މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން އެޖެންޑާ ކޮށްފިއެވެ.

މިނިސްޓަރ ޑރ. ހުސައިން މަޖިލީހަށް ހާޒިރު ކުރައްވަނީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުالله ޝަހީމް އަބްދުލްހަކީމް ސުވާލު ކުރައްވަން ހުށަހެޅުމުންނެވެ.

މެންބަރު ޝަހީމް ބޭނުންވަނީ ށ.ފޭދޫ، ބިލެތްފަހި، ގޮއިދޫ، އަދި ނޫމަރ ގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ އާއި އަދި އެކަމުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނީ ކިހާ ތާކުތޯ ބެލުމަށެވެ.

ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ކުރަމުން އަންނަނީ ޕްލޭނިން މިނިސްޓްރީންގެ ފަރާތުންނެވެ.

މާދަމާ އެންވަޔަރަންމަންޓް މިނިސްޓަރ މަޖިލީހަށް ހާޒިރު ކުރާއިރު، މަޖިލީހުގެ އެޖެންޑާގައިވާގޮތުން މާދަމާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާ ފައިވާ ސިފައިންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން އޮންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަތަރޭ

    ކޮބާ ؟ ނަޖިހުން ހަކަތް އުފެއްދުން ؟؟
    މަ ބޮޑު ކަމުދާތާ ކިތަންމެ ދުވަހެއް، ހަކަތަ ފެންނަ ގޮތެއް ނުވޭ..

  2. ސިރީން

    އެއްވަރުގެ ގަމާރުން ލައިގެން ސަރުކާރު ހިންގަން ޢުޅެނީ..
    ނަޖިސްމިނިސްޓާރ ހެހެހޭ

  3. ޑޫންގާ

    ކަނޑާލާފަ ހޫރާލާބަލަ

  4. އޮޅޮ މީ ކާކު.

    ނަޖިހުން ހަކަތަ އުފެއްދޭނެ ގޮތް މަޖިލީހަށް މިފަހަރު ރަނގަޅާށް ކިޔާދޭތި.. އަނބިމީހާ ކައިރީ ނިދަން އޮވެފަ ވަސްދުވާ ފޮޑިއެއް ޖަހާފަ ނަޖިހުން ހަކަތަ އުފެއްދެއޭ ބުންޏަސް ކަމަކުނުދާނެ..

  5. ޖުހާ

    މާތާހިރުވާނެ މިމީސްމީހުނައް ރަނގަޅަށް މާސްއަޅަން ދަސްކޮއްދިނަސް ..އަލިފެއް ޔާއެއް ނޭގޭބައެއް މިއުޅެނީ.....