މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މަގާމުން ވަކިކޮށްފިއެވެ.

ޝަރީފް މަގާމުން ވަކި ކުރިއިރު އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަނުން ވަކިވި ބޭފުޅުން މިހާރު އުފައްދަވަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" އަށް އޭނާ ވަނީ ސޮއި ކުރައްވައިފައެވެ.

އޭނާ ވަކި ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

މަގާމުން ވަކި ކުރި ނަމަވެސް ޝަރީފް ވިދާޅުވީ އޭނާ މަގާމުން ވަކި ކުރި ނަމަވެސް އެއީ ސިޔާސީ މަގާމެއް ނޫން ކަމަށެވެ. އަދި އޭނާ އެ މަގާމަށް އައްޔަނުކުރީ ކޮންޓްރެކްޓް އުސޫލުން އެސްޓީއޯއިން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިން ޑިމޮކްރެޓްސްގެ ހަރަކާތްތަކުން ފެންނަމުންދާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި ހުސެއިން އަމްރު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ފަހުން އޭގެ ފަހުން އެންވަޔަރަމަންޓް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު މުހައްމަދު ހަމްދާނާއި އަނބިކަނބަލުން އަދި ހޯމް މިނިސްޓްރީގެ އާޝިޔަތު އަލައިކާ އަދުނާން އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު ފަދަ ބޭފުޅުން ވަނީ ވަކިކޮށްފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސްމިތު) ވެސް މިއަދު ވަނީ ވަކިކޮށްފައެވެ.

ދަ ޑިމޮކްރެޓްސް އިން ބުނެފައިވާ ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކި ކުރުމުން ދޭހަވަނީ ރައީސް ސޯލިހްގެ ފިނޑި ކަމެވެ. ސިޔާސީގޮތުން ހިޔާލު ތަފާތުވުމުން ތައުލީމާއި ތަޖުރިބާގެ ގޮތުން ގާބިލު ފަރާތްތަކަށް ސަރުކާރުގައި ހިދުމަތްކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ގައުމުގެ މުސްތަގްބަލަށް އެޅޭ ހިޔަންޏެއް ކަމަށް ވެސް ދަ ޑިމޮކްރެޓްސް އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެންްް

    ތިކަންކުރަން މާލަސްވެސް ވެއްޖެ. ސަރުކާރުން ދީފަހުރި ވަޒީފާއެއްގައުޅެ ސަރުކާރަކަށް ޖެއްސުމެއް ނުކުރެވޭނެ. ޗަރުކޭސް ކުޅޭނީ އަންނިއާއި އެކީގަ. ފަޔާއަކާއި ނުކުޅެވޭނެ. މަގާމުވެސް ބޭނުން، ފައިސާވެސް ބޭނުން، އެކަމަކު ކާންދޭ އަތުގަ ދަތްއަޅަން އޯކޭ. ބަންގުދޭޝް މީހުން ބުނާހެން ތީނަ އިންސާނުނެތީނު.

    10
    8
  2. ޢަހު

    ފައްޔާ ތަ ވެިކަމުގަ ހުރީ މަހީކުރީ އިބޫކަމަށް

  3. މޮޔަމީހާ

    ޢިބޫއަށް ބުނެލަން އޮތީ ޑިމޮކުރެޑޓިކުއޭ ކިޔާފަ އިބޫސަރުކާރުން ރައިއިތުންނަށް ބާރުގެ ބޭނުން ކޮށްގެން ވަޒީފާތަކުން ވަކިކުރުން ތީބަލަޢި ގަނެވޭނެ ކަމެއްނޫން،،ބަޔަކު ފާޅުކުރާ ށިޔާރަކުން ބުނާބަހަކުން ވެރިކަން ކުރާ ފަރާތުން ރައިއިތުމީހާ ނިކަމެތިކޮށް ވަޒީފާއިންވަކި ކުރުންތީ ވ ލަދުކުޑަ ލާއިންސާނީ އަމަލެއް،،،،ތީ ޑިމޮކުރެސިކް ވެރިކަމެއްނޫން ތީލާއިންސާނީ ހުދުމުހުތާރު ހަޑިހޭވުމެއް،..☠