ދިވެހިރާއްޖޭހެ ޤައުމީ ސަލާމަތަށް ނުރައްކާތެރި ހުރިހާ ފަރާތްތައް ހިފާ ހައްޔަރު ކުރުމަށް ވެރިކަންކުރާ މައި ޕާޓީ، ޕްރޮގެރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޝަރުއީ ނިޒާމް މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުން ގެންނަން މަސައްކަތްކުރި ބަޣާވާތުގައި ބައިވެރިވިކަމަށް ޝައްކު ކުރެވޭ އަދި ޤައުމީ ސަލާމަތައް ނުރައްކާތެރި ހުރިހާ ފަރާތްތައް ހިފާ ހައްޔަރު ކުރުމަށް ޕީޕީއެމް އިން ގޮވާލާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ދިއުމުގައި މިކަމުގައި ބައިވެރިވިކަމަށް ޝައްކު ކުރެވޭ އަދި ޤައުމީ ސަލާމަތައް ނުރައްކާތެރިވާ ހުރިހާ ފަރާތްތައް ހިފާ ހައްޔަރު ކުރުމަށް ޕީޕީއެމްގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތަތަކަށް ގޮވާލަން" އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރުމަށް ހިންނަވަރު ދާއިރާގެ މެނބަރު އިބްރާހިމް މުހައްމަދު ޞޯލިހް (އިބޫ) ގޮވާލެއްވުމާއި ގުޅިގެން ޕީޕީއެމް އިން ވަނީ އެކަންވެސް ކުއްވެރިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރު ކުރުމަށް ގޮވާލެއްވި ގޮވާލުން ކުއްވެރި ކުރައްވާ އަދުރޭ ވިދާޅުވީ، "ރައީސް ޔާމީން ހައްޔަރު ކުރުމަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ޞޯލިހް (އިބޫ) ގޮވާލެއްވި ގޮވާލުން ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ" ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤައުމުގައި ކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރައްވާފައިވާކަމަށް ވިދާޅުވެ، މިއަދު ޕީޕީއެމް އިމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. ހާއްޞަ ގޮތެއްގައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާއި ގުޅޭގޮތުން ޤާނޫނީ ހުއްޖަތްތަކެއް ކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލަމުންދާކަން ޕީޕީއެމް އިން ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަލަޑަބިއާ

    ސާބަހޭހިފާހައްޔަރުކުރޭ

  2. ކަނބުރު

    މިހާރު މިޤައުމުގެ ސަލާމަތަށް އެންމެ ބޮޑަށް ނުރައްކާވަނީ ވެރިކަމުގައި ތިބި މީހުންގެ ސަބަބުން. މުޅި ޤައުމު އިޤްތިޞާދީ ކާރިސާ އެއްގެ ތެރެއަށް ވެއްޓޭ އިރުވެސް އިކޮނޮމިސްޓުން ތިބެނީ ބަލަން. އެހެންވީމާ ފުރަތމަ ހައްޔަރުކުަން ޖހޭނީ އެފަރާތްތައް.

  3. ރާނޭ

    މޮޔަވީތަ މީހަމަ މީހެއްތަ ކުރާނެނުކުރާނެކަމެއް ނޭންގުނީދޯ ތިކަހަލަމީހުނައްކިޔާނީ ގަމާރުން

    • އެޅަބެއްޔާ

      މީ ތަނަކު ހުރި ދެބަންދިހާރެއް ތަ؟

  4. ވގ

    ކަލޭމެންނަ ތިޔާ ކުރެވެނީ ވެރި ކަމެއް... ﷲ މިކަމުން އަޅަމެން ސަލާމަތް ކުރައްވާށިއެަވެ.

    • ހަދީޖާ

      އާމީން

  5. ޓވމ

    ގައުމީ ސަލާމަތޭ ނުކިޔާ ޕޕމ ގެ ކޮރަޕްޝަނާ ފަސާދައާއި ބޭއިންސާފަށޭ ކިޔާބަލަ

  6. ނުޖެހޭނެއޭ

    ކުއްލި ނުރައްކަލުގެ ގަރާރު ފާސްވާނީ 43 މެމްބަރުން ހަމަވެގެން ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރަނީ އެއީ ޖަލްސާ ބޮއި ކޮޓް ކުރާ ގޮތަށް ނޫން އެމްޑީޕީން ނުވަތަ ސަރުކާރާއި އިދިކޮޅު ޕާރޓީން. އިދިކޮޅު ޕާރޓީން މަޖްލީހުގެ ޖަލްސާ އެއް ބޮއި ކޮޓް ކުރީ އެއީ ސަރުކާރުން ކުރަން އުޅޭ ކަމެއް ވިޔަ ނުދޭން ކަމަށްވާނަމަ އެއީ ބެލެވޭނީ ގާނޫނު އަސާސީ ނާޖާއިޒު ގޮތުގައި ބޭނުން ކުރަނީ ކަމަށް. މިފަދަ ހާލަތް ތަކުގައި ކޮންމެހެން 43 މެމްބަރުންގެ ވޯޓެއް ބޭނުމެއް ނުވާނެ އެ ފަދަ ހާލަތް ތަކުގައި ބޭނުންވާނީ ހަމަ އެއިރަށް މަޖްލީހުގެ ޖަލްސާ އަށް ހާޒިރުވާ މެމްބަރުންގެ %50 އަށް ވުރެން މަތިން ވޯޓެއް. އެނިމުނީއެވެ.

  7. ކަދުޜޭ

    އެއޮތީ ސިފައިންނާއި ފުލުހުންނަށް އަމުރު.އިލްހާމް ވެއްޖެ ،ޕޮލިސް ކަމިޟަނަރު ކަދުރޭ ގެ އޯޑަރު އެއޮތީ އަވަހަށް ތަންފީޒު ކުރޭ ހައްޔަރުކުރޭ ހުރިހާ އިދިކޮޅު މެމްބަރުން.ކައްހާފު ކަދުރޭ

  8. ދާންދޫ އާސިފް

    ޤައުމީ ސަލާމަތައް ނުރައްކާތެރިވާ ހުރިހާ ފަރާތްތައް ހިފާ ހައްޔަރު ކުރުމަށް ޕީޕީއެމްގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތަތަކަށް ގޮވާލި ގޮވާލުމަށް އެންމެ ފުރިހަމަ އަށް ތާއީދު ކުރަން .

  9. ރިސާޗް

    މި ސަރުކާރު ވެއްޓޭ ނުވަތަ ބަދަލުވާ ފުރަތަމަ ދުވަހު އަދުރޭ ހައްޔަރު ކުރެވޭނެ... ސަލާމ

  10. ޝޫޒަން

    މަހުލޫފު ، މުސްތޮފާ ، މުހަންމާ، މީ މިހާރުން މިހާރަށްވެސް ޖަލަށް ލާން ޖެހިފާ ތިބި މީހުން. ޟި މީހުންގެ ސަބަބުން ފިތުނަ ފަސާދަ އުފެދި ޤައުމަށް ނުރައްކާވަމުން އެބަދޭ ،

  11. ބަތޮލް

    .އަދުރޭ ވަރަށް ވިސްނާފައި އެބުނީ އެގޮތަށް އެބުނާ ހުރިހާ މީހުން ނަގާ ވަގުތުން ހައްޔަރުކުރޭ.

  12. ކަދުރޭ

    ތިހެންވީރު އެންމެ ފުރަތަމަ ހައްޔަރުކުރަންވީ ކަލޭ

  13. ޫފަތަހަ

    ޡާތީވިޔަސް ބޮޑުވަރު

  14. ލާމު

    އަދުރޭ އާއި ނިހާނު އެންމެ ފުރަތަމަ ހައްޔަރު ކުރަން ވީ. ހުރިހާ ނުބަޔަކީ މީ

  15. ޢާސްތު

    ޢެއްމެ ފުރަތަމަ ތި ބައިގަޑު ....

  16. ދެކުނު

    އަވަހަށް ޔާމީން ހައްޔަރުކުރޭ މިޤައުމުގެ ސަލާމަތަށް އެންމެނުރަށްވާއެކަކީ ޔާމީން

  17. ޢަބްދުއް ސައްތާރު.

    ޤައުމީ ސަލާމަތަކީ ހަމަ އެކަނި ރައީސްތޯ؟ އަނެއްކޮޅުގައި ޤައުމުގެ ދެބައިކުޅަ އެއްބައި ތިއްބަސް ހަމަ ހައްޔަރު ކުރަންވީތޯ؟ ތިޔައީވެސް އަޖާއިބެއްނު! މިހާރު ތިޔަ އަޑެކޭ ކާޅު ގޮވާ އަޑެކޭ ތަފާތެއް ނެތް.