ދިވެހި ބައެއް ފަންނާނުން އުފައްދާފައިވާ ރާގުތައް "ވަގަށް" ނަގައިގެން މަދަހަ ކިޔާފައި ވެސް އެބަ ހުރި ކަމަށާއި މިއުޒިކް ކުޅުމަށް ވުރެ އެއީ މާ ބޮޑު ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މާލޭގައި މަޖާކޮށްލެވޭ ގޮތަށް މިއުޒިކާއި އެހެނިހެން ފަންނީ ހަރަކާތްތައް ހިންގާ ގޮތަށް މަރުކަޒުތަކެއް ގާއިމް ކުރުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅިގެން ބައެއް އިލްމުވެރިންގެ ފާޑުކިއުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތި ވިދާޅުވީ، ދީނުގައި ކަނޑައެޅިގެން ޙަރާމް ކޮށްފައިވާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވާހަކަ ދައްކަވާ ބަހުސް ކުރައްވާ މަންޒަރު ފެންނަނީ މަދު އިލްމުވެރިއެއްގެ ފަރާތުން ކަމަށެވެ. އެކަމަކު ދީނުގައި ބޮޑެތި ސުވާލުތައް އުފެދިފައި އޮންނަ މައްސަލަތަކުގައި ހަރުކަށިކަން އިސްކޮށް ވަރަށް ގިނަ އިލްމުވެރިން ވާހަކަ ދައްކަވާ ކަމަށް އިންތި ވިދާޅުވިއެވެ.

މިއުޒިކަކީ ރާގެއް ކަމަށާއި ރާގު ހިމެނިގެން ވަރަށް ގިނަ ދީނީ މަދަހަ ވެސް ކިޔާފައި އެބަ ހުރި ކަން އިންތި ފާހަގަކުރެއްވިއެވެ. އަދި ވަރަށް ރީތި މެސެޖްތައް ދީފައި ހުންނަ މަދަހަތައް ވެސް އެބަ ހުރި ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ބައެއް މަދަހަތައް އެހެން ފަންނާނުންގެ ރާގުތަކާއި ކޮޕީ ރައިޓެޑް މެލޮޑީތައް "ވަގަށް" ނަގައިގެން އެ ރާގުތައް ބޭނުންކޮށްގެން ވެސް ކިޔާފައި އެބަ ހުރި ކަމަށެވެ. އަދި ވައްކަން ކުރުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.

"ވަރަށް ރީތި މެސެޖްތައް ދޭ ރީތި ރާގުތައް ހުންނަ މަދަހަތައް ވެސް އެ އަޅުގަނޑު އަޑުއަހަން. އެކަމަކު މަދަހަ ވެސް އެބަހުރި އެހެން ފަންނާނުންގެ ރާގުތަކާއި މެލޮޑީތައް ވަގަށް ނަގައިގެން ކިޔާފަ. އެ ވާނީ ކޮން ކަހަލަ ކަމަކަށްތޯ؟ ކޮޕީ ރައިޓެޑް ރާގުތައް ވަގަށް ނަގައިގެން މަދަހަ ކިޔުން އެއީ މާ ރީތި ކަމަކަށް ވާނެ ހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ،" އިންތި ވިދާޅުވިއެވެ.

ދީނީ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ބައެއް ޖަމިއްޔާތަކުން އެއް ޖަމިއްޔާއަކަށް އަނެއް ޖަމިއްޔާއަކަށް ކާފަރަށް ގޮވަމުންދާ ކަމަށް ވެސް އިންތި ވިދާޅުވިއެވެ. ބައެއް އިލްމުވެރިން، އެއް ބަޔަކު އަނެއް ބަޔަކަށް ކާފަރަށް ގޮވަމުންދާ ކަމަށާއި ކާފަރުންނާއި، ސުވަރުގެއާއި ނަރަކައަށް ދާނެ މީހުން ކަނޑައެޅުމަކީ އާންމު އިންސާނުންނަށް ލިބިދީފައިވާ ބާރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީއިން މަޖިލީހަށް ހުށަހަޅާފައިވާ މި ގަރާރަކީ ނައިޓް ކްލަބްތަކާއި ނާޗަރަންޖީ ޖަގަހަތަކެއް މާލޭގައި ބެހެއްޓުމަށް ހުށަހެޅި ގަރާރެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަކުރެއެވެ. އެކަމަކު އެމްޑީޕީއިން ބުނަނީ އެއީ ޒުވާނުންގެ ފަންނުތައް ކުރިއަރުވަން ފުރުސަތު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށާއި ނާޗަރަންގީ ޖަގަހަތައް އަޅަން މި ސަރުކާރުން ނޫޅޭ ކަމަށެވެ.

ދީނުގެ ހުކުމްތަކާ ގުޅޭ ގޮތުން މަޖިލީހުގެ މެންބަރުން ވާހަކަ ދައްކަވާފައިވަނިކޮށް އިސްލާމިކް މިނިސްޓްރީއިން ބަޔާނެއް ވެސް ނެރުނެވެ. އޭގައި ވަނީ ދީނީ ހުކުމްތައް ބަޔާން ކުރުމަކީ އެ މިނިސްޓްރީއިން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޫކޮށްފައިވާ އިލްމުވެރިންގެ ޒިންމާއެއް ކަމަށެވެ. މިއަށް ރައްދު ދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެފަދަ ބައެއް އިލްމުވެރިން ދީނީ އިރުޝާދު ނުދެއްވައި ދެއްވަނީ ޖިންސީ ގުޅުމުގެ އިރުޝާދު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އަލީ

    ތިޔާ ޖާހިލުން. ހަމަ ފައްކާ ޖާހިލުން

    76
    3
  2. ޙާކިމާ

    ލާދީނިއްޔަތު މިއޮއް ގެން ފާޅުވަނީ

    68
    4
  3. ހާލުފޮޅި

    ރައްޔިތުންގެ ރުފިޔާއިން މުސާރަ ނަގައިގެން މަޖިލީހުގައި އިނުން ގޯހީ..

    69
    2
  4. ފުށެތިކާލް

    މިފަހަރު މިރާއްޖެއިން މިއުޒިކް ފޮހެލަންވާނެ. ޓީވީއާ ރޭޑިޔޯއިންވެސް މިއުޒިކު ޒައްރެއްގެ މިންވަރުގެ އަޑުވެސް އިވިގެން ނުވާނެ. ޙުރިހާ އެންމެންވެސް މިއުޒިކްގެ އަޑުކަމައް ޝައްކުކުރެވޭ އެއްޗެއްގެ އަޑުއިވުނަސް ދެކަންފަތައް އިނގިލި މަހާލާ އެއަޑު ނުއިވޭ ގޮތް ހަދަންޖެހޭނެ. މިގައުމުން ގައުމީސަލާމް ވެސް ފޮހެލަންޖެހޭނެ. 4 އަނބިންނާ ހައެއްކަ ޖާރިޔާ އެކު މާރަނގަޅައް މަޖާކުރެވޭނެ.

    19
    37
  5. އައިޝާ

    ކަލޭ ދާންވީނު ލަވަޔާ ނެށުމާ ހުއްދަ ޤައުމަކަށް.ކޮންމެހެން މިޤައުމު ހަލާކު ކުރަން އުޅޭނެ ކަމެއްނެތް.އިސްލާމްދީނުން އެއްވެސް އެއްޗެއް ނޭނ ގޭ ތަންދޮރު އޮޅުންނުފިލައި ހުރި ޖާހިލެއްތީ.ދިވެހި ރައްޔިތުންވެއްޖެންނު މި ޖާހިލުންތައް މިޤައުމުން ބޭރުކުރަން.ބޮޑު ވަބާއެއްމީ މިޤައުމަށް ޖެހިފައިއޮތް😠

    51
    4
  6. އިޒްހާން

    ޢިންތިއަކީ ލާދީނީ ، ރާބޯން، މަސްތުވެލައި މަޖާކުރަން އަބަދުވެސް ވާހކަދައްކާ އޮރިޖިނަލް ޔެލޯ ބޮލުރޮއްޖެއް. މީނާއަކީ ވަރަށްނުރައްކާމިހެއް. އިސްލާމްދީނުގެ އަދުއްވުންގެ ތެރެއިން މަޖިލީހުގައި ތިބިބައިގަނޑުގެ އިސްމީހެއް! މަޖިލިސް ރައީހަކި މިބައިގަނޑުގެ މުއްލާ! އީވާ، އިންތި، އަނދުނޭ، މީކައިލް، އަލީއާޒިމު މީ ޖާހިލުން އަދި ގައުމު މިމީހުންނަމެދު ފާރަވެރިވާން ޖެހެިފައިވާ މުޖުރިމު މުނާފިގުން!!

    42
    4
  7. ޒަބީބު

    އިންތިގެ ވާހަކައިގެ ދެފޮޅުވަތް ދޭތެރެއިން ލިބޭ މާނައަކީ ރިޔާސީ ބަޔާނަށްފަހު އިންތި ނިސްބަތްވާ "އެންޑީޕީ"ގެ ސެކިއުލާފިކުރުގެ ބައިގަނޑު ނިސްބަތްވާ ފެކްޝަނަށް ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ އިތުބާރާއި އުއްމީދު ހަޖަމުނުވެގެން އުޅޭކަމުގެ މާނަ.

    އެގޮތުން އިންތިއާއި ނަޝީދުގެ ވާހަކަތައް އަޑުއަހާލީމަ ހީވަނީ މިކަމަކީ ވަރަށް ޑެސްޕަރޭޓް ވެގެން އިއުލާނު ކުރި ހަގުރާމައެއްގެ ފެށުން ކަން. އަދި މިހާރު ހުށަހަޅައިގެން އުޅޭ ޤަރާރަކީ "ސްޓްރެޓެޖީ ފަސާދަ" އެސަލްޓްގެ ފުރަތަމަ ޓާގެޓް ކަމުގައިވާ ރައީސް ސޯލިހުގެ ސަރުކާރަކީ ލާދީނީ ސަރުކާރެއްކަމަށް ދެއްކުން. އަދި އިލްމުވެރިންގެ ހިތުގައި ސަރުކާރާއި މެދު އޮތް އިތުބާރާއި އުއްމީދަށް ހީނަރުކަން ގެނެސް ފަސާދަކުރުން. ހަމައެހެންމެ އިލްމުވެރިންގެ މައްޗަށް ރައްޔިތުންގެ ހިތުގައި އޮތް އިޙްތިރާމާއި ޤަދަރު ޝައްކާއި ވަހުމު އުފައްދައިގެން ބަލިކަށިކޮށްލުން. ނަޝީދު މަޖިލީސް ބޭނުންކުރަމުން އެގެންދަނީ މަޖިލީހުގެ ވަގުތު ނަގާލައިގެން އަމިއްލަ ސިޔާސީ މަމްފާ ޙާޞިލުކުރަން. ރއްޔިތުންނާއި އިލްމުވެރިން މިކަމަށް ސަމާލުވާން ޖެހޭ!

    26
    3
  8. ޙ

    މިނަގެ ޖާހިލު ބަސްތަށް ހުއްޓޭނި ކޮންދުވަހަކުންބާ. ސީދާ ގޮތުންނާ ނުސީދާ ގޮތުން ދީނަށާއި، ދީނަށް ލޯބިކުރާ މީހުނާއި ދީނީ ޢިލްމުވެރިންނަށް ފުރައްސާރަ ކުރުންނޫނީ ނުކުރެޔޭދޯ. ކަލޭމެން ހީކުރަނީތޯ 65 ލިބިނުނީމަ ކަލޭމެނާ ބާރާއި ގަދަކަމުގަ ދިބޭނެކަމަށް. އިންޝާ ﷲ. ކަލޭމެން ނިކަމެތި ކުރައްވާ ބަލިކުރައްވާނެ ދުވަސް ވަރަށް އަވަހަށް އަންނާނެ. މިހާތަނަށް ﷲ އާއި އެކަލާނގެ ރަސޫލާޢާއި އެކަލާނގެ ބާވަލެއްވި ދީނަށް ފުރައްސާރަކޮށްގެން މޮޅެނެތް އެކަކަށްވެސް ލިބިފަ. ނިކަމެތި ނިމުމަކުން ވަނީ ކޮންމެ ބަޔަކުވެސް ނިމިފަ. ޔާﷲ މިގައުމު މިޖާހިލުންގެ ކިބައިން ސަލާމަތް ކުރައްވާ ރައްކާތެރި ކުރައްވާނދެވެ. އާމީން.

    29
    1
  9. ސިނެކް

    އެއެއްޗެއްހަލާކުވުމު ގެ ކުނިފުޅައަޅާނީ ހަމައެއެއްޗެއް ގަ

    27
    1
  10. ހަތްހަރާމުން ހަރާން

    ކަލޭމެން ލަދެއްނުގަނޭދޯ އިސްލާމިކްމިނިސްޓުރީން އިލްމުވެރިންނަށް ދީފައި ހުރި ހުއްދަތައް ވަގަށް ނަގައިގެން ދީނީފަތުވާ ދޭކަށް. ކަލޭމެންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބައެއް. އަދި އެބަތެޅޭ މާ ރައްޔިތުންވެގެން. މިދައުރަށްފަހު ކަލޭމެންނަށް މަޖިލީސް ހަރާންކުރޭ. ރައްޔިތުން ކަލޭމެން ބަލައެއްނުގަންނާނެ.

    22
    2
  11. ގައުމީ ލޯބި

    ﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރަސްސާރަކުރާ ނުބައި ނުލަފާ މުޖުރިމުންގެ ކިބައިންނާއި، ގައުމު ފަސާދަ ކުރަން ރާވާ ޖަރީމާވެރިންގެ ނުބައި ކަމުން އަޅަމެން ސަލާމްތް ކުރައްވާ ފާނދޭވެ.

    މި ރައަޖޭގެ ގާނޫނު ހެދުމުގެ ނަމުގައި މިބައިމީހުން ރާވާ ނުބައި ރޭވުންތަކުން އަޅަމެން މިންޖު ކުރައްވާފާނދޭވެ..!

    އަދި މީނާައާއި މީނާގެ ބައިވެރިންގެ ނުބައި ސިފަ މީސްތަކުންނަށް ހާމަކަން ބޮޑުގޮތެއްގައި ދައްކަވައިފާނދޭވެ..

    މިފަދަ ނުބައި މީހުންގެ އަތް މަތީން މިގަމުގެ ޤާނޫނު ހެދުމުގެ ބާރު ނިގުޅުއްވައިފާނދޭވެ..!

    އާމީން..!! އާމީން

    28
    1
  12. ހަސަނު

    މިސޮރުމެން ހުވާކުރީ މިކަންކުރަންދޯ؟

    21
    1
  13. އަޙްމަދް

    އެއްވެސް ޢިލްމެއް ލިބިފައިނުވާ ސީޔާސީ ޖާހީލުންގެ އަތްމައްޗައް ޤައުމު ބީވެގެން ދިޔުމުގެހިތި ނަތީޖާއަކީ މީއީއެވެ.‎މިޒަމާނުގެ ސިޔާސީ މީހުންނަކީ އެބައިމީހުންގެ އަތުގައި އެއްވެސް ޢިލްމެއްނުވާ ޖާހިލުންތަކެވެ.
    ‎ހަމަކަށަވަރުންވަރުންވެސް މިބައިމީހުނަކީ އިސްލާޙްކުރުމުގެ ނަމުގައި ފަސާދަކުރާމީހިންނެވެ.
    މިބައި މީހުންގެ ފުށުން ނުކުންނާނީ ކޮންއިސްލާހެއްތޯއެވެ؟
    މިބައިމީހުން ހިތްތަކަށް ހަމަޖެހުން ގެސްދިނުން ވާކަން ކަށަވަރީ ބަދަލަށް ބަދަލު ހިފުމާއި އެކިގޮތްގޮތުން އަނިޔާވެރިވުމެވެ.
    ‎ތިންކަމަކުން މިބައިމީހުނަކީ މަޝްހޫރުބައެކެވެ.
    ‎އެއީ ބަސްބުނުމުގައި ދޮގުހެދުމާއި
    ‎އަމާނަތަށް ހިޔާނާތްތެރިވުމާއި
    ‎ވަޢުދާއި ޚިލާފުވުމުގައެވެ.

    25
    1
  14. ބަކުރުބޭ

    މިހާރު ތި ހުންނެވީ ހައްދުފަހަނައަޅާފައި. ދައުލަތުންވެސް ބޭކާރު ހަރަދު ކުރަން ހުއްޓާލަންވެއްޖެ

    11
    1
  15. އަޙްމަދް

    ދިވެހި ބައެއް ފަންނާނުން އުފައްދާފައިވާ ރާގުތައް "ވަގަށް" ނަގައިގެން މަދަހަ ކިޔާފައި ވެސް އެބަ ހުރި ކަމަށާއި މިއުޒިކް ކުޅުމަށް ވުރެ އެއީ މާ ބޮޑު ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
    —————————————————————————
    މިފަހަރު މިއޮތީ ހަމަކަށަވަރުންވެސް މީމީހާއަށް ވެސް ތެދެއް ބުނެވިފައެވެ. މިމީހާގެ ބަހުންވެސް އެބައެނގޭ މިމީހާވެސް ގަބޫލު ކުރާކަން ލަވަޔާއި މިއުޒިކު ކުޅުޅުމަކީ ދީނުގައި ގޯސްކަމެއްކަން!
    ހަމަކަށަވަރުންވެސް މިއުޒިކު ކުޅުމާއި ލަވަކިޔުމަކީ ދީނުގައި ބޮޑުވެގެންވާ ފާފަވެރި އަމަލެކެވެ.
    އެހެނަސް ދީނީކަމެއްގެގޮތުގައި ހަދާ މަދަަޙަ ކިއުމަކީ އެއީ ލަވަކިޔުމަށް ވުރެއަދި މާނުބައިވެގެން ވާޢަމަލެކެވެ.
    ސަބަބަކީ ދީނުގެ ހަމަތަކާއި އުސުލުގެ ތެރިއިން ބަލާއިރު މީހަކު ފާފަވެރި ޢަމަލެއް ކުރުމަށްވުރެ ދިނުގެ ނަމުގައި މީހަކު ބިދްޢަވެރި ޢަމަލެއް ކުރުން މާބޮޑުތަނުންވެސް
    މާތް الله ހަޟްރަތުގައި ނުބައިކަން ބޮޑުވެގެން ވެއެވެ.
    ބަޔަކު މިއަދު މީރާއްޖޭގައި މަދަޙަކިއުން އެއީ ދީނީކަމެއްކަމަށް ހަދާ މިނުބައިވެގެންވީ
    މުޑުދާރު (ބިދްޢަވެރި) ޢަމަލު، އާލަކޮށް މިވަނީ ދިރުވާފައެވެ ހަމަކަވަރުންވެސް މަދަހަކިޔުން އެއީ ދީނުގެނަމުގައި ހައްދުފަހަނަ އަޅަފައިވާ ބިދްޢަވެރި ޖަމާޢތެއް ކަމުގައިވާ ސޫފީންގެ ފަރާތުން އައިސްފާއިވާ ބޮޑު ބިދްޢައެކެވެ.
    މިއަދު މިނުބައިވެގެންވީ މުޑުދާރު ޢަމަލު ފަތުރާފައި ވާލެއް ބޮޑުކަމުން މިއަދު ގިނިމީހުންނަށް ޤަބޫލުކުރެވިފައި އޮއްނަނީ މަދަޙަ ކިޔުން އެއީ ދީނީ ކަމެއްގެ ގޮތުގައެވެ.
    މިއީއެވެ މިދައްނަވާ ބިދްޢައިގެ ނުރައްކާތެރި ކަމަކީއެވެ.
    މީހަކު ކުރާ ފާފައެއް އެހެން މީހަކު އުފުލާކަށް ނުޖެހޭނެތެވެ.
    އެހެނަސް މީހަކު ދީނުގެނަމުގައި ބީދްޢަވެރި އަމަލެއްކޮއްފިނަމަ އެއީ ހެޔޮކަމެއްގެ ގޮތުގައިދެކި އެތަށްބަޔަކު އެ ޢަމަލުކުރުމުގައި ހަލާކުވެ ދާނެއެވެ.
    މަދަޙަ ކިޔާމީހުންނާއި ސުވަލުކުރަމެވެ.
    މަދަޙަ ކިއުމަކީ އެއީ ދީނުގައި އަޅުކެއްކަމުގައި ވަނީނަމަ ތިޔަބައި މީހުން ނިކަން قرءأن އާއި ނަބިއްޔާ صل الله عليه وسلم ގެ ޠާހިރުސުއްނަތުން ސާބިތުވާ ޞައްޙަ އެއްމެ ދަލެއްވެސް ނިކަން ގެސްދީބަލާށެވެ.

    3
    2
  16. ރަދީފް

    އިންތި ކަލެއަށް އެންމެ 02 ސުވާލު.ތައުހީދު ބެހިގެންވަނީ ކިތައް ބަޔަށް؟ އަދި އެބައި ތަކަކީ ކޮބާ؟؟ ވ.ވެދުން

    9
    1
  17. Anonymous

    ބަޔަކު ޙަރާމްކަމެއް ކުރުމަކުން އެކަން ފަތުރަންޖެހޭ ކަމެއް ނޫން. އަދި އެކަން ހުއްދަވާނެ ކަމެއްވެސް ނޫން.
    ﷲގެ ކޯފާ ކަލޭމެންނަށް އަތުވެއްޖެއުމަށްދާންދެން ކަލޭމެން ތިކަމުގައި ދެމި ތިބެވޭނީ. ﷲގެ ކޯފާއިން ސަލާމަތް ކޮށްދޭނެ ﷲ ފިޔަވައި އެހެން ފަރާތެއްނުވެ. ބިރުވެތިވެ ތައުބާވޭ.
    ކޮވިޑުން ސަލާމަތް.ނުވެވިގެން މިއުޅެނީ އަދި ވެކްސިންޖެހި ނަމަވެސް ﷲ މިންވަރުކުރެއްވި އަޅަކަށް އެކަމުން ރައްކާތެރިކަން ލިބެން އޮތީ.
    ނުބައިކަން ފަތުރާ މީހުން ހިތްވަރުދޭ މީހުން އެކަން ކުރާ މީހުންނަށްވުރެ ﷲ ޙަޟްރަތުގައި ނުބައިވެެގެންވޭ.
    ކަލޭމެން ހަދާ ޤާނޫނުންވެސް ވިސްނާބަލަ މަސްތުވާތަކެތި ބޭނުންކުރާ މީހާއަށްވުރެ އެތަކެތި ވިއްކާ މީހާގެ އަދަބު ޤާނޫނުގައި ބޮޑު. ކީއްވެ އެކަން ފަތުރަން މަސައްކަތްކުރާތީ.

    10
    2
  18. ތިއްތި

    މާތްﷲ ކަލެއަށް ހެޔޮވިސްނުން ދެއްވާށި. ހެޔޮވިސްނުން ދެއްވުން ނެތްނަމަ ހަލާކުކުރައްވާށި

  19. ލޯބިވާ ވަޠަން

    ތީ ދީން ގަބޫލުކުރާ މީހެ ެއް ނޫންކަން އަހަރަމެން މާކުރީން ދަންނަން

  20. ފިއްތީ

    މީހަމަރަތްލާޖެހި މުނާފިޤެއް

  21. ބޯހަލާކު

    އިންތި ކަހަލަ މީހަކު ތިޔަ މަޖިލީހުގަ އިނުން ވެސް ގޯސް. މި ބީތާ ތަކަށް ނޭންގެ އަންގަވާފަ އޮތް ގޮތެއް އެއްވެސް އިންސާނަކަށް ބަދަލު ނުކުރެވޭނެ ކަން. ބަޔަކު ވައްކަން ކުރިޔޭ ކިޔާފަ މަތިން އެންގެވި ގޮތެއް ބަދަލެއް ނުކުރެވޭނެ މިޔުޒިކު ހުއްދަ ކުރަން.

  22. މަޒް

    ހާދަވަރެކޭ ދޯ ތިވަނީ ލަވަ ކިޔާ ހިތުން.. ބަލަ މެމްބަރުންގެ ލަވަ މުބާރާތް ބާއްވަން ވީނުން.. ޔޯ ފިއެއްސްޓާއަށް ފުލުން އެއްވަނަ ލިބި ދާނެ.. ކަލޭ ތިޔަ މަޖިލިހަށް ހޮވި މީހުންގެ މޮޔަކަމާއެވެ..