ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އެޅި "ހިޔާ" ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ކުރިން ލިބުނު ނަމަވެސް މިސަރުކާރު އައިސް ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް އަލުން އެކުލަވާލިއިރު، ފްލެޓް އަތުލި ހައްވައްތަ އަށް ދާއީމީ ލިސްޓު ނެރުނުއިރު ފްލެޓް އަނބުރާ ދީފިއެވެ.

އެކަން ހާމަކޮށްފައި ވަނީ، ފްލެޓްތަކުގެ ޙައްޤުވެރިންގެ ދިފާއުގައި އަޑުއުފުލާ އާއްމުންގެ އެކުވެރި ގުޅުމުންނެވެ.

އެ ޓީމުން މިއަދު ބުނީ، މިކަން ކާމިޔާބު ކުރެވުނީ މީޑިއާ ތަކާއި އާންމުން ކޮށްދެއްވި ބުރަ މަސައްކަތުން ކަމަށެވެެ.

‏ވީމާ ހައްވައްތަ ‏ގެ ވާހަކަ ގެނެސްދިން މީޑިއާ ތަކާއި، އެ ވާހަކަ ދެއްކި މީހުންނާއި، ގާތުން މައްސަލަ ބަލައިދިން ރައީސް އޮފީސް ތަރުޖަމާން މަބްރޫކު އަދި ދިވެހި ސަރުކާރަށް ހައްވައްތަގެ ނަމުގައި ޝުކުރު އަދާކުރަމެވެ."، އެ ޓީމުން ބުނެފައި ވެއެވެ.

އެ ޖަމިއްޔާއިން ވަނީ، ހައްވައްތަގެ ފްލެޓު ކަށަވަރު ވިޔަސް، ނުހައްގުން ފްލެޓު އަތުލައިގަތް އެހެން މީހުންގެ ހައްގުގައި މަސައްކަތްކުރުން ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ހައްވައްތަ ދީފައިވާ ކަމަށް ބުނެފައެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުލަވާލާފައި ވަނިކޮށް މި ސަރުކާރުން އެ ލިސްޓަށް ބަދަލު ގެނައިރު، ހައްގުވާ ބައެއް މީހުންނަށް ފްލެޓް ނުލިބިވާކަމުގެ ޝަކުވާތައް ދަނީ ކުރަމުންނެވެ.

އެެ ފްލެޓް ލިސްޓްގެ ދާއިމީ ލިސްޓް އާއްމުކޮށްފައިވަނީ އަލުން ޕޮއިންޓް ދިނުމަށް ފަހުގައެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓަށް ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ޫުޖެ

  މަރުހަބަ ހައްވަތާ👏👏👏

  37
  1
 2. ފާއިޒު

  މިސަރުކާރު ކިހާ ރަނގަޅެއް. ފުލެޓް އަތުލާފަ އަނެއްކާ އެބަދޭ. އެހެންވީމާ ކިހާރަނގަޅެއް. ޚިހާ ހަރުދަނާ ސަރުކާރެއް.

  18
  28
  • ފައިރޫޒު

   އެމީހުންނަކީ ވަރަށް ރަނގަޅު ބައެއް. ޕޮއިންޓް ކަނޑާ ފުލެޓް އަތުލާއިރު ނޭނގޭ މި ކުރެވެނީ ކޮން ކަމެއްކަންވެސް. އެންމެފަހުން މީޑިއާ އާއި މުޒާހާރާއިން މި މީހުން ތި ތިރިއަރަނީ.

   40
   2
  • ހައިކަލް

   ނިކަމެތިން އަތުން ފްލެޓް އަތުލުން އެއީ ވަރަށް އަނިޔާވެރި ކޮށްކުރިކަމެއް.. ކީއްކުރަން މި ސަރުކާރުން ހައްގު ވެރިން އަތުން އަތުލީ.... ސަރުކާރުން ނިކަމެތިންނަށް ފްލެޓް ދެނީ ދޭން މަޖުބޫރު ވެގެން ހެން ހީވޭ.. އެމްޑީޕީ މެމްބަރަކަށް ވީތީ ދެރަވާވަރު މި ސަރުކާރުން އެބަ ކުރޭ

  • ހައިކަލް

   ވަރަށް އަނިޔާވެރި ކޮށްކުރިކަމެއް.. ކީއްކުރަން މި ސަރުކާރުން ހައްގު ވެރިން އަތުން އަތުލީ.... ސަރުކާރުން ނިކަމެތިންނަށް ފްލެޓް ދެނީ ދޭން މަޖުބޫރު ވެގެން ހެން ހީވޭ.. އެމްޑީޕީ މެމްބަރަކަށް ވީތީ ދެރަވާވަރު މި ސަރުކާރުން އެބަ ކުރޭ

 3. ޝުކުރިޔާ

  މަރުހަބާ ޕީޕީއެމް ޕީއެންސީ ކޯލިޝަން އަށާއި މަޑިސީލަޓީމައް

  13
  2
 4. އަލިބެއްޔާ

  ހައްވައްތާ.. ހެޔޮއެދެތީ މި ބުނަނީ.. ފްލެޓް އަކީ ބޮލުގަ އެޅޭ ދަރަންޏެއް.. ފްލެޓް ނޫން އެހެން ޙައްލަކަށް ވިސްނަން ޖެހޭ.. ބިންވެރި ކުރުމުގެ ސިޔާސަތު ކުރިޔަށް ނެރެން ޖެހޭ.. ދަރަނިވެރި ނުވެ ދިރިއުޅެވޭނެ ސިޔާސަތަކަށް ބަދަލު ވާން ޖެހޭ.. ފްލެޓް އަޅައި ގަނަ ތެޅޭ ހިސާބަށް ގައުމު ދާކަށް ނުވޭ.. ސަރުކާރުން ހިއްކާ ބިންތައް، ރައްޔިތުންނަށް ދޭން ޖެހޭ.. ފްލެޓް ތީ ދަރަންޏެއް..

  8
  5
 5. ބަރަބޯ

  ފުރަތަމަ ފޭސްގައި އެޅި ފުލެޓްތައް ހައްގުވާ އެތައްބައެއްގެ ބަދަލުގައި މުއިއްޒު ފުލެޓްތައް ބަހާލިމީހުން އަތުން މިސަރުކާރުން ފުލެޓްތައް އަތުނުލިކަމީ ދެރަކަމެކެވެ. އެމީހުންގެ ހައްގުގައި ނިކަން ތިޔަ އަޑުތައް އުފުލާލަ ދީބަލާށެވެ. އިހުލާސްތެެރިކަމެއް ތިމީހުންގެ ހުރިވަރެއް އެނގިދާނެއެވެ.

  7
  6
  • ފައި

   މުއިޒުމެން ޕީޕީ ކުދިން އެމްޑީޕީ ގެ އެތަށް ވެރިންނަށް ފްލެޓް ދިން... ކޮންހާ ވާހަކަ އެއް ތިދައްކަނީ.. ތިކަހަލަ ކޮހަކަށް މިހާރު ރައްޔިތުންނެއް ނުހެއްލޭނެ.. މަ ވެސް އެމްޑީޕީ، އެކަމަކު އަހަރެން ބުނާނީ ކުރީ ލިސްޓުގަ ނިކަމެތުންނަށް ގިނައިން ފްލެޓް ދިނޭ.. ކުރީ ސަރުކާރުން އެމްޑީޕީ މީހުންނަށާ ނިކަމެތިންނަށް ވެސް ދިނޭ... މި ސަރުކާރުން ނިކަމެތިންގެ ހައްގުން މަހުރޫމް ކުރަނިއްޔޭ

   2
   1
 6. ފޭރިކާ

  ކުރިން ލިބުން ޕޮއިންޓް ގެ ދެގުނަ ޕޮއިންޓް މަކަރު ހަދާފަ މަދުކޮށްފަ ކަޓުވާލީ.

 7. ސަޢީދު

  ޗެނަލް 13 އަށް ސާބަސް! ހަޖަމް ޓީމަށް ސާބަސް! އިދިކޮޅު ޕީޕީއެމް ޕީއެންސީ އަށް ސާބަސް! މިހިރަ ދަނީ އިދިކޮޅުގެ މަސައްކަތް ކާމިޔާބުވަމުން

 8. ހާދިން

  ބަލަ ސޯލިހު ހައްވައްތަ އެކަނިއެއްނޫން ނިކަމެތީ މިމާލޭގައި ވަރައް ވަރައް ނިކަމެތިން އެބަތިބި އެނިކަމެތިން ނިކަމެތިކޮއްލާފަ ސޯލިހު ތި ފުލެޓް ދިނީ މުއްސަންދިންނަށް ފިރިމީހާގެ 3000 އަކަފޫޓް ގެ ބިމެއް އޮއްވާ އަބިމީހާ ފުލެޓް މިދިނީ މީ މާލޭގެ ރައިޔަތަކޭކިޔާފަ އަބިމީހާ ފުލެޓް ލިބިފަ ހުއްޓާ ފިރިމީހާއް ފުލެޓް މިދިނީ ރުފިޔާތިބި އުސް އިމާރާއްތިބި މީހުންނައް ފުލެޓް މިދިނީ ސޯލިހު މީއިންސާފުތޯ މިހާރު އެމްޑީޕީ މީހަކައް ވީތީ ދެރަވޭ