މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި 209 މީހުންގެ ތެރެއިން 73 މީހުން ފައްސިވެފައި ވަނީ އިންޑަސްޓްރިއަލް ވިލޭޖެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ތިލަފުށިން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ އެވެެ.
މިރޭ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޕަބްލިކް ހެލްތް އިންސްޕެކްޓަރގެ ޑައިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ، އެ 73 ވޭދަނައަކީ ތިލަފުށިން ފައްސިވި މީހުން ކަމަށެވެ.
އެހެންކަމުން މިހާރު އެރަށުގައިވެސް މި އޮތީ ބޮޑު އިހަލެއް (ކްލަސްޓާ)އެއް އުފެދިފައެވެ.
ރާއްޖޭގެ ބައެއް އިންޑަސްޓްރިއަލް ވިލޭޖްތަކުންނާއި، ބައެއް ރިސޯޓްތަކުގައިވެސް ފައްސި ވޭދަނަތައް ވަނީ އިތުރުވެފައެވެ.
ރާއްޖެއިން މިއަދު ފައްސިވި 209 މީހުންގެ ތެރެއިން 101 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ.
މިހާރު ރާއްޖެއިން ކޮވީޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 17716 އަށް އަރާފައެވެ.
ރާއްޖޭގައި މި ބަލި ޖެެހިގެން ފަރުވާދެމުން ދަނީ 2360 މީހަކަށެވެ. މީގެ ތެރެއިން 190 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.
އަދި ރަނގަޅައް ޓެސްޓު ކޮއްލާ އަޅާ އިހާތައް ބޮޑެތިވެފަ ކޮލެޓީވެސް ރަނގަޅުވާނެ.
ތިލަފުށީ ފެރީ އަށް މީހުން އަރަނީ ކިހިނެތް ތޯބެލުން ރަންގަޅު.