ނިޔާވެފައި އޮތް މީހެއްގެ ހަށިގަނޑު މާލެ ގެއެއްގެ ތެރެއިން ފެނިއްޖެ އެވެ.

އެ މީހާގެ ހަށިގަނޑު ފެނިފައި ވަނީ މާލެ މާފަންނުގައި ހުންނަ ގެއެއްގެ ތެރެއިން ކަމަށް ދި ޑެއިލީ ނޫހުން ބުނެފައި ވެއެވެ. އެ ނޫހުން ބުނެފައި ވަނީ އެ މީހާއަކީ ނިޔާވެފައި އޮންނަތާ ދެ ދުވަސްވީ މީހެއް ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނުނީ 20 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ބަންގްލަދޭޝް މީހަކު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް އިއްޔެ 11:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ، ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން ތަހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

އަދި މި މައްސަަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާ ނިޔާވެފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި ކަަމަށާއި، އޭނާ ގެންގޮސްފައި ވަނީވެސް ފަތިހުގެ ވަގުތެއްގައި ކަމަށެވެ.