22:49

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލަކުގައި އަޅާފައިވާ އުސޫލުތަކާއި ހިލާފުވެގެން މީހަކު ޖޫރިމަނާ ކޮށްފި

22:29

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިއަދު 5485 މީހަކަށް ދީފި

22:09

ރާއްޖެއިން އިތުރު 112 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

20:52

ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1,214 މީހަކު މަރުވެއްޖެ

17:32

ގިނަ މަސްތަކަކަށްފަހު އަނެއްކާވެސް ނިއުޒިލޭންޑްގެ މުޖުތަމައު ތެރޭގައި ކޮވިޑް-19 ފެތުރެން ފަށައިފި.

15:58

ލ.މާމެންދޫގައި ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

14:23

އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގައި ކޮވިޑް-19 އާ ގުޅިގެން ކަންބޮޑުވުމެއް ނެތް އިރު، އެ ރަށް މޮނިޓަރިން އިން ނުނަގާ އޮތުމުން ކަންބޮޑުވާ ކަމަށް ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީ މިއަދު ވިދާޅުވެއްޖެ.

14:05

އައްޑޫ ސިޓީގައި މިހާރު އުފެދިފައި އޮތް އޭވިއޭޝަން އިހަލުން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

11:40

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ބ. އޭދަފުއްޓަށް އެރި މީހަކު ޖޫރިމަނާ ކުރުމަށް ފަހު 10 ދުވަހުގެ މުއްދަތުގެ ކަރަންޓީންކޮށްފި.

09:23

09:09

އެމްއޭސީއެލް އިން ވިދާޅުވީ އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 07:31 ގައި ކަމަށް. އެކްސިޑެންޓާއި ގުޅޭ ތަޙްޤީޤު ކުރިއަށްދާކަމަށް ވެސް އެމްއޭސީއެލް އިން ވިދާޅުވި.

09:08

ސީޕްލޭން ވެއްޓުނު ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ
ސީޕްލޭން ވެއްޓުނު ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ

09:07

އެމްއެންޑީއެފް އިން ވިދާޅުވީ ސީޕްލޭންގެ އެކްސިޑެންޓް ހިނގިއިރު ސީޕްލޭންގައި ނުވަ މީހުން ތިބި ކަމަށް. އެއީ ހަ ފަސެންޖަރުންނާއި ތިން ކްރޫން. މީގެ ތެރެއިން އެކެއްގެ ކޮނޑުހުޅު ނެއްޓިފައިވޭ. އަދި އިތުރު މީހެއްގެ ކޮނޑަށް އަނިޔާވެފައިވޭ. މިހާރު ސިފައިން ދަނީ ސީޕްލޭނުން ދަތުރުކުރި މީހުންގެ ލަގެޖްތައް ރިކަވާ ކުރުމުގެ މަސައްކަތް ކުރަމުން. ސީޕްލޭނުން ދަތުރުކުރި އެންމެން މެޑިކަލް ޗެކަޕެއް ހެދުމަށް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ވެސް ކުރަމުން އެބަގެންދޭ.


މަންޓާ އެއާގެ ސީ ޕްލޭނެއް ވެއްޓިއްޖެއެވެ.

ސީ ޕްލޭން ވެއްޓިފައިވަނީ ހުޅުލޭ ފަޅުތެރެއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

މިސީޕްލޭނުން ދަތުރުކުރީ ހަ ފަތުރުވެރިންނެވެ. މިއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މިއެކްސިޑެންޓާއި ގުޅިގެން މިވަގުތު މާލެއަށް ޖައްސަން ހުރި ސީޕްލޭންތައް ވަނީ އެހެން ތަންތަނަށް ޑައިވާޓްކޮށްފައެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ށުންޕާ

  ސުންޕާ ވެރިންގެ ސަބަބުން ްްާްްްްާްްްާްްްްާްްާްްްްާްްްްާްްްްާްްްްާްްްާްްްްާްްާްްްްާ ޤައު މުގެ ހުރިހާދި މާލަކުން ސުންޕާކަން

  13
  15
  • މަ

   ބުރާންތި ފުރަތަމަ ސުންޕާ ރަންގަޅަށް ލިޔަން ދަސްކޮށްބަލަ

   1
   1
 2. ހެޔޮދުޢާ

  އަލްޙަމްދުލިﷲ! އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުވީތީތީ ﷲއަށް ޙަމްދު ކުރަމެވެ. ދުޢާ އަކީ ﷲ، މިފަދަ ޙާދިސާ ތަކުން ވައިގެ ދަތުރުފަތުރުތައް ރައްކާތެރި ކޮށްދެއްވެވުމެވެ. އާމީން

  41