެ. ދިޔާނާ މިފަދައިން ވިދާޅުވެފައި ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވި ސިޓީއެއްގައެވެ.

ދިޔާނާ ވިދާޅުވީ، އިންސާފުވެރި ތަހްގީގަކުން އެފައިސާ ލިބުނު ފަރާތެއް ގާއިމު ނުކުރެވޭހާ ހިނދަކު މި ހިޔާނާތް ރައްދު ވަނީ ފާރިސްއަށް ކަމަށެވެ. އަދި އެ ފައިސާގެ ރަހުނުގެ ގޮތުގައި މައުމޫންގެ ގެކޮޅު، މއ. ކިނބިގަސްދޮށުގޭ ރަޖިސްޓްރީ ބާއްވައިގެން ވިޔަސް ފައިސާ ދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންނެވި ނަމަވެސް، އެ ރަޖިސްޓްރީ ކޮންމެހެން ބާއްވަން ބޭނުން ނުވާކަމަށާއި ރައީސް މައުމޫނުގެ ބަސްފުޅު ގެރެންޓީއެއްގެ ގޮތުގައި ފުދޭ ކަމަށް ޖާބިރު ވިދާޅުވެފައިވާ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މުބީނު މާރނީ

  ދިޔާނާ ތިހެއްދެވީ ރަނގަޅަށް. މައުމޫނު ގެ ޢާއިލާ އިން ދެކެނީ ވެރިކަމަކީ އެމީހުންގެ ވާރުތަ މުދާ ބޮނޑިއެއް ކަމަށް.

 2. ލޯބިވާ ވަޠަން

  މިމީހުން އެންމެން ވެގެން ރައީސް ޔާމީންގެ ވެ ރިކަން ބަދަލުކުރުމަށް ފައިސާ ދިނީ. މައުމޫނަށް ނުވަތަ ފާ ރިޝް އަށް ދިން ފައިސާއެއް ނަމަ ހު ރި ހާ ޕާޓީތައް އެކުވެގެން މައްސަލަ ހައްލުކުޜާ ވާހަކައެއް ނުދެއްކީސް. ޖާބިޜު އަށް ބޯކިބަލުން އެއްވެސް މިންވަ ރެއް ހިންނަވަ ރޭ ނުދިނީމަ މައްސަލަ ފެންމަތިވީ. ވ.ވެދުން.

  3
  1
 3. ޖޭމްސް

  ފުރަތަމަ ތިޔަ ލާރި ދިންކަން ސާބިތުކުރަން ހެކި ހުށަހަޅަންވީ އެއްނު؟