މޯލްޑިވްސް ގޭސް އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެ ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ/ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ އިކްރާމް 14 ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

އޭނާ 14 ދުވަހަށް ސަސްޕެންޑްކޮށްފައި ވަނީ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.

އެ ކުންފުނިން ހުރިހާ މުވައްޒަފުންނަށް ފޮނުވި ސާކިއުލާ މެމޯއެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ ބޯޑުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން، އަލީ އިކްރާމް، ކުންފުނީގެ ބޯޑުން ވަކި ގޮތެއް އަންގަންދެން ދޭއް ފެބްރުއަރީން ފެށިގެން ވަޒީފާގެ މަސައްކަތައް ނުކުތުން 14 ދުވަހުގެ މުއްދަތަކަށް ހުއްޓުވުމަށް ބޯޑުގެ ބައްދަލުވުމުން ނިންމާފައިވާކަން އަންގާ ކަމަށެވެ.

އެ މެމޯގައި ބުނެފައި ވަނީ، ބޯޑުގެ ނިންމެވުމުގެ މަތިން އެ ދުވަހުން ފެށިގެން ބޯޑުން ވަކިގޮތެއް އަންގަންދެން ކުންފުނީގެ ހިންގުމާއި ހަވާލުވެ
ހުންނާނީ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އަހްމަދު ސާލިމް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކުލީ އަޅު

    ކާކު މައްސަލަ ހުންނަނީ، އަހަރެން މައްސަލަ ނެތީ ، ބަކަރި މައްސަލަ ހުންނަނީތަ، ބަލަންޖެހެނީ ދޯ

    5
    1
  2. ބޯގޯސް

    ތިޔަލިބުނީ އަނީޔާ ލިބުނު މީހުނައް އިންސާފު މިހު ރީ އެމްޑީޕީގެ ކިނބޫ އިންސާފު ހު ރިގޮތް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ސާދަދުވަހައް ކަ ރަންޓީންކޮއްލީ 14 ދުވަސްފަހުން އޮފީހައް ޕަކާސް

    11
  3. މަރޭ ތިނަދޫ

    14 ދުވަސް ފަހުން މަސައްކަތަށް ނެރޭނެ.އެކަމަކު އަންހެން މުވައްޒަފު މަގާމުން ވަކިކުރާނެ އެހެންނޫނީ އެތަނުގައި އުޅުމަށް ދަތިވާނެ.އިކްރާމް ތީ ވަރަށް ނުފޫޒުގަދަ މީހެއް.މެމްބަރު ސަނީފުގެ އަރިސް މީހެއް.ދެން ކުރިޔަށްވުރެން ބާރުގަދަވާނީ.

    11
  4. ތިންބާރު

    ވަޒީފާއެއް ލިބުނަސް މީހާގެ ފެންވަރު އޮޅިގެންނުވާނެ.
    ތިމާގެ ދަށުން މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަކީ އިތުރު ދަރަޖަޔަކަށް އިހްތިރާމް ދީގެން އަޅާލުން ދޭން ޖެހޭ ބައެއް.
    ތިކަހަލަ ހަޑިހޭވީމާ އާއިލާ ބަރުބާދުވީ، އެއްބަޑު ތިމާގެ މީހުންނަށް މަގުމައްޗަށް ނިކުންނަންނުކެރޭ.
    މިހާރު ރަށު ކައުންސިލުގައި އުޅުނުއިރު ކަންކުރިގޮތުގެ ވާހަކަ ރަށުތެރޭ ދެކެވޭ އެބަ.

  5. ރަމީޡަ

    ވަޒީފާ ދޭންވީ ތައުލީމީ އަދި ޑިސިޕްލިބް ރަނގަޅު މީހުންނަށް.
    ވަކި މެމްބަރެއްގެ ގާތްމީހަކަށް ވަޒީފާއެއްދޭން އުޅުނީމާ ކަންކުރެވޭނީ އިންސާފުންބޭރުން.
    މުޅިތިނަދޫގެ އަގުވައްޓާލައިފި.

  6. ސަރާ

    އިސްލާމްދީނުގައި ބާލިއުޗެ ފުރާފުރިހަމަވެ ބޮޑުމީހަކަށްވީމާ މީހަކާއި އަވަހަށް އިބްނަން ބާރުއަޅަނީ ސަބަބުތަކެއް ނެތިއެއްނޫން.
    ވީމާ ތިސޮރުކައުރީވެސް ބުނޭ އަވަހަށް މީހަކާއި އިންނާށެ.
    ޢެއިރުން ތިކަހަލަ ކަންކަމުން ދުރުވެވޭނެ.

  7. ސައުދު

    ބަކަރީގެ ނަން ގިތަލަށް ބަދަލު ކުރީމަ ހ ހުންނާނީ ރަނގަނޅަށް

  8. އަފްސީ

    މީ ހުން ބްލެކްމެއިލް ކުރެއޭ ކިޔާއަޑުވެސް އަހަމެވެ.

  9. އަސްލު ވާހަކަ

    މޯލްޑިވް ގޭސްގައި ވަޒީފާ އަދާކުރަނީ އިންސާނުން ކަމަށްވާތީވެ، އެތަނުގައި "ގޮސިޕްސް" ހހހދައުރުވާން ބޭނުންނުވާ ކަމަށްބުނެ، ގަދަބަސް ވިދާޅުވެ ނިންމުންތައް ނިންމި ބޭފުޅެއް. މިއަދު މުޅި ސޯޝަލް މީޑިއާގައި "ގޮސިޕްސް" ދައުރުކުރާތަން މި ފެންނަނީ. ﷲގެ ތަޤްދީރުފުޅުން ކޮންމެ ނުބައި ދުލެއްގެ ބަސް އެ ދުލެއްގެ ވެރިޔާގެ ނިތްކުރިޔާ ހަމައަށް ރައްދުކުރައްވާ ގޮތުގެ ފުރި ހަމަ ކަމާއެވެ!