އއ. މަތިިވެރިން ދެ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން ފައްސިވެފައި ވަނީ 21 ވަނަ ދުވަހު އެރަށުން ފައްސިވި ދެމަފިރިންގެ ކާފަ ދެ ދަރިންނެވެ.

އެ ދެމަފިރިން ފައްސިވުމަށްފަހު އެގޭގައިވެސް އެންމެންވެސް ކަރަންޓީން ކުރިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މި މަހުގެ 21 ވަނަ ދުވަހު ދެމަފިރިން ފައްސިވުމުގެ ކުރިން އެތަނުން ކުއްޖަކު ސްކޫލަށްވެސް ދިޔަ އެވެ.

އެރަށު ކައުންސިލް ރައީސް އިސްމާއިލް އާތިފް ވިދާޅުވީ، އެ ކުދިން ފައްސިކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން އިއްޔެ ކޮވިޑް-19 އަށް ޓެސްޓު ކުރުމުން ކަމަށެވެ.

އަދި ފައްސިވި ދެމަފިރިން ތިބީ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށްވެސް އާތިފް ވިދާޅުވިއެވެ. ކައުންސިލުން ކޮވިޑް ޖެހިފައި ތިބިމީހުންނަށް ބަހައްޓަން ހާއްސަ ތަނެއް ކަނޑައަޅާފައި ވެއެވެ.

އެރަށުން މި ކުދިން ފައްސިވުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް މިހާރު އެރަށް ވަނީ މޮނީޓަރިންގއަށް ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު