ތިމާވެށީގެ ގޮތުން ރާއްޖެއަށް ލިބެމުންދާ ގެއްލުންތަކަށް ދިވެހިން ނުހޯދާ ހައްލެއް އެހެން ބަޔަކު ނުހޯދާނެ ކަމަށް ތިމާވެށީގެ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ނ. ކުޑަފަރީގައި މިހާރު ކުރިއަށްދާ "ލިޓިލް ބިގް ފެސްޓިވަލް" ފައްޓަވާދެއްވައި މޫސުމީ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން އެކަމަނާގެ ކުޑަ ދަރިފުޅާއި ކުޑަފަރީ ކުޑަކުދިން އެހެން ރަށަކަށް އެހެން ގައުމަކަށް ހިޖުރާ ކުރާކަށް ބޭނުންފުޅުނުވާ ކަމަށެވެ. ހިޖުރަ ކުރުމާއިއެކު ދިމާވާ ގޮންޖެހުންތައް މާ ބޮޑުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެ މެދުފަންތީގެ ގައުމަކަށް ވަމުން އަންނަ އިރުގައި ތަރައްގީއާ ގުޅޭ ވަރަށް ގިނަ ކަންކަން އަޅުގަނޑުމެން މި އަންނަނީ ރަށު ފެންވަރުގައި އުފައްދަމުން. މަގު ހެދުމާއި އަދި ރަށް ގިރުމުގެ މައްސަލަތަކާއި ފެނާ ނަރުދަމާގެ ނިޒާމްތަކާއި އަދި މި ނޫންވެސް އެކި އެކި އުމްރާނީ މަސައްކަތްތައް ރަށްރަށުގައި އުފެދެމުން އަންނައިރު މިކަންކަމާމެދު ގޮތް ކިޔަން ތިބޭނީ ހަގީގަތުގައި ރަށު ރައްޔިތުން.". މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ދިވެހިން ނުހޯދާ ހައްލެއް ރާއްޖެއަށް ތިމާވެށީގެ ގޮތުން އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް އެހެން ބަޔަކު ނުހޯދާނެ ކަމަށެވެ.

ދެމެހެއްޓެނެވި ތަރައްގީއަށް ނުވަތަ ވިލުންވެރި ރާއްޖެއަކަށް އަޅުގަނޑުމެން މިސްރާބު ޖެހުމަށް ކޮންމެ ރަށެއްގައި ވެސް ބޭއްވެން ފެސްޓިވަލެއް ބޭއްވެން ޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނ. އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ލިޓިލް ބިގް ފެސްޓިވަލެއް ބާއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަހިމަދު

    ޚޮތަޅު ސަރުކާރު މޮޅުވާހަކަ ނުދައްކަ

    17
    • ޜައްޔިތުމީހާ

      ތިމާވެއްޓައް ގެއްލުންވާތީ ކޮތަޅުންނަގާ ޓެކްސްބޮޑުކޮއްފަ ވެމްކޯއިން ކޮތަޅުވިއްކާގޮތައް ހެދީމަ ތިމާވެށި ހިމާޔަތްކުރެވުނީކަމުގަ ދެކޭބައިގަންޑެއްތީ

  2. ކޮތަޅޭ

    ކޮތަޅު ސައުނާ. ކެކެކެ. ރާއްޖޭގަ މާފުއްޕާފަ ކަމެއްކުރިޔަށް ދުނިޔޭގެ ލެވެލްގަ ކޮންފައިދާއެއްވާނީ؟؟

    13
  3. އަހުމަދު ފަޔާޒް 1030

    އެހެންވީމަތަ ވިލިމާލެ ގޮޑުދޮށްގިރާ ހުސްވާއިރުވެސް އެކަމައް ހައްލެށް ނުގެނެސް ތިތިބެނީ

  4. އާދަމް

    ހުރިގޮތުން މަގޭ ހިތަށް އެރީ ފިރިހެނެއް ކަމަށް. ދިވެއްސެއްގެ ހުއްޖަތެއް ނެތް.

  5. ދޮންފުތާ

    ތިމާވެށީގެ ހައްލަކީ ކެނެރީގޭ ކޮންމެ ކުއްޖަކަށް މިލިޔަނުން މިލިޔަނުން ފައިސާ ލިބޭގޮތަށް ޕްރޮޖެކްޓަތައް ހިންގުން. ބްރިޖްމަތީގައި ތިޖަހާ ދަގަނޑު ފުނިވަރު ޖެހުންވެސް ހަވާލުކޮށްފައި އޮތީ އެގޭ ސޮރަކު ހިއްސާވާގޮތަށް.