ކުރިއަށް ތިން މަސް ދުވަހުގެ ތެރޭގައި ފްލައިޓްގައި ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށް މަންޓާ އެއާ އާއި ފްލައިމީއަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ މަންޓާ އެއާ އާއި ފްލައިމީ އިން ކުރިޔަށް އޮތް ތިންމަހުގެ ތެރޭގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސަން އެ ދެ އެއާލައިން އޮޕަރޭޓް ކުރާ ފަރާތްތަކަށް އެންގުމަށް ސިވިލް އޭވިއޭޝަނަށް މެމޯއަކުން މިނިސްޓްރީއިން މިހާރު އަންގަވާފައިވާ ކަމަށެވެ.

އަދި އެކަން ނުކޮށްފި ނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

ކުޑަހުވަދޫގައި ބަލި މީހަކު އެމާޖެންސީކޮށް މާލެ ގެންނަން އުޅުމުން މަންޓާ އެއާ އިން ގެނެސްދީފައި ނުވާކަމަށް ބުނެ އެރަށުގައި ވަނީ މުޒާހަރާކޮށްފައެވެ.

މަންޓާ އިން ބަލި މީހަކު ގެންގޮސް ނުދޭ ކަމަށް ބުނެ ކުޑަހުވަދޫ ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި އިރު، މަންޓާއިން ބުނެފައި ވަނީ އެކުންފުނިން ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޓްރެޗާ އެރުވޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އޭގައި ބަލި މީހުން ނޫފުލޭނެ ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. މަތަރަސްމާ

    ބަލަ އަބި ފިރި ގައުމު ބަގުރޫޓް ކޮއްލިމީހުންގެތެރޭގާ ގާސިމު ބިމާފަޅާ ވެއްޔާ ލޮނުގަޑާ ފިރުއައުނަމުދާގަޑާވެސް މިވެރިންއަތުގާ؟؟މަހިނި ސޯލިހު މަޑުކަންމަތީގަޔޯ؟؟

    16
  2. މަރީ

    އެމީހުންގެ ކޮންޓްރެކްޓުގައި އޮތީ ކީކޭތޯ ބަލަން ޖެހެނުންތޯ ފުރަތަމަވެސް. އެކަންކޮށްދޭން އެބަ އޮތްތޯ، އަދި އެހެން ނަމަ އެކަމާ އަޅާނުލަ އޮތީ ކާކުގެ އިހުމާލެއްތޯ؟

    15
  3. ނަހުލާ

    ބަލަ ނަހުލާ ކޮބާތަ އިންޑިއާގެ ޑޯނިޔާ އަކާއި ހެލިކޮޕްޓަރެއް އޮވޭ ލ.އަތޮޅުގައި ރައްޔިތުން ނިކުމެ ފުލުހުން ގަޔަށް ބޮލަށް އަރައި މުޅި ރަށުގެ އަމާންކަން ގެއްލިގެން ދިޔަ އިރު ސަރުކާރުން ވަގުތުން ވަގުތައް އަޅަންޖެހޭ ފިޔަވަޅު ނާޅައި ތިންމަސްތެރޭ ބަލި މީހުން އުފުލަންވާނެއޭ ބުނީމަ ރީއްޗެއް ނޫން ތިންމަސްތެރޭ މީހަކު ބަލިވެގެން ހާލު ބޮޑު ނުވާނެއެކޭ ނުބުނެވޭނެ ކޮބާތަ ސަރުކާރުގެ ސިކުނޑި ؟
    ހޭބަލިވެފަ ތިބި ބައެއް

    21
  4. ބޭބެ

    ނަހުލާ ތަންދޮރު ނުބަލާ މިވަރު ވާހަކައެއް ދެއްކީމަ ވަރަށް ލަދުވެތި

    17
  5. އިބްރާހިމް

    މަންތާއަކަށް ނުކުރެވޭނެ ތިކަމެއް ބޯޓުގެ ޑިޒައިން ހުރިގޮތުން. ރައްޔިތުން މައިތިރިކުރަން ކުރިކަމެއް

    12
  6. ޢަހުމަދު1

    ސަރުކާރުގެ ޒިންމާ އަމިއްލަ ޕްރައިވެޓް ކުންފުނިތަކުން ނަގަންޖެހޭ ސަބަބެއް ނުފެނޭ. ސަރުކާރުން އެކަހަލަ ކަންތައް އެންގޭނީ އެމީހުން ކޮންޕަންސޭޓް ކޮށްގެން.

    11
  7. ދަރަނި ދަންތުރަ

    ތިޔަކަން ކުރީމަ ބަދަލުގައި ކިތަށް މިލިޔަން ރުފިޔާ ދޭންޖެހޭނެބާ ؟ ފަރިއްކުޅަށް އެރިވަރުންވެސް ރައްޔިތުން މިތިބި ހޭނެތިފައި

    11
  8. އަލީވަހީދު

    ކުޑަހުވަދޫމީހުންގެ ހިތްވަރައް އައްސަރިބަހާ ސާބަސް👏

    25
    4
  9. ޖާބެ

    3 މަސް ދުވަހުގެ ނަތީޖާ ނުފެނިއްޖެނަމަ ނޫސްވެރިން މިކަން 3 މަސްފަހުން ބަލަންވާނެ

    14
  10. އުގުރި

    އެހެންވީމަ ތިވާގޮތުން މިޖެހެނީ ތިން މަސް ވަންދެކެއް މަޑު ކުރައްތާދޯ..

  11. ޑައެލޯގް

    2023 އަންނާތީވެ ކޮންމެވެސް އެއްޗެކޭ ބުނެލީއެވެ. ބަލަ މަންތާއިން އެބުނަނީ އެމަތިންދާބޯތަކީ ސްޓްރެޗަރ އެރުވޭގޮތަށް ފަރުމާކޮށްފައިވާބޯޓެއްނޫންކަމަށެވެ. އެއީ ތެދެކަށްވަނީނަމަ އެކަމެއްނުކުރެވޭނެއެވެ. މީގަ ފެއިލްވީ ސަރުކާރެވެ. ސަބަބަކީ އެމީހަގެނެވޭނެގޮތެއް ސަރުކަރުގަ ނެތީމައެވެ. ގައިމު އިންޑިޔާގެ ހެލިކޮޕްތަރުވެސް އޮތީއެކަހަލަ ކިދުމަތަށްވެސް ތައްޔާރަށޭކިއެވެ.

    16
  12. ރިޒާ

    ތުރުކީވިލާތައް ކުރި ދަތުރުގައި ބަލިމީހުން އުފުލޭހާ ލާރި ގެ އެއްޗެހި ކާލެވުނު

    15
  13. މުޒް

    ލަގްޒަރީ ބޮޑު އގަުގައި ޓިކެޓް ވިއްކަނީ ގެސްޓު މީހާއަށް

    10
  14. ޙުސައިން

    ޥ ރަނގަޅު

  15. ޢަލީ

    ކޮންމެކަމެއްވެސް ވަނީ މުޒާހަރާކުރީމަ ދެއްތޯ

  16. ދިބާ

    ފުލައިމީ އެއީ އަމިއްލަ ތަނެއްނު ތިއަންގަނީ...

  17. ނަސީ

    ގޯލްޑިގާ ބުނާ ގޮތް އަދިނުޖެހޭނެ ހަދާކައް މިގޯލްޑިގާ އަކައް ނޭނގޭނެ އޭވިއޭސަނެއް އަދި ދާނެ ހަރަދެއް ، މިކީނޫން ކަންތައް ކުރަންޖެހޭނެ ކަމަކީ ސަރުކާރުންވެސް އެބަޖެހޭ އާސަންދަ ވެސް މިއެއަރ ލައިން ތަކައް ދޭން ،

    5
    1
  18. ގަނޑިޔާ!!!

    ސާބަހޭ ކަމަނާ!!!

  19. ފުށިފަރު

    ބަލިމީހުން އުފުލުމުގެ ގާބިލްކަންނެތި ފްލައިޓްއެއް އުދުހުމުގެ ހުއްދަދެވިގެންނުވާނެ.

  20. ޢަހުމަދު1

    ކޮބާ ހެލިކޮޕްޓަރ