ކޮވިޑް-19 އާ ގުޅިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑިއަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަ ފަދަ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާންގައިވެއެވެ.

ފިހާރަތައް ހުޅުވާފައި ބަހައްޓަން ޖެހޭ ގަޑިއަށް އިކޮނޮމިކް މިނިސްޓްރީން އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އެގޮތުން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި، ފިހާރަ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ، ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށް ބުނެފައި ވެއެވެ.

އެކަމަކު، މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ސައިހޮޓާ، ކެންޓީން، ކެފޭ، ރެެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށެވެ.

އިކޮނޮމިކް މިނިސްޓްރީން މިގޮތަށް ނިންމި އިރު، މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

އަލަށް އެޅި ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ކާފިއު ދެ ހަފްތާ އަށް ދިގު ދަންމާލުމާއި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އާ ހަމައަށް މާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ދެ ހަފްތާ އަށްމަނާ ކުރުން ހިމެނެއެވެ.

މީގެއިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ކުރުމާއި ޔުނިވަސިޓީތަކާއި ކޮލެޖްތައް ކުރިއަށް އޮތް ދެ ހަފްތާގައި އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުތައް ދެ ހަފްތާއަށް ހުއްޓާލުން ހިމެނެއެވެ. އަދި އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބީިރުބެއްޔާ

    މިފަހަރު މިއުޅެނީ ސްކޫލް ކުދިންނަށް ނެޖެހޭ ކޮވިޑް ގެ ވައްތަރެއް. ޢާން އެހެންޏާ، މާސްޓަރސް ހަދާ މަންމަ ބަލީގެ ނުރައްކަލާ ހުރެ އޮންލައިންކޮށް ކިޔަވަން ޖެހެނީ. ޢެކަމަކު ރައްކަަތެރި ކަމުން ދަރިފުޅު ސްކޫލަށް...ބޯ ހަލާކު😇

    23
    • ފާތުމަ.

      މުޅި ދިވެހި ރާއްޖެއަށް ބެލިޔަސް އެންމެރައްކާތެރި ކަމުގެ ފިޔަވަޅުތަޢް މިވަގުތު އެންމެ ޒިންމާދާރު ކަމާ އެކީ އެޅިފައި ހުރީ ސްކޫލްތަކުގައި. މީގެ މައިގަނޑު އެއްސަބަބަކީ ސްކޫކުތަކެގެވެރިންގެ ބޮލުގައި އެޅިފައި އޮތް ބޮޑުޒިންމާ.ގައުމުގެ ކުރިމަގު އަހަރުމެންގެ ލޮލުގެ ފިނިކަން ކަމުގައިވާ އަރުމެންގެ ދަރީ އެމީ ހުންނާ ހަވާލުކުރެވިފައިވުން.އޮފީސް ތަކާ ކޮލެޖުތަކަށް ދާމީހުން ރައްކާތެރި ކަމުގެ ފިޔަވަޅެއްނާޅާ.ގުރޫޕު ހަދައިގެން ކެންޓީނަށާއި ކެފޭތަކަށް ގޮސް ގައިދުރުކަމެއްނެތި އުޅެނީ. މީގެ ނަތީޖާއަކީ ގިނަމީހުން ތަކެއް ކޮންޓެކްޓްވެ ބަލި ޖެހޭ މީހުން ގިނަވުން.ސްކޫލް ތަކުގައި އެއްކުއްޖެއް ނެއްކުއްޖަކާ ކޮންޓެކްޓެއްނުވާނެ. ހުރިހާ އިރަކުވެސް ގައިދުރުކަން އޮވޭ.ކުދިން މަސްހުނި ވެގެން ކުރާ އެއްވެސް ކަމެއް ނުކުރޭ.އަބަދުވެސް ކުދިން ތިބެނީ ކޮންމެވެސް މީހެއްގެ ބެލުމުގެ ދަށުގައި ގަވައިދުގެ ތެރޭގައި .

      3
      2
  2. ރެފްރީ

    އަދުރޭމެން ނަމަނަމަ މިކަމާދެކޮޅަށް މުޒާހަރާކުރަންނުވިސްނާތި!!

    10
    2
    • Anonymous

      އެކީއްވެބާ؟ ބަލަ މިނިވަން ދީމިގްރާތީ ގައުމުތަކުގައި އިދިކޮޅަކީ ސަރުކާރުން ކުރާ ކަންކަން ހަމަ މަގަށް އަޅުވަން ތިބޭ ބައެކޭ. މިކަން ކުރެވެނީ 2 ގޮތަކަށް. މަޖްލިހުގެ ތެރެއިންނާއި، އެއްވެ އުޅުމުން. އެހައްޤުތަކަކީ ބައިނަލްއަގްވާމީ ގާނޫނުންވެސް ލިބޭ ހައްޤެއް

      2
      1
  3. ގެންނާށޭ

    ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ވެކްސިނަށް ރެޖިސްޓްރީވާން ހުޅުވާލައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު ތިޔާ އިންޑިއާ އިން ގެނެސްގެން އުޅޭ ވެކްސިން އަކީ ޑަބްލިޔުއެޗްއޯ ގަބޫލުކުރާ ވެކްސިނެއް ނޫނޭ ދެން އެފަދަ ވެކްސިން ރިސޯރޓްސް ތަކުގެ މުވައްޒަފުން ގަޔަށް ޖެހުމުގެ ކުރިން އެމެންނަށް ފައިޒާ ވެކްސިން ޖެހުމުގެ ފުރުސަތު ދޭން ޖެހޭނެއޭ އިނގޭތޭ އިންޑިއާ ވެކްސިން މަމެން ޖަހަން ބޭނުމެއް ނޫނޭ...

  4. އަޅީ

    ތިޔައީ ގަވައިދު،ރަނގަޅު ކޮންބައެއްތޯ ތަން ފީޒު ކުރަނީ ޕޮލިހުންތޯ ..ދެން ތިކަމެއްނުވާނެ ވަކި ފިހާރަތަކެއް ވަކިރެސއޓޯރަންޓް ތަކެއް ހުންނާނީ ބޭނުން އިރަކު ހުޅުވާފަ..ސަބަބަކީ ހިހްލާސްތެރިކަން ތެދުވެރިކަން ނެތުން..

    2
    1
  5. އަސްލު

    ހާދަ ހީވެޔޭ މިއީ މުޒާހަރާ ހުއްޓުވަން ކޮށްގެން އުަލޭ ކަމެއްހެން...އެހެންޔާ ނުލާހިކު ބޮޑަށް ކޮންޓްރޯލް ވެފައި އޮވެ ފަ މިހެން ކުއްލިއަކަށް ކޭސްތައް އިތުރެއްނުވާނެ ދޯ...އެވެސް ހަމަ މުޒާހަރާ ދުވަސްވަރާ ދިމާކޮށް...🤔

  6. އަމީގޯ

    ދެން ފިހާރަ ބަންދުކޮއްފަ ސޭޓު ގެއަށް ދާނީ އަހަކައްތަ އަރައިގެން މާފަންނު އިން ހެންވޭރަށް. ނެތްތަ އެކަމަށް ހުއްދައެއް ދެވޭކަށް

  7. ޔޫ ސަސް.

    އޮކެ.