އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް" އާއި މެދު ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފައެއްދުމާއި ދޮގު މައުލޫމާތުތައް ފެތުރުން ހުއްޓާލުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިން މާދަމާއިން ފެށިގެން ޖަހަން ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ނިންމުމާއި ގުޅިގެން އީސީއިން ނެރިފައިވާ ބަޔާނެއްގައި ވަނީ ވެކްސިން ސިޔާސީ ކޮށްގެން، ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި، ނުތަނަވަސްކަން އުފެއްދުމަށް އެއްވެސް ސިޔާސީ ޕާޓީއަކުން މަސައްކަތް ނުކުރުމަށް ގޮވާލާފައެވެ. އަދި އެފަދައިން ސިޔާސީ ފޯރަމްތަކުގައި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ވާހަކަނުދެއްކެވުމަށް އީސީއިން އިލްތިމާސް ކުރައްވާފައިވެއެވެ.

މި ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ފަސ ކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 10 އެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް އީސީއިން އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ކުރިޔަށް އޮތް އިންތިހާބަށް ޕާޓީތަކުންނާއި ކެނޑިޑޭޓުން ތައްޔާރު ވަމުންދާއިރު ކެމްޕޭން ކުރުމަށާއި، އިންތިޚާބުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ރައްކާތެރި މާޙައުލެއް ޤާއިމްވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް އީސީއިން ފާހަގަކުރެއްވިއެވެ އަދި އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުކުރުމަށާއ،ި ގިނަ ބައެއްގެ ބައިވެރިވުން ހޯދުމަށްޓަކައި ރައްކާތެރި މާހައުލެއް ގާއިމް ކުރެވޭނީ ސަރުކާރުގެ ނިންމުމާއި އެއްގޮތަށް ވެކްސިން ޖަހައިގެން ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް-19 އަދި ކޯވިޑް-19 އަށް ރައްކާތެރިވުމަށް ދެވޭ ވެކްސިން ގުޅެގޮތުން ޞައްޙަ ނޫން މަޢުލޫމާތު ނުފެތުރުއްވުމަށް އީސީއިން ވަނީ ސިޔާސީ ޕާޓީތަކަށް އިލްތިމާސްކުރައްވާފައެވެ

އިލެކްޝަނުން މިފަދަ ބަޔާނެއް ނެރެފައިވަނީ އިދިކޮޅު ކޯލިޝަނުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިންގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށް ސަރުކާރަށް ގޮވާލަމުން ދާ ދަނޑިވަޅެއްގައެވެ.

މި ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެއްޗްއޯއިން އޭގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައި ނުވާ ވެކްސިނެއް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ހެލްތު މިނިސްޓްރީ ދޮށުގައާއި ދަރުބާރުގޭ ކުރިމަތީގައި މުޒާހަރާވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ބޯޖަލީލު

  އަޅޭ މިހިރީ ވޯޓު ވަގުދޯ

 2. Anonymous

  އީސީ ޝަރީފް ވާނެ އެންމެ ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ތެރެއިން ހިމެނެން. އެހާ ރައްކާތެރި އެއްޗެއްޖަހަން ފަސްޖެހެނީ ކީއްވެ.
  ފަސްޖެހޭނަމަ އަމިއްލައަށްވެސް ވެކްސިން ސިޔާސީކުރެވެނީ. އަދި އިތުބާރު ރައްކާތެރި އެއްޗެއް ނޫންކަމަށް ޚުދް ތިމާ އަމިއްލައަށްވެސް ޤަބޫލުކުރެވެނީ

 3. ޢަހު

  ކަލޭ ސިޔާސީވެގެން ރިޔާސީ އިންތިޚާބް ވެސް ވަގައްނަގާ ވޯޓް އޮޅުވާލީ ދެން ދެއްކޭނެ ވަހަކައެއް އެބައޮތްތަ؟ފައިސާ ފޮއްޗަކާހެދި ރިޔާސީއިންތިޚާބެއް ވަގައްނެގީ

  10
 4. ޜ

  ރާއްޖެ ހިފަން އެމްޑިޕީން ގޮވިއިރު ކޮބައިތޯ ތިޔަ ބޭފުޅުން

 5. Anonymous

  ރައްޔިތުންނޭ އިދިކޮޅުގަ ތިބީވެސް. އެކަމަކު އީސީއަށް ރައްތިތުންަށްވަނީ ގަދައަށް ރީނދޫ ހުންޖެހި ދެލޮލަށް ފުސް އަރާ ނުފެންނަ ހާލުގަ ތިބި އަދުއްވުން އެކަނި. ކޮންމެ ކަމަކަށް އަގަކޮއްޕަން އީސީ މިއީ މާ މޮޅު ތަނެއްތަ.

 6. މުހައްމަދު

  އިލެޝަން ކަމިޝަންގެ މަސައްކަތް ބަދަލުކުރީ ކޮންއިރަކުތޯ؟

 7. ބޯގޯސް

  ތިޔަ ވެކް ސިނެއް ލަޑަންފެށިފަހުން ހީވޭ ވަކިން ގިނަވެއްޖެހެން ޕޮޒިޓިވް ވާމީހުން ކިހިނެއްތަ ތިޔަ ހަދަނީ

 8. އޮޅުވާލި ވޯޓު

  ދަރިންނޭ ތި ށަރީފުއަކީ ރައްޔަތުންގެ ވޯޓުން ވައްކަންކޮއްފަހިރި މީހެއްކަން ހަދާނުގަބަހައްޓަންޖެހޭނެ މި ހާރުއަނެއްކާ އެއުޅެނީ ރައްޔަތުން އޮޅުވާފަ ބާތިއްބާ އަނެވޯތުން ވައްކަންކުރަން ވިސްނާ ވިސްނާ

 9. ތިމަރަގަފޫރު

  އީސީގަތިބީސިޔާސީމީހުން،ފުލުހުންގެއިސް
  ސަފުސިޔާސީ،ފަޑިޔާރުގެތައްސިޔާސީ ހުރިހާމިނިވަންމުއައްސަސާއޮތީއިބޫރައީސް
  މޭޒު ކޮޅުމަތީއަތުރާފަ

 10. ތިމަރަގަފޫރު

  ސިޔާސީޕާޓީސިޔާސީވާނެއޮޅުވާނުލާ

 11. ހަވާސާ އިބޫ

  ވެކުސިން ސިޔާސީ ކުރީކީނޫން ހަގީގަތް ހާމަކުރީ ޑަބްލިޔޫ އެޗުއިން އަދިވެސް އެޕްރޫވްނުކުރެޔޭ މިބުނަނީ