އައްޑޫސިޓީ ހުޅުމީދޫއިން އިތުރު 6 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހުޅުމީދު ކައުންސިލަރ އިބްރާހިމް ޝުކުރީ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެރަށުން ފައްސިވި މީހުންގެ ޖުމުލަ އަދަދު މިހާރު 24 އަށް އަރާފައިވާ ކަމަށާއި އެ އެންމެނަކީވެސް ބިދޭސީން ކަމަށެވެ.

އެ ބިދޭސީންނަކީ ބަނދަރު ސަރަހައްދުގައި ހުންނަ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ ބިދޭސީން ކަމަށް ވާއިރު އެ ރަށުން ބައެއް ދިވެހިންނާއި ގާތުން އެއްތާވެ އެ ގެތައް އަދިވެސް ހުރީ ކަރަންޓީނުގައިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

"63 ވަރަކަށް ސާމްޕަލް ނެގި. 3 ސާމްޕަލް އަލުން ޓެސްޓު ކުރަން ޖެހޭ. ދެން ސާމްޕަލް ނެގޭނީ 24 ގަޑި އިރު ފަހުން. 5 ދިވެހިންގެ ސާމްޕަލް ނެގި އެ އެންމެން ނެގެޓިވް. ޕޮސިޓިވް ވެފައި ވަނީ ހުސް ބިދޭސިން. އެކަމަކު ސާމްޕަލް ނެގެޓިވް ވިޔަސް ގެތަކުގައި މޮނިޓަރިންގައި ތިިބި މީހުން ތިބޭނީ އެގޮތަށް ރައްކާތެރިކަމަށްޓަކާ." އޭނާ ވިދާޅުވިއެވެ.

ހުޅުދޫއިން އެންމެ ފުރަތަމަ މީހަކު ފައްސިވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ. އޭގެ ފަހުން މީގެ ދުވަސް ކުރިން އެރަށުން ފައްސިވެފައިވަނީ އެމްޓީީސީސީ ސައިޓުގައި މަސައްކަތް ކުރި ދެ ބިދޭސީންނެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ގޮތަކަށް އެރަށުން މީހުން ފައްސިވެއެވެ.

ހުޅުމީދޫ އެމްޓީސީސީ ސައިޓުގައި ޖުމްލަ 60 ވަރަކަށް ބިދޭސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލައިލާއަލީ

    ތިވަރު އަނިޔާނުދީ އެމީހުން ދޫކޮ އްލާ މީހަމަ އާދަ އިގެ ގޮތަކަ އް އުޅެންވީ ވަގުތު ކޮންމެހެން ނުޖެހޭ ބަޔަކާ އަދި ދުރުން ދިމާވެ ފެނުނަސް ހިފާ ހަ އްޔަރު ކުރާކަ އް އެމްޑީޕީ ޔަ އްވޯޓު ދިނީ ރަ އްޔިތުން ބިކަހާލުގަ ޖަ އްސާ ގޭގަ ބަންދު ކުރާކައްނޫން