މާލޭގައި މަޖާކޮށްލެވޭ މަރުކަޒުތައް ގާއިމް ކުރުމުގެ ގަރާރުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
އެ ގަރާރަކީ މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހިނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށާއި، އެމަރުކަޒަކީ ޒުވާނުންގެ މިޔުޒިކުގެ ފަންނު އިތުރަށް ތަރައްގީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެންހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރެއް ކަމަށް ވިދާޅުވެފައި ވެއެވެ.
އެ ގަރާރުގައި ވަނީ، މާލެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކަކީ އެމައްސަލަތަކުން އެއްކޮށް އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއް ކަަމަށާއި، މާލޭގައި މިއޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުސަތުތަކުގެ މަދުކަމުގެ މައްސަލަތަކުގެ ސަބަބުން ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައިވާ ކަމަށެވެ.
އަދި ސަރުކާރުން ކަންކަމަށް ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެލޭނޭ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް އެ ގަރާރުގައި ވެއެވެ.
އަދި ޒުވާނުންނަށް މާލޭގައި އެއްވެ އުޅެވޭނޭ އެފަދަ ހާއްސަ ތަންތަނަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށާއި، ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ހިނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނޭ މަރުކަޒަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް އެ ގަރާރުގައި ވެއެވެ.
ދިވެހި ލަވައާއި މިއުޒިކްގެ ޝައުޤުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެންވެސް ކުރާންޖެހިފައި އޮތް ކަމެއް ކަމަށާއި، ދިވެހީންގެ ސަގާފަތް އަންނާން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްޢޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމަށްވެސް އެ ގަރާރުގައި ވެއެވެ.
އެހެންނަމަވެސް، އަންނާން އޮތް ޖީލަށް ދިވެހީންގެ ސަފާގަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށްނުދެވުން ބިނާވެފައިވަނީ، މިއަދު ދައުލަތުން ޒުވާނުންނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށްވެސް އެ ގަރާރުގައި ވެއެވެ.
ބިރަކާ ނުލާ މަޖާކުރުން އެމް.ޑީ.ޕީ ގެ ސިޔާސަތު،
ހޫން މަޖާ ނުކޮށް އުފާ ނުކޮށް ރޫހާނިއްޔަތަށް ހުސްވެގެންނޭ ތިޔަ މީހަ ތިޔަ އުޅެނީ.. ދިވެހިން ވާހަކަ ދައްކަން އުޅޭނެ ދީން ފެންނާނި ތިމާއަށް ނުވާކަމެއް މޮޅެއް އެހެންމީހަކަށް ލިބުނީމަ ނޫނީ ސިޔާސީ ވާދައެއްގަ.. ގިނަ ހުކުރަށް ނޫނީ ވާނި މިސްކިތަކަށް އެރި ހަނދާންވެސް ނުވާ މީހުން
މިސްކިތްވީމަ ކޮވިޑު ޖެހިދާނެތީ ބަންދުކުރަންވީ.. ކާފަރު ވައްތަރުތަކަށް ނަށަންވީމަ އޯކޭ.. އެޖެންޑާ 19 ހަމަ ތަފާތީ. ސަދޫމް ސްޓައިލްއާ ދިމާލަށް ނުދިޔައަސް ރަނގަޅު މިވަރުން ދަންޏާ
އެއީ އެމީހުން ވެރިކަމައް އައި ބޭނުން، ބިރަކާ ނުލާ މަޖާ ކުރާ މަރުކަޒެއް ގާއިމް ކުރުން، އެތަނުގަ ޖުވާޔާ ރާބުއިން،
ޢެކަން ނުވެގެން އެމީހުން އެ ތެޅިމަރުވަނީ...
ތިޔަ މަރުކަޒްގަ ރަލާ އޫރުމަހާ ޖުވާ ނުހުންނާނެ ކަމާމެދު ސައްކު..
ހަމަ ކަށަވަރުން ހީތަކުގެ ތެރެއިން ބައެއް ހީއަކީ ބޮޑު ވެގެންވާ ފާފައެކެވެ.. ތީން ތިތަ ފެންނަނީވެސް ނަގަނީވެސް ލޯވި ވަނީ ވެސް އެއް ގަނޑުންނެވެ.. ތިޔަށް ކިޔަނީ ދެއްކުންތެރިކަމެވެ.. ޒާތެއްގެ ބަލިމަޑުކަމެކެވެ
މަޖާކުރާ މާލަމް އަކީ ޑީޖޭ..
ޑީޖޭ އެއް ހަދަނީދޯ، ކަލޭމެން އައި ކަންތަން ކުރަންވާނެ ކޮންމެހެންވެސް... މިހާރު ކިނބުލައް ވޯޓް ދިން މީހުން ހުންނާނެ ހޭއަރާފަ.. ރާކަނިމަސް ކެވިއްޖެނު
ސާބަހޭ ބިރަކާ ނުލާ މަޖާކުރުން.......ބިރުވެތިވެބަލަ ﷲއަށް
ތިޔަކަން އެންމެ ފުރިހަމަ އަށް ކުރާނެ. އެކަމަކު ހުޅުމާލެ ދެވަނަ ފޭހުގަ މިސްކިތެ އް އަޅަންވީމަ މިޖެހެނީ ވަގުތީ މިސްކިތެ އް އަޅަން. އެހެންތާ ވާނީ އެތަނަށް މީހުންދާން އެ އުޅެނީ ކުށްލިޔަކަށް.
ނައިޓު ކުލަބު
سبحان الله މި އުޒިކާ ލަވަ ހު އްދަކުރުން ދުނިޔެގިޔާމަތްވުމުގެ ޢަލާމާތެ އް
ޔާމީނު އިރު ބޮޑެތި އައިޑޮލްތައް ގެނެސް ބޭއްވިއިރު ދިޔަ ދީނީ ބޭޅާ ކޮބާ ފަތުވާއެއްވެސް ނުދޭ އޭރު ހުއްދަ މިހާރު ހަރާމް.. ކޮބާ ދަލީލު؟؟ ބުރެކެޓް ޖަހައިގެން މާނަ ނުނެރޭ ސާފު ދަލީލެއް ދައްކާ.. ހަރާން ކަން ކަން އޮތީ ސާފުކޮށް ބަޔާންކޮށްދީފަ.. ބުރެކެޓު ޖަހައިގެން އަރަބި ބަސްބަހުން އެމީހަކު ހިތަށް އެރި މާނައެއް ނެރި ކަންކަން ހަރާން ކުރާ އުސޫލަކުން ނޫން ދީން އޮތީ
އޭ ބުރެކެޓްބެ. ކަލޭ މިއުޒިކް ހުއްދަ ކުރަންޏާ އެހެން ދީނަކަށް ނޫޅެވިގެން ތިއުޅެވެނީ. ކަލެޔަށް ގުރުއާންގެ މާނަ ބަލަން ނޭނގުން ނޫނީ ޙަދީޘް ކިޔަން ނޭނގުމަކީ އިސްލާމްދީނުގަ މިއުޒިކް ހުއްދަވާންވީ ކަމެއް ނޫން. މިތާ ތިޔަ ފިތުނަ އުފައްދަން އުޅޭނެ ކަމެއް ނެތް. ޔާމީން އިރަކުވެސް އެއީ ހުއްދަ ކަމެކޭ ކާކު ބުނެގެން ތިރޫރޫ އަރައިގެން ތި ދަނީ.
މިޔުޒިކް ކުރިއެރުވުމަށް ޔެސް
އިސްލާމް ދީނަށް ބޯލެނބުމަށް ނޯ
މި ސަރުކާރުގެ އީމާންތެރިކަމާއި މެދު ސަސް
ތިތަނަކީ އެފަދަކަމަކަށް ފައްކާވެ ދޮންވެފައިވާތަނެއް ހަވީރު ގަޑީގައި ތިޔަތަން ހުޅުވާފަ ހިންދީ ފިލްމު އަޅުވާފަ ބަހައްޓަންވީ ޒުވާނުންވަދެ ގުޑުގުޑާބޯލަން، އިތުރު ތަނެއް ހަދާނެކަމެއްނެތް !
ޚޮކކޮބާ ތުބުޅި ގްރޫޕް ބާރަށް އައްޖަހާ
ޖާހިލުބަޔަކާއި ވެރިކަން ހަވާލުކުރީމަ ފެނއނާނެ މިފަދަ އެތައްކަމެއް. އަހަރެމެންގެ ދުއާއަކައް ވާންވީ މިފަދަ މީހިންގެ ކިބައިން މިގައުމާއި މިގައުމުގެ ރައްޔިތުން ސަލާމަތް ވުންއެދި ﷲ އައް ދުއާދެންނެވުން. އިސާހިތަކު އަޅުގަނޑުމެންގެ ގައުމާއި އިސްލާމްދީނައް ހުރުމަތްތެރިކޮއްހިތާބަޔަކު ހަވާލުވާނެ. އިންޝާﷲ.
ރަލާ ޖުވާއާ ޒިނޭގެ މާލަމެއް އެއީ.
ނައިޓް ކުލަބް ގަ ރާރ ރު..
ސުބުހާނަﷲ
ބިރަކާ ނުލާމަޖާކުރުން. އެއީ އިސްލާމްދީނުގައި މަނާކުރެވޮފައިވާ އެންމެހާކަންކަމެވެ. އެކަމަކައް އަދަބު ކަނޑައެޅިފަވާ ކަންކަމެވެ. މިސާލަކައް އަންހެނުން ނާފިހެނުން އެއްތަނެއްގެ ތެރޭގައި ލޯބިކުރުން ، ލަވަޔާ މިއުޒިކް އޮތުން .އެއްފަހު މަޑުމަޑުން ދެން އެތަނުގެ ތެރޭގައި އެހެން ކަންކަން .މީ މުނާފިގް އަންނީގެ އެދުމުގެ މަތިން ޒުވާން ޖީލު އިސްލާމް ދީނުނެ އުސޫލުތަކު އެއްކިބާކުރަން ޖައްސާ އަޑިނުބައި ރޭވުމެކެވެ.
ތިކަމައް ބަހުސް އަކައް ނުގޮސް އިސްލާމީ މަރުކަޒު ހަމަޖައްސާ ދެންކީކޭ ބުނާނީ ބިރެއް ހަމަނެތީ
ރައްޔިތުން އެންމެ ބޭނުން ވެގެން އުޅެނީ ބޯހިޔާވަހިކަން، ބޯހިޔާވަހިކަން ލިބުނީމާ އެކަން ކުރާން ބޭނުން މީހަކު ގޭގެ ކޮޓަރީގައި ހުރެގެން މަޖާކުރާނީތާ !
އީވާ ބާތުޑޭ ފާހަގަ ކުރަން ޑީޖޭ އޮތީ މިއަދު ޗެންބަރު ތެރޭވެސް. ނުވައަހަރު ކުރިން ބާތުޑޭ ފާހަގަ ކުރަން ކޭންޑްލް ރޯނުކޮށް ދައުލަތުގައި ހުޅުޖެހީ