ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން، 33،000 އަށްވުރެ ގިނަ މީހުން ގަޔަށް ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، މިއަދު ރާއްޖެއިިން 5،717 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. މީގެ ތެެރެއިން މާލެ ސަރަހައްދުން 4،609 މީހެއްގެ ގަޔަށް ވެކްސިން ޖަހަފައިވާއިރު، ރަށްތަކުން 1،108 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައި ވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަަނށް 33،106 މީހެއްގެ ގަޔަަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 27،065 މީހަަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުގައެވެ. އަދި 6،041 މީހަކަށް ވެކްސިން ދީފައި ވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ.

މިހާރު ރާއްޖޭގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ އިތުރުން، އާއްމުންގެ ގަޔަށްވެސް ވެކްސިން ޖަހަަން ވަނީ ފަށާފައެވެ. އެގޮތުން މިއަދު ވަނީ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ގަޔަށް ވެކްސިން ޖަހަން ފަށާފައެވެ.

ރައްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވަނީ "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.