ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކުރެވިފައިވާ އެނދުތަކުގެ ތެރެއިން މިވަގުތު މާލެ ސަރަހައްދުގައި ހުހަށް ހުރީ 37 އެނދު ކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެ އެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ގާއިމު ކޮށްފައިވަނީ 453 އެނދެވެ. އޭގެ ތެރެއިން 267 އެނދަކީ މާލެ ސަރަހައްދުގައި ގާއިމު ކޮށްފައިވާ އެނދެވެ. މާލޭ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ މެޑިކަލް ހޮސްޕިޓަލް (އެޗްއެމްއެޗް) އަދި މާލޭ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) އެވެ.
އެޗްއީއޯސީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ހުޅުމާލޭ އެޗްއެމްއެޗް ގައި ގާއިމު ކޮށްފައިވަނީ އާދައިގެ 217 އެނދާއި އައިސީޔޫ 18 އެނދުގެ އިތުރުން ޑަޔަލިސިސް އަށް ހާއްސަ ދެ އެނދުގެ އިތުރުން 11 އައިސޮލޭޝަން އެނދު ކަމަށެވެ. އަދި ޑީއެޗް11 ގައި 9 އައިސީޔޫ އެނދާއި، ޑީއެޗް16 ގެ ވޯޑުގެ 10 އެނދު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ، އެޗްއެމްއެޗްގައި ހުރި އެނދުތަކުގެ ތެރެއިން މިވަގުތު ބާކީ ހުރީ ވޯޑުގެ 23 އެނދާއި އައިސީޔޫގެ 8 އެނދު ކަމަށެވެ. އަދި ޑީއެޗް11 ގެ 6 އެނދު ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އެހެން ކަމުން މިވަގުތު މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުސްކޮށް ހުރީ 37 އެނދެވެ.
މި މައުލޫމާތަށް ބަލާނަމަ، މިވަގުތު މާލެ ސަރަހައްދުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 230 އަށް އަރާނެއެވެ.
އެޗްއީއޯސީގެ އޮފިޝަލަކު މިގޮތަށް ވިދާޅުވެފައިވާއިރު، އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ވަނީ ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ހުރީ މަދު އެނދެއް ކަމަށް ވިދާޅުވެފައެވެ.
3 ބިލިއަން ހަރަދުކޮށްގެން ފޮޅިތަ އެޅީ
ހުސް ބުހުތާނު ދޮގު. ހޮސްޕިޓަލައިޒް ކުރަން ޖެހޭ އަދަދެއް ތިވަރަކައް ނާރާ..
އެހެންވީމާ..ތިޔަ ޚަބަރު ހުރިހާ ގައުމަކައް އަދި ޓުއާ އޮޕަރޭޓަރުންނައް މި އަންގާލަނީ.. ތިހާ އެނދުމަދިއްޔާ ޓޫރިސްޓުންވެސް ގެނެސްގެން ނުވާނެ ނޫންތޯ..؟
މިއަދު މުޒާހަރާއިން ގެންދިޔަ މީހުން ގެންގޮސް އަތުރާލީމާ ފުރޭނެ. އަވަހަށް ފުރާލާ.
ނަޒްލާގެ މާނައަކީ ކޮބާ؟ ނަޒްލާގެ މާނަ ދަންނަ ކުއްޖަކު ހުރިއްޔާ ކިޔާދީބަލަ!
މިކަމަށް އަހަރެއްވީއިރުވެސް މޮމީހުނަށް އެނދާ އައިސޯޔީގެ ޖާގަ އިތުރު ނުކުރެވުނު... ދެން ކޮން 37 އެނދެކޭ މިކިޔަނީ. މިހާރު ވެންޓިލޭޓަރުތަށް ލޮބިއްޖެބާ؟ މުޅިޔޫރަޕް އިނގިރޭސިވިލާތަށް އައިސްގޮސްވުން ބަންދުކުރިއިރު މިމޯހުންތިބީ ގޭޓުތަށް ހުޅުވައިގެން.
ދެން އެނދުހޯދަންވީޔެއްނު ތިހެންކިޔަކަސް ބަލިނުބަލާނެ ކިތައް އެނދުތޯހުރީ ކޮންޚިދުމަތެއްތޯ ދެވެންހުރީ އެކަމަކު ސުވާލަކީ ތިވަރައްބަލިއޮތްޤައުމަކައް ފަތުރުވެރިން އަންނަނީ ކީއްވެގެންހޭ
37 އެނދޭ ނުކިޔަ ތި ދުވާ ޓްރެކާ، ގްރޫޕް ހަދައިގެން ކުރިއަށް ގެންދާ ކަސްރަތު ކްލާސްތަކާ ސްކޫލްތަށް ބަންދުކޮށްބަލަ... އިރާދަފުޅާއިއެކު ހުސް އެނދު ގިނަވެދާނެ...
ކޮބާ ކޮބާ ކީކޭ މިކިޔަންފެށީ ފުރަތަމަކޮޅު ކިޔަންފެށީ މުޅިސަރުކާރާ ސިއްހީދާއިރާ މިއޮތީ މިކަމުގަ ތައްޔާރަށޭ އެހެންކިޔާފަ ނޭވާޙޮޅިންވެސް ވައްކަންކުރީ މިހާރު މިކިއަނީ ދެވަނަ ރާޅު ނެގިއިރެއްވެސް އެރާޅު ބިންދާލި ތަނެއްވެސް ނޭނގި ތިއްބާ މީ ތިންވަނަ ރާޅުޔޯ މިރާޅު ނަގާއިރައް އެނދުވެސް ހުސްވީޔޯ ކޮޓަރިވެސް ހުސްވީޔޯ ހިދުމަތް ތެރިންވެސް ބަލިވީޔޯ ދެން ލަލަ ލާ
ކާފިއު އިއުލާން ކުރޭ
ހިލޭ އެހީޔާ ޓެކްސްފައިސާބޭނުންކޮއްގެން ހެދި ކޮވިޑް ފެސިލިޓީތަކާއި އަގުބޮޑު ވެންޓިލޭޓަރުތައް ފެންނާނީ ރައްޔިތުން ގޭބަންދުކޮއް ނިންދެވީމަ ހުވަފެނުން، ހުވަފެނުން ފެންނަ މަންޒަރުތަކާ މުޅި ޑުރާމާ ޑައިރެކްޓްކޮއް އެޑިޓްކުރުމުގެ ޒިންމާނަގާނީ އެޗްފީއޭ
އެނދު ހުރިވަރު ގުނާނެ ކަމެއްނެތް ސަރުކާރު ބޭނުންވި ގޮތް މިހާރު މިވަނީ.
ހިނގާ އަނެއްކާވެސް އެނދުކޮޅެއް ހޯދަން ލާރިކޮޅެއް ލިބޭތޯ ބަލަމާ...
ރައްޔިތުންގެ މުސާރަ ކާލާފަ ނުބުނާތި އެނދުގަތީއޭ.....
ކޮބާތޯ ހެދި ތަންތަން.ވައްކަން ކުރީ ޖަލުގައި ހުރެގެން މިފަހަރުވެސް ރައީސް ޔާމީންތޯ
ކޮންމެ ކަމެއް މިހާތަނަށް ފޫޅުކަނޑަމުން އައީ ރައީސް ޔާމީން ބޮލަށް. ކޮބާތޯ ލަދުފުޅު މިސަރުކާރު ގެ. ޤައުމު ހިންގަން ނޭނގޭންޏާ އިސްތިއުފާ ދެއްވާ
މިވަރަށް އެނދުތައް ފުރެންދެން ނޫންތަ ތިޔަތިބީ ފިޔަވަޅު ނައަޅަން. ނޫނޭ އަދި ތަންކޮޅެއް އަވަސް ހުރިހާ އެނދުތައް ފުރެންދެން ފިޔަވަޅު އަޅަން މަޑުކޮށްލައްވާ ނާޤާބިލް ސަރުކާރު