އައްޑޫ ސިޓީ ހުޅުމީދޫއަށް އަރާ ފޭބުން މަނާ ކޮށްފި އެވެ.
އެރަށަށް އަރާ ފޭބުން މަނާކޮށް، އެރަށަށް މިހާރު ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލިޔުން ފޮނުވާފައެވެ.
އެރަށް މޮނީޓަރިންގއަށް ލައި ނެރުނު އެންގުމުގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.
އެރަަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ އެރަށުން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެގެންނެވެ. ފައްސިވި ހަތަރު މީހުންނަކީ ކަރަންޓީންގައި ތިބި ބައެއް ނޫނެވެ.
އެރަށުން ޖުމްލަ ހަތް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ކޮބަ ވަގާމެންނޭ