ދ.އަތޮޅު ކުޑަހުވަދުއަށް ދަތުރުކުރާ، އެއެއާޕޯޓް ހިންގާ މަންތާ އެއާއިން ބަލި މީހުން އުފުލައި ނުދޭތީ އެރަށު ރައްޔިތުން އެއާޕޯޓް ކައިރީ މިރޭ މުޒާހަރާ ކުރަމުން އެބަގެންދެއެވެ.

ކުޑަހުވަދޫގެ ގިނަ ބަޔަކު މިރޭ އެއާޕޯޓް ކައިރީ މުޒާހަރާ ފަށާފައި ވަނީ މީގެ ދެރޭ ކުރިން މަންތާ އިން ބަލި މީހަކު އުފުލައި ނުދިން މައްސަލައިގައި ގިނަ ބަޔަކު ނިކުމެ އެއާޕޯޓް ކައިރީ ކަންޒެއް ކޮނެ، އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓުވާލުމަށް މަޖުބޫރު ކުރުމަށް ފަހުއެވެ.

އިއްޔެ އެއާޕޯޓް ކައިރީ ކުރިއަށް ދިޔަ މުޒާހަރާ ފުލުހުން ބާރުގެ ބޭނުން ކޮށްގެން ރޫޅާލާފައި ވަނިކޮށް މިރޭ ގިނަ ބަޔަކު މުޒާހަރާ ކުރަމުން ގެންދަނީ ބަލި މީހުން މަންތާ އެއާލައިންގައި އުފުލައި ދިނުމަށް ގޮވާލައި ބެނާތައް ވެސް ހިފައިގެން ތިބެއެވެ.

މުޒާހަރާގައި ބައިވެރިވަމުންދާ މީހުން ވަނީ ކުޑަހުވަދޫ އެއާޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ވެސް އިންތިހާއަށް ކުޑަ ކަމަށާއި އެއީ މުސާރަ އެންމެ ކުޑަ އެއާޕޯޓް ކަމަށް ބުނެފައެވެ.

މިރޭގެ މުޒާހަރާ ކުރިއަށް ދަނިކޮށް ފުލުހުން ވަނީ މީހަކު ހައްޔަރު ކޮށްފައެވެ. ހައްޔަރުކުރި މީހަކީ އިއްޔެ ފުލުހުންނާއި ރަށުގެ އާއްމުންނާއި ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ކުޑަހުވަދޫ މީހުން ބުނާ ގޮތުގައި މަންތާ އެއާގައި ބަލި މީހުން އުފުލޭނެ ގޮތެއް ހަދައި ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެދުނެވެ. އަދި ސަރުކާރު ބަދަލުވުމުން ވެސް އެރަށު ރައްޔިތުން ވަނީ އެކަމުގެ ޝަކުވާތައް ސަރުކާރަށް ހުށަހަޅާފައެވެ. ނަމަވެސް އަދި މިހާތަނަށް އެކަމަށް ހައްލެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒާ

    މަންތާ އެއާ ބޭރުކޮށްފަ މޯލްޑިވިއަން ތިތަނަށް ފަށާބަލަ. ބަލިމީހަކު ނުއުފުލާ އެއާލައިނެއް މީހުންއުޅޭރަށަކު ޖައްސާނެކަމެއްތެތް. ރިސޯޓަކަށް ޖައްސާ.

    11
    4
  2. ބޮޓް ކުޑަހުވަދޫ

    ކުޑަހުވަދޫ މީހުންނަކީ އެޓެންޝަން ހޯދަން ނޫސްތަކަށް އަރައިހިތުން އުޅޭބަޔެއް. މަންތާ އެއަރ ކަމެއްކޮށްގެނެއްނަުން އެއުޅެނި.

    4
    13
    • ތޯހިރު

      އެޓެންޝަން ހޯދައިގެންވެސް މުޅި ރާއްޖެއަށް ފައިދާވީ! މަންތާ އާއި ފްލައިމީންވެސް ބަލިމީހުން އުފުލޭގޮތަށް ހަމަޖެހުމަކީ ހުރިހާ ރަށެއްގެ ރައްޔެތުންނަށްވެސް ލިބުނު ރަނގަޅެއް. ސާބަސް ކުޑަހުވަދޫ ރައްޔެތުން

  3. ކާފަ

    ދެން ސަރުކާރޭ މިކިޔާ ތަނުން ކަހާތަން ހިރުވާވެސްނުލާ ތިބެފަ ސްލޯ ބުނާނެ ބަޔަކު މުޒާހަރާ ކުރާކަމެއް ނޭގެޔޭ!

    • ހެޔޮ

      ބަލަ ކުރީގައި ވެރިކަން ކުރި ބައެއްމީހުންވެސް ބޭނުން ވަނި ހަމަ އެގޮތަށް ހެޑްލައިން އަޅާލަން މަގުބޫކުލަން ހޯދަން އެހެންވީމާ އެގޮތަށް ކުދި ސޯބުތައްވެސް އެނބުރޭނީ

  4. ހައްޤު

    ކޮބާތަ ހެލްކޮޕްޓަރު؟

  5. ަސދަސދ

    އާސަންދައިން ޕޭއިކުރާގޮތަށް ތިކަހަލަ ކޮންޓްރެކްޓް ހަދާފައިވަނީ މޯލްޑިވްއަން އާއި.
    ސިޔާސީކަމެއް ތިއީ

    4
    2