ހަލުވިކަމާއެކު، ކޮވިޑް-19 ފެތުރެމުންދާތީ މިއަދުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފިއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ދިރިއުޅޭ މީހުން ބޭރަށް ނުކުންނަ ނަމަ، މިއަދުން ފެށިގެން މާސްކު އެޅުން މަޖުބޫރުކޮށް އެ އިދާރާއިން ވަނީ އާ ގައިޑްލައިނެއް އެކުލަވާލައިފައެވެ.

މި ގައިޑްލައިންގައިވާ ގޮތުން މާސްކް ނާޅައި ބޭރަށް ނުކުންނަ ކޮންމެ މީހަކު ވެސް 1000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. ފުލުހުން ނޫޅޭ ރަށްރަށުގައި ޖޫރިމަނާ ކުރުމުގެ މަސައްކަތް ކުރާނީ އެ ރަށެއްގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ.

ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވާވާ ގޮތަށް މާސްކު އެޅުމަށް އަންގާފައިވާ އިރު، މި އެންގުމުން އިސްތިސްނާވާ ފަރާތްތަކެއް ވެސް ހިމެނެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތުގައި އާއި، އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުންނާއި .ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތުގައެވެ. އެނޫން ފަރާތްތަކަށް މާސްކް އެޅުން މަޖުބޫރުކޮށްފައި ވަނީ އަތޮޅުތަކުގެ ރަށްރަށުން މި ނުރައްކާތެރި ބަލިމަޑުކަމަށް ހުށަހެޅޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީއެވެ.

އެގޮތުން މި ފަހުން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވެފައިވަނީ ބަލީގެ އައު ވޭރިއަންޓް އުޅޭތީ ކަމަށް ޑރ.ޝީނާ މޫސާ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ ތިން ބައިކުޅަ އެއްބައި މީހުންނަކީ ބަލީގެ އާ ވޭރިއަންޓް ޖެހޭ މީހުންކަމަށް ޑރ.ޝީނާ ވަނީ ވިދާޅުވެއެވެ.

ރާއްޖެއިން މިހާތަނަށް 16656 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު މި ބަލިމަޑުކަމުގައި 54 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޖަނާޒާ

  އެތައް މިލިއަން މާސްކް ބޭރުގެ ޤައުމުތަކުން މި ރާއްޖެ ފޯރު ކޮށް ދިންތޯ؟ އެންމެ މާސްކެއްވެސް ދިވެހި ރައްޔިތަކަށް ފޯރުކޮށްދެއްވިންތޯ. ހިލޭ ލިބުނު އެ މާސްކްތަކަށް ހެދީ ކިހިނެއްތޯ. ތިޔަ ތިބީ ސަރުކާރު ހިންގިފައި.

  12
 2. އަނގަ ގަދަމިތުރު

  މާސްކް އަޅަންވީ ކޮންތާކު ކިހިނެ އްކަން ބަ އެއ އް މީހުނައް ނޭގޭތީ ދެރަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ..

  7
  2